އެމްޑަބްލިޔުއެސްސީން ބ. ގޮއިދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ 73 ޕަސެންޓް ނިންމާލައިފި އެވެ.
25 ނޮވެމްބަރ 2021
އެމްޑަބްލިޔުއެސްސީން ބ. ގޮއިދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ 73 ޕަސެންޓް ނިންމާލައިފި އެވެ.
މި މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި، ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރްއޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް ވަނީ ނިމިފަ އެވެ.
ގޮއިދޫގެ ފެނައި ނަރުދަމާގެ މަޝްރޫއުއަށް 46 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހަމަޖެހިފަ އެވެ.
ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި ދިހ ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައި ދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ.
މި މަޝްރޫއުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އަށް ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތުގެ 100 ޕަސެންޓަށް ވަނީ ނިމިފަ އެވެ. ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. އަދި، ސީ އައުޓްފޯލް ގާއިމްކުރުމާއި، ޕަންޕިން ލައިން އެޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.
ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ނިންމާލައިފި
4 ރަށެއްގެ ފެނާއި ނަރުދަމާ ހަވާލުކޮށްފި
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
އޭޕްރީލް މަހުގެ ފެން ބިލުން ޑިސްކައުންޓް ދެނީ
މިއަހަރު ނަރުދަމާގެ 20 ޕްރޮޖެކްޓް ނިންމާނަން: ޝާހު
ހަންޏާމީދޫ ފެންހޮޅީގެ މައިނެޓްވޯކުގެ މަސައްކަތް ނިމިއްޖެ
މާޅެންދޫ ފެނާއި ނަރުދަމާ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި
ކުޑަފަރީގެ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިންމާލައިފި
ފެރިދޫ އާއި ހިމަންދޫގެ ފެނާއި ނަރުދަމާ އަޅަން ފަށައިފި