Roadha Mihaaru
ހުނަރުވެރިންގެ ދަތިކަމަށް ފިންލެންޑު ސްކޫލުން ހައްލު

ހުނަރުވެރި މަސައްކަތްތެރިން ހޯދުމުގެ ދަތި ކަމަށް ފިންލެންޑް ސްކޫލުން ހައްލު

30 ނޮވެމްބަރ 2021

އެކި އިންޑަސްޓްރީތަކުން ހުނަރުވެރި މަސައްކަތްތެރިން ހޯދުމުގައި، ކިޔެވުމުގެ ދައުރު ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ގިނަ ދަރިވަރުންގެ އިލްމާއި ހުނަރު ހުންނަ ވަރާއި އިންޑަސްޓްރީތަކުގެ ބޭނުންތަކާއި ދިމާނުވާ މައްސަލައަކީ ގިނަބަޔަކު ފާހަގަކުރާ ކަމެކެވެ. ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްވީ މާހިރަކު ވިދާޅުވިގޮތުގައި މިކަން މިހެން ދިމާވަނީ ތައުލީމީ ދާއިރާ ނިންމާފައި ނުކުންނަ ގިނަ ދިވެހި ޒުވާނުން އަމިއްލަ ފައިމައްޗަށް ތެދުވެގެން ދިރުއުޅުމުގައި މަސައްކަތްކުރުމުގެ މުހިންމު ކަމާއި ކުރާ މަސައްކަތަކުން ކުރިއެރުމާއި މެދު ފުންކޮށް ނުވިސްނާތީ އެވެ.

ފިންލެންޑް ސްކޫލްގެ ޕްރިންސިޕަލް ޑރ. އެއްޔާ ވެލާނެ ވިދާޅުވާ ގޮތުގައި ސްކޫލް ނިމޭއިރު ދަރިވަރުން ހަމައެކަނި ދަސްކުރި މައުލޫމާތައް ބިނާކޮށް ހޯދޭ ސަނަދަކުން މި ޒަމާނުގައި މަސައްކަތުގެ މާހައުލުގައި ކާމިޔާބު މީހަކަށް ނުވެވިދާނެ އެވެ. އެ މައްސަލައަށް ހައްލެއް ހޯދުމާ މެދު ޑރ. އެއްޔާ ވިދާޅުވަނީ ޒިންމާދާރުކޮށް މަސައްކަތްކުރުމާއި އުފެއްދުންތެރިކަމާއި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އިހްސާސް، ސްކޫލް މަންހަޖު ތެރެއިން ދަސްކޮށްދޭން އެބަ ޖެހޭ ކަމަށެވެ.

އެ ފިކުރުގެ ދަށުން ފިންލެންޑް ސްކޫލްގައި ކިޔަވައިދޭ މަންހަޖުގައި ވަނީ އުފެއްދުންތެރިކަމާއި އަމިއްލައަށް ދިރުއުޅުން ބައްޓަންކުރާނެގޮތް އެކުލަވާލެވި، އެ ކަންތައް ސްކޫލްގެ ދަރިވަރުން ކޮންމެ ހަފްތާއަކު ކިޔަވާ މާއްދާތަކެއްގެ ގޮތުގައި ޝެޑިއުލްކޮށްފަ އެވެ.

ފިންލެންޑް ސްކޫލުގައި ގާއިމްކޮށްފައިވާ ހޯމް އިކޮނޮމިކްސް ކުލާހުގައި ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި ހިމެނޭ ހައުސްކީޕިން، ފުޑް އެންޑް ބެވްރޭޖް ފަދަ ދާއިރާތަކުގެ ތައުލީމާއި ތަމްރީނު ސެޝަންތައް ސީދާ ސްކޫލުގެ ކަރިކިއުލަމްގެ ތެރެއިން ދަސްކޮށްދޭނެ އެވެ. އެ ކްލާސްތައް ކުރިޔަށް ގެންދަނީ މަސައްކަތަށް ތައްޔާރުވުމާއި މަސައްކަތްތައް ބަހާލައި ރާވާ ހިންގާނެގޮތުގެ ހުނަރުތަކާއި ވަގުތަށް މަސައްކަތްތައް ނިންމުން އަދި މަސައްކަތްކުރާ ތަން ސާފުކޮށް ތަރުތީބުކޮށް ބެހެއްޓުންފަދަ "ވޯކް ޑިސިޕްލިން" ދަސްކޮށްދިނުން ވެސް ހިމެނޭގޮތަށެވެ.

އެ ކްލާސްތަކުގައި ދަރިވަރުން ދަސްކުރާ ކެއްކުމުގެ ހުނަރާއި އަމިއްލަ އަންނައުނު ދޮވެ އިސްތިރިކުރުން ފަދަ މަސައްކަތްތަކުގެ ހުނަރުތަކަކީ ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އިތުރުން ދަރިވަރުންގެ އާންމު ދިރިއުޅުމުގައި ވެސް ފައިދާކުރާނެ މުހިންމު ހުނަރުތަކެވެ.

"މި ފަދަ ކަންކަން އަލަށް ދަސްކުރާ އުމުރަކީ ބޮޑުވެ ދިރިއުޅުމެއް ފަށާ އުމުރު ކަމަށްވެގެން ނުވާނެ. މިއީ ސްކޫލު ދައުރުގައި ވެސް ދަސްކޮށް، އެނގި ފަރިތަވެފައި ހުންނަންވާނެ ކަންކަން. ފިންލެންޑް ސްކޫލުގެ ކަރިކިއުލަމްގެ ތެރެއިން ދަރިވަރުން ނުކުންނާނީ މި ދެންނެވި އަމަލީ ތަޖްރިބާ ލިބި ހުނަރާއި ގާބިލްކަމާއެކު" ޑރ. އެއްޔާ ވިދާޅުވި އެވެ.

ފިންލެންޑް ސްކޫލްގެ ދަރިވަރުން ހޯމް އިކޮނޮމިކްސް ކްލާހުގައި އެއްޗެއް ކައްކަނީ.-- ފޮޓޯ: އައިލެންޑާސް އެޑިޔުކޭޝަން

ފިންލެންޑް ސްކޫލްގެ ދަރިވަރުން ހޯމް އިކޮނޮމިކްސް ކްލާހުގައި އެއްޗެއް ކައްކަނީ.-- ފޮޓޯ: އައިލެންޑާސް އެޑިޔުކޭޝަން

މީގެ އިތުރުން ސޮނީ ހާޑްވެއާގެ އެހީގައި ގާއިމްކޮށްފައިވާ ޒަމާނީ އާލާތްތައް ހިމެނޭ ކްރާފްޓް ކުލާހުގައި ހިންގާ ވަޑާމާއި އެކިއެކި ކްރާފްޓް މަސައްކަތްތަކަކީ ވެސް އެ މަގުސަދަށް ދަރިވަރުން ތައްޔާރުކުރަން ފިންލެންޑް ސްކޫލުން ކުރާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ. އެ ކްރާފްޓް ކްލާސްތަކުން އަމިއްލަ އުފެއްދުންތެރިކަމާއި އީޖާދުކުރުމަށް ދަރިވަރުންގެ ސިކުނޑިތައް ހުޅުވާލައި ސްކޫލުގައި ދަރިވަރުންނަށް އެކަމުގެ އަމަލީ ތަޖުރިބާ އަދި ހުނަރު ލިބިގެންދާނެ އެވެ.

ފިންލެންޑް ސްކޫލުގައި ކްރާފްޓް ކިޔަވަދޭ ޓީޗަރު، ލިޔޯ ބާނޮލީ ވިދާޅުވި ކްލާހުގައި ދަރިވަރުން ގޮނޑިއެއް ހަދާނަމަ އެ ގޮނޑީގެ ކޮންސެޕްޓް ޑިޒައިންކޮށް އެ ގޮނޑި ހަދަން ބޭނުންވާނެ ތަކެތި ދެނެގަނެ އަދި އެކަމަށް ހިނގާނެ ހަރަދު ވަޒަންކުރަން ދަސްވާނެ ކަމަށެވެ.

ގޮނޑިއެއް ހަދައި ނިމޭއިރު ދަރިވަރުންނަށް ހިސާބު ކްލާހުގައި ދަސްކުރާ މިން އެޅުމާއި ޖޯމެޓްރީއާ ގުނަކުރުން ފަދަ ފިލާވަޅުތަކުގެ އަމަލީ ތަޖުރިބާ ލިބިގެންދާނެ އެވެ.

ފިންލެންޑް ސްކޫލްގެ ދަރިވަރަކު ކްރާފްޓް ކުލާހުގައި ވަޑާމުގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރަނީ.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ފިންލެންޑް ސްކޫލްގެ ދަރިވަރަކު ކްރާފްޓް ކުލާހުގައި ވަޑާމުގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރަނީ.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ޑރ. އެއްޔާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަމާޒުކޮށް ސްކޫލުގައި ގެންދާ އެ ފަދަ އުނގެނުމުގެ ހަރަކާތްތަކާއި ސްކޫލްގެ މާހައުލާއި ކިޔަވައިދިނުން ކުރިއަށްގެންދާ ގޮތާ ބެހޭގޮތުން ގިނަ ބެލެނިވެރިން މިހާރު ވެސް އަންނަނީ ހިތްހަމަޖެހުން ފާޅުކުރަމުންނެވެ.

ފިންލެންޑް ސްކޫލްގެ ދަރިވަރުން އެކި ދާއިރާތަކުގެ މުވައްޒަފުންނާއެކު މަސައްކަތު ތަޖުރިބާ ހޯދަނީ.-- ފޮޓޯ: ޕޮލިސް އަދި އޫރިދޫ

ފިންލެންޑް ސްކޫލްގެ ދަރިވަރުން އެކި ދާއިރާތަކުގެ މުވައްޒަފުންނާއެކު މަސައްކަތު ތަޖުރިބާ ހޯދަނީ.-- ފޮޓޯ: ޕޮލިސް އަދި އޫރިދޫ

"ދަރިފުޅު މަސައްކަތުގެ މާހައުލަށް ނުކުންނަން ވާއިރަށް ސްކޫލުގައި ގެންގޮސްދޭ މަސައްކަތުގެ ތަމްރީނާއި ހުނަރާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ދަރިފުޅު ސްކޫލުން ދަސްކުރާ ކެއްކުމުގެ އުކުޅުތައް ފަދަ ކަންކަން ވެސް ގެއަށް އައިސް އަޅުގަނޑުމެންނަށް ދައްކާލައި ދަރިފުޅުގެ ކިބައިން އެ ހުނަރު ފެނުމުން ވަރަށް އުފާވި،" ފިންލެންޑް ސްކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.

ރާއްޖޭގައި ހުޅުވި މުޅި އޭޝިޔާ ސަރަހައްދުގެ ފުރަތަމަ ފިންލަންޑް ސްކޫލުގައި މިހާރު ގްރޭޑް 1-7 އަށް ކިޔަވައި ދެމުން އަންނައިރު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްކޫލުގައި ގްރޭޑް 8 ،9 އަދި 10 ތައާރަފްކޮށް ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނެ ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި ގްރޭޑް 10 ނިންމައި އޯ ލެވެލް ހެދުމުން ލިބޭ ކެމްބްރިޖް އޯލެވެލް ސެޓްފިކެޓްގެ އިތުރުން ފިނިޝް ބޭސިކް އެޑިއުކޭޝަން ސެޓްފިކެޓެއް ވެސް ކޮންމެ ދަރިވަރަކަށް ލިބޭނެކަމަށް ފިންލެންޑް ސްކޫލުން ބުނެ އެވެ.