Roadha Mihaaru
ސިވިލް ކޯޓު ޑިސެމްބަރު މަހު ރިސެސްއަކަށް ނުދާނެ

ސިވިލް ކޯޓު ޑިސެމްބަރު މަހު ރިސެސްއަށް ނުދާން ނިންމައިފި

24 ނޮވެމްބަރ 2021

އަންނަ މަހަށް ސިވިލް ކޯޓުން ކުރިން ކަނޑައެޅި ރިސެސްގެ މުއްދަތުގައި ރިސެސްއަށް ނުދާން ނިންމައިފި އެވެ.

އަންނަ މަހަށް ސިވިލް ކޯޓުން ކުރިން ކަނޑައެޅި ރިސެސްގެ މުއްދަތުގައި ރިސެސްއަށް ނުދާން ނިންމައިފި އެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ރިސެސްގައި އާންމު އުސޫލުން ޝަރީއަތްތަކެއް ނުހިންގާނެ އެވެ. އެކަމަކު ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމާއި ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ބާއްވާނެ އެވެ. އަދި އާންމު އުސޫލުން މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.

ސިވިލް ކޯޓުގެ ގާޒީންގެ މަޖިލީހުން 2011 ވަނަ އަހަރު ނިންމާފައި އޮތީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހާއި ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަސް ރިސެސްގެ ގޮތުގައި ކަނޑައަޅާށެވެ.

ސިވިލް ކޯޓުން ބުނީ ކުރިން މި ތާރީހުތައް ކަނޑައަޅާފައި ވިޔަސް އަންނަ މަހުގެ ރިސެސްއަށް ނުދާން ގާޒީންގެ އާންމު މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިގޮތަށް ހަމަޖެއްސި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ޖޫން މަހާއި ޑިސެމްބަރު މަހުގެ ވަކި ދުވަސްތަކެއްގައި ދަށު ކޯޓުތައް ރިސެސްއަށް ދާނެ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ރިސެސް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ތެރޭގަ އެވެ.