Roadha Mihaaru
މަސައްކަތް ހުއްޓިފައިވާ ބިންތައް އަތުލަނީ!

މަސައްކަތް ހުއްޓިފައިވާ މަޝްރޫއުތަކުގެ ބިންތައް އަތުލައި ސަރުކާރުގެ ކުންފުނިތަކަށް ފްލެޓް ނޭޅޭނެ ގޮތް ހަދަނީ

27 ނޮވެމްބަރ 2021

ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް އެޗްޑީސީން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިހާތަނަށް މަސައްތަތައް ނުފަށާ ކުންފުނިތަކުގެ އަތުން އެ ބިންތައް އަތުލައި ސަރުކާރުގެ ކުންފުނިތަކުން ފްލެޓް އިމާރާތްކުރުން މަނާކުރަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް އެޗްޑީސީން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިހާތަނަށް މަސައްތަތައް ނުފަށާ ކުންފުނިތަކުގެ އަތުން އެ ބިންތައް އަތުލައި ސަރުކާރުގެ ކުންފުނިތަކުން ފްލެޓް އިމާރާތްކުރުން މަނާކުރަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފި އެވެ.

އެ ކޮމިޓީން އެގޮތަށް ނިންމީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ހުރި މައްސަލަތައް ދިރާސާ ކުރުމަށް ފަހު އެވެ.

ކޮމިޓީގެ ރިޕޯޓުގައި ވާ ގޮތުން ބޯހިޔާވަހިކަމުގެ ދަށުން ފްލެޓު އިމާރާތް ކުރުމަށް އެޗްޑީސީން 15 ފަރާތަކަށް ބިން ދޫކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ކުރިއަށް ގެންދަނީ އެންމެ ހަ މަޝްރޫއެވެ. އެހެންވެ މަސައްކަތް ކުރިއަށް ނުގެންދާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް އެޗްޑީސީއަށް އަންގަން ރިޕޯޓުގައި ހިމަނާފައި ވެ އެވެ.

އަދި އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ކުރިމަގުގައި ހަވާލު ނުކުރުމަށް ކޮމިޓީން ނިންމި އެވެ.

އެގޮތަށް ނިންމީ ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި ފައިސާ ހަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތް ކުރުމުން ކުންފުނީގެ ކޭޝްފްލޯ ތާށިވެ، އަސްލު މެންޑޭޓުގައި ހިމެނޭ ގިނަ މަސައްކަތްތައް ނުކުރެވޭ ކަމަށް ކޮމިޓީ އަށް ކަމަށް ފާހަގަވެފައިވާތީ އެވެ.

ކޮމިޓީގެ ރިޕޯޓުގައި ވާ ގޮތުން ބޯހިޔާވަހިކަމުގެ ދަށުން ފްލެޓު އިމާރާތް ކުރުމަށް އެޗްޑީސީން 15 ފަރާތަކަށް ބިން ދޫކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ކުރިއަށް ގެންދަނީ އެންމެ ހަ މަޝްރޫއެވެ. އެހެންވެ މަސައްކަތް ކުރިއަށް ނުގެންދާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް އެޗްޑީސީއަށް އަންގަން ރިޕޯޓުގައި ހިމަނާފައި ވެ އެވެ.

"... ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ ބޯޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވަނީ އަދި ރައްޔިތުންނަށް އޭގެ ލާބަ އާއި މަންފާ އެންމެ އެދެވޭ ގޮތެއްގައި ލިބޭނީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަނޑަައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތް ކުރިއަށް ގެންދިއުމުން،" ރިޕޯޓުގައި ވެ އެވެ.

ކޮމިޓީން ބުނިގޮތުގައި، ދުރު މުސްތަގްބަލަށް ވިސްނާއިރު ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ މެންޑޭޓް ކަނޑައަޅާފައިވާ ކުންފުނިތައް ފިޔަވައި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކަށް ހައުސިންގެ މަޝްރޫއުތައް މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ވެސް އަދައެއް ނުކުރެވޭނެ އެވެ.

އެހެންވެ، ގޯތިގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ މަޝްރޫއުތަކާއި ކުންފުނިތަކަށް ހަވާލު ކޮށްފައިވާ މަޝްރޫއުތަކާ މެދު ދެން އަމަލުކުރާނެ އުސޫލެއް ހައުސިން މިނިސްޓްރީއާއެކު، މަޝްވަރާ ކުރުމަށް ފަހު އެކުލަވައިލުމަށް ކުންފުނިތަކަށް އަންގަން ވެސް ރިޕޯޓުގައި ހިމެނި އެވެ.

އެސްއޯއީ ކޮމިޓީން މިހެން ނިންމި ނަމަވެސް އެންމެ ފަހުގެ ގޮތް ނިންމައި އެ އަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. އޭގެ ތެރެއިން ގިނަ ފްލެޓުތައް އަދިވެސް އެއްކޮށް ނުނިމެ އެވެ. ހަައުސިން ޕްރޮޖެކްޓްގެ ދަށުން މުވައްޒަފުންނަށް ފްލެޓް ދޫކުރުމަށް އެކުލަވާލަވާލާފައިވާ އުސޫލުތައް ހުރީ އެންމެ ހަރުދަނާކޮށް ނޫން ކަމަށް ވެސް އެސްއޯއީ ކޮމިޓީން އެ މައްސަލަ ދިރާސާކުރި އިރު ފާހަގަކޮށްފައި ވެ އެވެ.