29 ނޮވެމްބަރ 2021
ބަތަލާ ޝިލްޕާ ޝެޓީ އަށް މިހާރު ވަރަށް ގިނަ ފިލްމުތަކުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އޭނާ ސޮއިކުރާ އާ ފިލްމުތަކެއް އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ބަތަލާ ޝިލްޕާ ޝެޓީ އަށް މިހާރު ވަރަށް ގިނަ ފިލްމުތަކުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އޭނާ ސޮއިކުރާ އާ ފިލްމުތަކެއް އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 46 އަހަރުގެ ބަތަލާ މިހާރު ވެސް އަންނަނީ ގިނަ ސްކްރިޕްޓްތަކެއް ކިޔަމުންނެވެ. އަދި އޭގެ ތެރެއިން އޭނާ ރުހުންދޭ ޕްރޮޖެކްޓްތަކެއް މާ ލަސްތަކެއް ނުކޮށް އިއުލާން ކުރާނެ އެވެ.
އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ އަހަރުތަކެއް ފަހުން ޝިލްޕާ ފިލްމުތަކަކަށް ސޮއިކުރީ 2019 ގަ އެވެ. އެގޮތުން އޭނާ ސޮއިކުރި ދެ ފިލްމުގެ ތެރެއިން "ހަންގާމާ 2" ވަނީ މިދިޔަ ޖުލައި މަހު ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. ޝިލްޕާ މަސައްކަތް ނިންމައި، އެކަމަކު އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކޮށް އޮތް ފިލްމަކީ ޑައިރެކްޓަރު ސަބީރް ޚާންގެ "ނިކައްމާ" އެވެ. މީގެ ކާސްޓްގައި ޒުވާން ތަރިން ކަމަށްވާ އަބިމަންޔޫ ދައްސާނީ އާއި އާ ބަތަލާ ޝާލީ ސެތިއާ ވެސް ހިމެނެ އެވެ.
ޝިލްޕާ އަށް މިހާރު ފިލްމުތަކުން ގިނަ ހުށަހެޅުންތަކަށް ލިބެމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފައި ވަނީ، ފިރިމީހާ ރާޖް ކުންދުރާ އަށް ބަރަހަނާ ފިލްމު ހެދިކަމުގެ ތުހުމަތު ކުރެވި، ހައްޔަރުކޮށް، ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލުމުން އެކަމާ ގުޅިގެން ޝިލްޕާގެ ނަމަށް ކިލަނބު ކަމެއް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.
މިކަމާ ގުޅިގެން ކުރިން މީޑިއާތަކުން ބުނެފައި ވަނީ ދެން ޝިލްޕާ އަށް ފިލްމުތަކުން ފުރުސަތު ލިބުމަކީ ވަރަށް ދަތި ކަމަކަށް ވާނެ ކަމަށެވެ. ރާޖް ހައްޔަރުކުރީ ވެސް "ހަންގާމާ 2" ރިލީޒްކުރަން ތައްޔާރުވި ދަނޑިވަޅުގައި ކަމުން އެކަމުގެ ނޭދެވޭ އަސަރު ފިލްމަށް ކުރި އެވެ.
ނަމަވެސް ކުރިމަތިވި ހާޖާނުގަނޑާ އެކު ވެސް ޝިލްޕާ އަންނަނީ ހިތްވަރާ އެކު ސާބިތުކަން ދައްކަމުންނެވެ. އޭނާ ވަރަށް އަވަހަށް ސޮނީ ޓީވީގެ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ގެ ނުވަ ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ފެންނާނެ އެވެ.
އަލިޒޭ ބޮލީވުޑަށް ނުކުންނަނީ ތައި ރީމޭކަކުން
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ
ހިރާނީގެ "މޭޑް އިން އިންޑިއާ" ގައި ވަރުން
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
ފިލްމެއް ހޮވުން ފަސޭހައެއް ނޫން: ސަންޖަނާ
އަކްޝޭގެ "ރައުޑީ ރާތޯޑް 2" އަށް ތައްޔާރު ވަނީ
ފައިސާ އަށް ވުރެ ކޮންޓެންޓް މާ މުހިއްމު: އަޔޫޝްމަން
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން
ސްކްރިޕްޓްތައް ހޮވަން ފިރިމީހާގެ ނުފޫޒެއް ނެތް: ރާނީ
އަޔޫޝްމަން އަނެއްކާ ވެސް ތަފާތު ކޮންސެޕްޓަކާ އެކު