Roadha Mihaaru
މެސެންޖާ/އިންސްޓަގެ ޑިފޯލްޓް އެންކްރިޕްޝަން ލަސްކޮށްފި

މެސެންޖާ އާއި އިންސްޓަގްރާމްގެ ޑިފޯލްޓް އެންކްރިޕްޝަން ލަސްކޮށްފި

23 ނޮވެމްބަރ 2021

މެޓަގެ ދަށުން ހިންގަމުން އަންނަ ފޭސްބުކް މެސެންޖާ އާއި އިންސްޓްގްރާމްގެ މުއާމަލާތް މިދިޔަ އަހަރުގެ ތެރޭގައި ގުޅުވާލާފައި އޮތަސް، ކުރިން ރޭވި ގޮތަށް އެ ދެ ޕްލެޓްފޯމްގައި ކުރެވޭ މުއާމަލާތްތައް ޑިފޯލްޓް އެންޑް-ޓު-އެންޑް-އެންކްޕްރިޕްޓް (އީޓުއީއީ) ނުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މެޓަގެ ދަށުން ހިންގަމުން އަންނަ ފޭސްބުކް މެސެންޖާ އާއި އިންސްޓްގްރާމްގެ މުއާމަލާތް މިދިޔަ އަހަރުގެ ތެރޭގައި ގުޅުވާލާފައި އޮތަސް، ކުރިން ރޭވި ގޮތަށް އެ ދެ ޕްލެޓްފޯމްގައި ކުރެވޭ މުއާމަލާތްތައް ޑިފޯލްޓް އެންޑް-ޓު-އެންޑް-އެންކްޕްރިޕްޓް (އީޓުއީއީ) ނުކުރަން ނިންމައިފި އެވެ.

މެޓަ އިން ބުނީ ކުރިން އަންނަ އަހަރުގެ ތެރޭގައި މިކަން ކުރާ ގޮތަށް އޮތަސް، 2023 ގެ ކުރިން އެ ބަދަލު ނުގެންނަން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ދެ ފްލެޓްފޯމް ވެސް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ އެވެ. ހާއްސަކޮށް ކުޑަކުދިންގެ ސަލާމަތަށެވެ.

މެޓަގެ ސޭފްޓީ ހެޑް އެންޓިގޯން ޑޭވިޒް ވިދާޅުޅުވި ގޮތުގައި އިންސްޓަގްރާމާއި ފޭސްބުކް މެސެންޖާ އަށް ޑިފޯލްޓް އެންޑް-ޓު-އެންޑް-އެންކްޕްރިޕްޝަން (އީޓުއީއީ) ގެނައުން ލަސްކުރީ އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ހަރުދަނާ ކުރުމަށްޓަކަ އެވެ. އޭނާ ވިދާޅުވީ ކުރިން ރޭވި ގޮތަށް ބަދަލު ގެންނަ ކަމަށްވާ ނަމަ ދެ ޕްލެޓްފޯމްގެ ތެރެއިން "ޖިނާއީ ޖަރީމާތަކެއް" ހިންގުމުގެ ފުރުސަތު އޮވެދާނެ ކަމުގެ ބިރު ވެސް އޮތް ކަމަށެވެ. އެހެންވެ މެޓަގެ އެއްވެސް ހިދުމަތެއް ބޭނުންކުރާ ބަޔަކު ނުރައްކަލެއްގެ ތެރެއަށް ވައްޓާނުލާނެ ކަމަށާއި ބޭނުން ވަނީ ރައްކާތެރިކަމާއި އިތުބާރާ އެކު ބޭނުންކުރެވޭ ހިދުމަތަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.

އެންޓިގަނީ ޑޭވިޒް.

އެންޓިގަނީ ޑޭވިޒް.

ޑޭވިސް ވިދާޅުވި ގޮތުގައި މެޓަގެ ޕްލެޓްފޯމްތައް އެކަތި އަނެކައްޗާ ގުޅާލެވި، އެ އެއްޗެހި ބޭނުންކުރެވޭ ގޮތްވުމަކީ ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމެކެވެ. އެހެންވެ އެ ވިސްނުން ދޫކޮށްނުލާ ކަމަށާއި އެންމެ ބޮޑު ކަމަކީ ވީހާ ވެސް ރައްކާތެރިކޮށް ޕްލެޓްފޯމްތަކުގެ ޑިފޯލްޓް އެންކްރިޕްޝަން ކަށަވަރުކޮށް ދިނުން ކަމަށް ވިދާޅުވި އެވެ.

އިންސްޓަގްރާމާއި ފޭސްބުކްގެ މެސެންގެ ޑިފޯލްޑް އީޓުއީއީ ފަސްކުރި ނަމަވެސް މެޓަގެ ދަށުން ހިންގާ ވަޓްސްއެޕަކީ މިހާރު ވެސް އީޓުއީއީ ސަޕޯޓްކުރާ އެޕެކެވެ.