ރ. އަތޮޅުގެ އަލީލާގައި ތަރައްގީކުރަމުން އަންނަ "އަލީލާ މޯލްޑިވްސް" ރިސޯޓް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ނިންމައިފި އެވެ.
25 ނޮވެމްބަރ 2021
ރ. އަތޮޅުގެ އަލީލާގައި ތަރައްގީކުރަމުން އަންނަ "އަލީލާ މޯލްޑިވްސް" ރިސޯޓް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ނިންމައިފި އެވެ.
މި ރިސޯޓަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. ރިސޯޓުގައި 80 ވިލާ ތަރައްގީ ކުރާ އިރު އޭގެ ތެރޭގައި 36 ވޯޓާ ވިލާ ހިމެނެ އެވެ.
ރ. ކޮތާފަރުގައި ހަދާ މި ރިސޯޓު ހުޅުވަން ފުރަތަމަ ތައްޔާރުވީ މި އަހަރުގެ އޮކްޓޫބަރަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާ ހެދި އެ ރަށުގެ މަސައްކަތްތައް ދިގުލައިގެން ދިއުމުން އަންނަ އަހަރަށް ފަސްކުރީ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވެސް "އަލީލާ" ބްރޭންޑްގެ ހޮޓާތައް ވަނީ ތަރައްގީކޮށްފަ އެވެ. ގިނަ ހޮޓާތަކެއް ތަރައްގީކޮށްފައިވާ ހަޔަޓް ހޮޓެލްސް އިން އިންޑޮނީޝިއާ، މެލޭޝިއާ، ޗައިނާ އަދި އެމެރިކާގައި މި ބްރޭންޑްގެ ރިސޯޓުުތައް އަންނަނީ ހިންގަމުންނެވެ.
ކޮތާފަރުގައި ރިސޯޓު ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނަނިކޮށް 2019 ވަނަ އަހަރު އެރަށުން ވަނީ އާސާރީ ސަރަހައްދެއް ފެނިފަ އެވެ. އެ ރިސޯޓު މިހާރު ތަރައްގީ ކުރަނީ އެ ސަރަހައްދަށް ގެއްލުން ނުވާނެ ގޮތަކަށެވެ.
ކްރައުން އެންޑް ޗަމްޕާގެ "ނަލަ މޯލްޑިވްސް" ހުޅުވައިފި
ނާގޯށީގެ މަސައްކަތް ފަށަން ވަޒީފާތަކަށް އިއުލާންކޮށްފި
މާލެ ކައިރީގައި ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހުޅުވަނީ
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
ލިވަޕޫލް-މެންޔޫ މެޗްގައި 10 ބަހަކުން ރާއްޖޭގެ ނަން
ނަލަންދޫގައި ރިސޯޓެއް ހަދަން އަލުން ބީލަމަށް
ސޮނެވާގެ މޭސްތިރިން އާ ހޮޓެލް ބްރޭންޑެއް ތައާރަފްކުރަނީ
ބްރައުން އިންވެސްޓުގެ ބާސެލޯ ލެގޫން ރިސޯޓު ވިއްކާލައިފި