ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިހާރު އެ ފެންނަ މައްސަލަތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގޯސް ނިންމުމެއްގެ ނަތީޖާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
23 ނޮވެމްބަރ 2021
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިހާރު އެ ފެންނަ މައްސަލަތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގޯސް ނިންމުމެއްގެ ނަތީޖާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހިޔާ ފްލެޓްތައް ކުށުގެ ހާއްޔަކަށްވެ އެ ތަން ސަރުކާރަށް ނުބެލެހެއްޓޭ ކަމަށް ވިދާޅުވެ، ދެވަނަ ފިޔަވައްސާ ދޭތެރޭ ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުންނެވެ.
އަސްލަމް ވިދާޅުވީ، 25 ބުރީގެ އިމާރާތްތަކެއްގައި އައްޑޫގެ އާބާދީ އަށްް ވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި ބާއްވަން ޔާމީންގެ ސަރުކާރުން ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.
"ވެއަތުވެ ދިޔަ ސަރުކާރުގެ އެ ނިންމުން އަޅުގަނޑުމެންނާ ހަމައަށް އައި އިރު އޮތީ މަސްކަތް ފަށާފައި، މަސައްކަތް ނުހުއްޓޭ ހިސާބަށް ގޮސްފައި. ވިސްނިން ތަޅާލަން ވެސް. އަޅުގަނޑު އަމިއްލަ އަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް. އޭރު ވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮށްޓެކޭ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ހިޔާ ފްލެޓުތަކުގައި ހުރި މައްސަލަތައް ދައްކަން ފެށުމުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، އެ ތަންތަން ހުރި ގޮތަކަށް ހަވާލުކުރަން އެދުނެވެ.
"ކޮތަރު ކޮށްޓަކަސް ހެވޭ ތިތަން ދޭށޭ ބުނި. މިހާރު އެހެރީ އެތަން ދީފައި. ދިނީމަ ދިމާވާ މައްސަލަ ތި ދައްކަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުޑަކުޑަ ތަންކޮޅަކަށް އެހާ ގިނަ މީހުން ޖަމާކުރުމުން ފްލެޓުތަކުގައި ޑްރަގުގެ މައްސަލަތަކާއި އެހެން މައްސަލަތައް ވެސް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ކުރެވެން އޮތް ހަމައެކަނި ކަމަކީ އެތަންތަން ބެލެހެއްޓުން ކަމަށާއި މި ސަރުކާރުން ވެސް އަދި ކުރިއަށް އޮތް ސަރުކާރުތަކުން ވެސް އެކަން ކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކަށް ވަންނަން ކުރި ހަރަދު ދޭނަން: ޝިޔާމް
ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދި މަޖިލީހަށް ޕެޓިޝަނެއް
ޕޮއިންޓު ދިން ގޮތް ގޯސް، އަލުން ބަލަން ޖެހޭ: ކޮމިޓީ
ހިޔާ މަޝްރޫއުން މާލޭ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި
ހިޔާ ފްލެޓްތަކުގެ ހަތަރު ކެޓަގަރީއެއްގެ ލިސްޓު ނެރެފި
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ހިޔާ މަޝްރޫ: ހާލަތު ނުބެލޭ މީހުންގެ ލިސްޓު ނެރެފި
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް