މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 50،000 ޑޮލަރު (ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ) އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެފައި ވަނިކޮށް އެ ފައިސާ ދައުލަތަށް ދައްކަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 50،000 ޑޮލަރު (ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ) އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެފައި ވަނިކޮށް އެ ފައިސާ ދައުލަތަށް ދައްކަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް، އެމްއެޗްއެމްއައި ކިޔާ ކުންފުންޏަކަށް އދ. ފުށިދިއްގާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ތިން މިލިއަން ޑޮލަރުގެ ތެރެއިން 50،000 ޑޮލަރު އެމްއެމްޕީއާރްސީއަށް ދެއްކި ޗެކު 2014 ވަނަ އަހަރު ޖަމާކޮށްފައިވަނީ އެމްއެޗްއެމްއާރު ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި އޮތް އެކައުންޓަކަށެވެ. އެ ފައިސާ ހޯދަން އެމްއެޗްއެމްއާރާ ދެކޮޅަށް ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހަައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެމްއެމްޕީއާރުސީއަށް ފައިސާ ލިބިފައިވާ ކަމަށް ބުނެ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ސޮއިކޮށް ލިޔުން ދޫކޮށްފައި އޮތަސް، އެ ޗެކް ޖަމާވީ އެމްއެޗްއެމްއާރު ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ކަން ބޭންކް ސްޓޭޓްމަންޓްތަކުން އެނގޭ ކަމަށެވެ. އަދި އެ ކުންފުންޏަކީ ޒިޔަތާ އާއިލީ ގޮތުން ގުޅުން އޮތް މީހެއްގެ ކުންފުންޏެއް ކަމަށް ބުނެފައިވާތީ ދައުލަތުން ބުނާ ބުނުމުގެ ތެދުކަން ހާމަވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެމްއެޗްއެމްއައި ކުންފުނިން ޗެކް ދޫކުރީ އެމްއެމްޕީއާރުސީއަށް ކަމަށް ވާއިރު، އެ ޗެކްގެ ފައިސާ އެމްއެޗްއެމްއާރު ކުންފުނީގެ އެކައުންޓަށް ޖަމާވެފައިވުމުން އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށެވެ.
އެހެންވެ، އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި ދައްކަން އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ޖަލު ހުކުމްތައް އިއްވާފައިވެ އެވެ. އެކަމަކު އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ގޭ ބަންދުގަ އެވެ.
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
ހިބަޅިދޫ އަނބުރާ ދޭން ކުރި ހުކުމް ބާތިލްކޮށްފި
"އަމާޒަކީ ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން"
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
އެމްއެމްޕީއާރުސީން ވީޗެޓާ އެކު ހާއްސަ އެއްބަސްވުމެއް