ޕެރިސް (ޖުލައި 01) - ފްރާންސްގެ ފުލުހުން އުމުރުން 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލުމުން، އަނިޔާއާ ދެކޮޅަށް ނުކުމެ އެކަން ހުއްޓުވަން ފްރާންސް ފުޓްބޯޅަ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ ގޮވާލައިފި އެވެ.
01 ޖުލައި 2023
ޕެރިސް (ޖުލައި 01) - ފްރާންސްގެ ފުލުހުން އުމުރުން 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލުމުން، އަނިޔާއާ ދެކޮޅަށް ނުކުމެ އެކަން ހުއްޓުވަން ފްރާންސް ފުޓްބޯޅަ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ ގޮވާލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ފްރާންސްގެ ފުލުހުން ބަޑިޖެހުމުން މަރުވީ އުމުރުން 17 އަހަރުގެ ނަހެލް އެމް އެވެ. ނަހެލް ގަޔަށް ފުލުހުން ބަޑިޖެހީ ޓްރެފިކް ޗެކްޕޮއިންޓަކުން ހުއްޓަން އެދުމުން އެކަމަށް އިޖާބަނުދީ ދަތުރު ކުރުމުންނެވެ. މަހެލްގެ މެއަށް ބަޑީގެ ވަޒަން އަރައި އޭނާ މަރުވުމާ އެކު އެ ކާރު ގޮސް އެކްސިޑެންޓް ވި އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ކާރު ހުއްޓުވުމަށް ފަހު ޓްރެފިކް ޕޮލިހުން އެންމެ ފުރަތަމަ ނަހެލްއާ ވާހަކަދެއްކި އެވެ. ފުލުހުންގެ ބަހަށް އިޖާބަނުދީ ހަމަ އެވަގުތު ނަހެލް ކާރު ދުއްވަން ފެށި އެވެ. އެވަގުތު ޕޮލިސް އޮފިސަރުގެ ބަޑީގެ ވަޒަން ނަހެލް އަށް އަމާޒުކުރި އެވެ. މަރުގެ މައްސަލައިގައި އެ އަމަލު ހިންގި ޕޮލިސް އޮފިސަރު މިހާރު ހުރީ ހައްޔަރު ކޮށްފަ އެވެ.
ނަހެލްގެ މަރާ އެކު ފްރާންސްގައި ކުރިއަށްދާ ހަމަނުޖެހުމުގެ ތެރެއިން
ނަހެލްގެ މަރާ އެކު ޕެރިހުގައި މިހާރު ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ. އެހެންވެ ސަލާމަތީ ކަންކަން ބަލަހައްޓަން ފްރާންސްގެ ސަރުކާރުން މިހާރު 45،000 ފުލުހުން ވަނީ ނެރެފަ އެވެ. ހަމަނުޖެހުންތަކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް 900 މީހުން ހައްޔަރުކުރި އެވެ.
"އަނިޔާ އަކުން އެއްވެސް ކަމެއް ހައްލެއް ނުވާނެ. ފްރާންސްގެ ރައްޔިތުންނެކޭ އެއްގޮތަށް އަހަރެމެން މިތިބީ ޒުވާން ނަހެލްގެ މަރާ އެކު ހައިރާންކަން ލިބިފަ" އަނިޔާ ހުއްޓާލުމަށް އެދި ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ އެމްބާޕޭ ބުންޏެވެ.
ޕެރިހުގެ އިތުރުން ފްރާންސްގެ ލިލް އާއި ރުބައިޒް އަދި މާސޭގައި ވެސް އަންނަނީ ހަމަނުޖެހުން ހިންގަމުންނެވެ. ގިނަ ބަޔަކު މަގުމައްޗަށް އެއްވެ ހަޅުތާލުކުރަމުން ދާއިރު، މަގުމަތީގައި ހުރި ކާރުތަކުގައި ހުޅު ޖަހައި ފިހާރަތަކަށް އަންނަނީ ގެއްލުން ދެމުންނެވެ.
ފްރާންސްގައި ހަމަނުޖެހުން ކޮންޓްރޯލް ކުރެވިފައި ނުވާއިރު "ޓުއާ ޑި ފްރާންސް" މިއަދު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދުން އެ ރޭސް ފަށާނީ ސްޕެއިންގެ ބިލްބާއޯ އިންނެވެ. ހޯމަ ދުވަހު ފްރާންސަށް ދިއުމަށް ހަމަޖެހިފައިވާއިރު، ޖުލައި 23 ވަނަ ދުވަހު ރޭހުގެ ފައިނަލް ސްޓޭޖް އޮންނާނީ ޕެރިހުގަ އެވެ.
ރޭސް އިންތިޒާމުކުރާ ފަރާތުން ބުނީ ފްރާންސްގެ ހަމަނުޖެހުންތަކަށް ބަލައި، ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. އެކަމަކު ހަމަނުޖެހުންތަކާއި އެކު ވެސް މިއަދު ސްޕެއިނުން ރޭސް ފަށާ ގޮތަށް ވަނީ ނިންމައިފަ އެވެ.
ޗެމްޕިއަން ފްރާންސާއި އެމްބާޕޭ އެންމެ އުހުން ވެއްޓުން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ފްރާންސްގެ ދިދަ ޖެހި މާސްކު އެމްބާޕޭ އަށް މަނާ
ސާޖަރީއެއް ބޭނުމެއްނުވޭ، އެމްބާޕޭ ދެން އަޅާނީ މާސްކެއް
ފްރާންސް ސަލާމަތްވީ އޮސްޓްރިއާގެ ބައި ގޯލަކުން
ފްރާންސްގެ ރައީސާއި ގަތަރު އަމީރުގެ ޖާފަތަށް އެމްބާޕޭ
އެމްބާޕޭގެ ކެޕްޓަންކަން ފެށީ ބޮޑު މޮޅަކުން
ފްރާންސްގެ ކެޕްޓަންކަން އެމްބާޕޭއާ ހަވާލުކޮށްފި