އިންސްޓަގްރާމް އެކައުންޓެއް ހުޅުވާ ނަމަ އެ މީހެއްގެ އުފަން ތާރީހު ދިނުން ދެން ލާޒިމުވާނެ ކަމަށާއި މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް، ފޭސްބުކްގެ ދަށުން ހިންގާ އެޕުން ހޯމަ ދުވަހު ބުނެފި އެވެ.
01 ސެޕްޓެމްބަރ 2021
އިންސްޓަގްރާމް އެކައުންޓެއް ހުޅުވާ ނަމަ އެ މީހެއްގެ އުފަން ތާރީހު ދިނުން ދެން ލާޒިމުވާނެ ކަމަށާއި މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް، ފޭސްބުކްގެ ދަށުން ހިންގާ އެޕުން ހޯމަ ދުވަހު ބުނެފި އެވެ.
އިންސްޓަގްރާމުން މިގޮތަށް ނިންމާފައި ވާއިރު 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ވާޝަނަކަށް މަސައްކަތްކުރަމުން އަންނަކަން މިދިޔަ އަހަރުގެ ތެރޭގައި އިއުލާންކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ. ވަކިން ހާއްސަކޮށް މެންޓަލްް ހެލްތުގެ ދާއިރާގެ މީހުންނާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ކެމްޕޭން ފޯ އަ ކޮމާޝަލް-ފްރީ ޗައިލްޑް (ސީސީއެފްސީ) ބުނެފައިވާ ގޮތުގައި އިންސްޓަގްރާމުން ކުޑަކުދިންނަށް ހާއްސަ އިންސްޓަގެ ވާޝަނެއް ގެނެސްދިނުމަކީ އިތުރު މައްސަލަތަކެއް އަނެއްކާ ވެސް ކުރިމަތިވާނެ ކަމެކެވެ.
އަދި މިހާތަނަށް ވެސް، އިންސްޓަގްރާމް ބޭނުންކުރާ ކުޑަކުދިން ރައްކާތެރި ނުކުރެވި، އެތައް މައްސަލައެއްގެ އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިރު ކުދިންނަށް ހާއްސަ އެޕެއް ހަދާތީ ކަންބޮޑުވާ ކަމަށް ބުންޏެވެ. އިސްޓަގްރާމަކީ 13 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެޕެކެވެ.
އިންސްޓަގްރާމް އެކައުންޓެއް ހަދާ ނަމަ ދެން އުފަން ތާރީހު ލާޒިމުކޮށް، ކުރިން އުފަން ތާރީހާ ނުލައި އެކައުންޓް ހަދާފައިވާ މީހުންނަށް އެކަމުގެ ނޮޓިފިކޭޝަން ފޮނުވާނެ އެވެ، އަދި ނޮޓިފިކޭޝަނާ އެއްގޮތަށް އަމަލު ނުކުރާ ނަމަ ތަކުރާރުކޮށް، އެ ޕޮޕަޕްވާނެ އެވެ.
އިންސްޓަގްރާމުން ބުނި ގޮތުގައި އެކައުންޓް ހަދާއިރު ނުބައި އުފަން ތާރީހުދޭތީ މިހާރު އެކަން ވެސް ދެނެގަވޭނެ ޓެކްނޮލޮޖީއަކަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި 16 އަހަރު ދަށުގެ ކުދިން އެކައުންޓްތައް ހަދާ އިރު، ޑިފޯލްޓްކޮށް އެ އެކައުންޓްތައް ޕްރައިވެޓް ވެސް ކުރެވޭނެ އެވެ.
ސޯޝަލް އެޕްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއްޗެހީގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމުން ބުނީ އަމާޒަކީ ކޮންމެ އުމުރުފުރައަކަށް ވެސް ރައްކާތެރި އެއްޗަކަށް އެ ހެދުން ކަމަށެވެ.
ޓެކް ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ބިލެއް
ފުރާވަރު ކުދިންނަށްޓަކައި އިންސްޓަ އަށް "ޓޭކް އަ ބްރޭކް"
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
ސެކިއުރިޓީ ބަލަހައްޓަން އެފްބީގައި 40،000 މީހުން
މެސެންޖާ/އިންސްޓަގެ ޑިފޯލްޓް އެންކްރިޕްޝަން ލަސްކޮށްފި
އެފްބީން ފޭޝަލް ރިކޮގްނިޝަން ހުއްޓާލަން ނިންމައިފި
ވަޓްސްއެޕް މިހާރު އެއްކޮށް އެންކްރިޕްޓެޑް
ތާލިބާނުން ޕްރޮމޯޓްވާ ކޮންޓެންޓް ފޭސްބުކުން ބްލޮކްކުރަނީ
ފުރައްސާރައާ ދެކޮޅަށް އިންސްޓަގްރާމަށް އާ ޓޫލެއް
އިންސްޓަގްރާމްގެ އާ ވާޝަނެއް 13 އަހަރުން ދަށަށް