Roadha Mihaaru
ބެންޒެމާ ޖަލަށްލާން ފްރާންސްގެ ކޯޓަކުން ހުކުމްކޮށްފި

ބެންޒެމާ ޖަލަށްލާން ފްރާންސްގެ ކޯޓަކުން ހުކުމްކޮށްފި

24 ނޮވެމްބަރ 2021

ޕެރިސް (ނޮވެމްބަރު 24) - ފްރާންސްގެ ކުރީގެ މިޑްފީލްޑަރު މެތިއު ވެލްބުއޭނާ، ބްލެކްމެއިލް ކުރި ކަމުގެ ކުށް، ސާބިތުވެ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒޭމާ އެއް އަހަރަށް ޖަލަށް ލުމަށް ފްރާންސްގެ ކޯޓަކުން މިއަދު ހުކުމުކޮށްފި އެވެ. ނަމަވެސް އެ ހުކުމް ވަނީ ތަންފީޒްކުރުން ފަސްކޮށްފަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕެރިސް (ނޮވެމްބަރު 24) - ފްރާންސްގެ ކުރީގެ މިޑްފީލްޑަރު މެތިއު ވެލްބުއޭނާ، ބްލެކްމެއިލް ކުރި ކަމުގެ ކުށް، ސާބިތުވެ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒޭމާ އެއް އަހަރަށް ޖަލަށް ލުމަށް ފްރާންސްގެ ކޯޓަކުން މިއަދު ހުކުމުކޮށްފި އެވެ. ނަމަވެސް އެ ހުކުމް ވަނީ ތަންފީޒްކުރުން ފަސްކޮށްފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑް ކުޅޭ މެޗަށް ޓީމާ އެކު މޮލްޑޮވާ އަށް ގޮސް ހުރި ބެންޒެމާ މިއަދު ބޭއްވި ޝަރީއަތަށް ހާޒިރެއް ނުވެ އެވެ. އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމައި ކޯޓުން ހުކުމްކޮށްފައި ވަނީ އެއް އަހަރަށް ޖަލަށް ލުމަށެވެ. އެކަމަކު ކޯޓުން ވަނީ އެ އަދަބު ތަންފީޒުކުރަން ނުޖެހޭ ގޮތަށް ނިންމައިފަ އެވެ. ޖޫރިމަނާގެ ގޮތުގައި 75،000 ޔޫރޯ (84،000 ޑޮލަރު) ދެއްކުމަށް ކޯޓުން ވަނީ ބެންޒެމާގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

ބެންޒެމާގެ މައްޗަށް ދައުވާ ކުރީ ވެލްބުއޭނާ ޖިންސީ ގުޅުން ހިންގާ ވީޑީއޯއެއް ތައްޔާރުކޮށް ބްލެކްމެއިލް ކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެކަމުގައި ބެންޒެމާގެ އިތުރުން ހަތަރު މީހަކު ވެސް ވަނީ ބައިވެރިވެފަ އެވެ.

އެކަމަކު އޭނާ އަށް ކުރެވޭ ތުހުމަތުތައް ބެންޒެމާ ދޮގު ކުރ އެވެ. ބެންޒެމާ ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ ބައިވެރިވުން ނެތް ކަމެއްގައި ކަމަށެވެ.

އެ މައްސަލަ ފެންމތިވުމުން، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ 2015 ގައި ފްރާންސްގެ ސްކޮޑުން ބެންޒެމާ އެކަހެރި ކޮށްފަ އެވެ. ގާތްގަނޑަކަށް ފަސް އަހަރު ގައުމީ ޓީމާ ދުރުގައި ހުރުމަށް ފަހު އޭނާ އަލުން ޓީމަށް ނެގީ މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ.