Roadha Mihaaru
ޔާމީން މިނިވަންވީ ޗެކް ނަންބަރެއް ދިމާނުވެގެނެއް ނޫން!

ޔާމީން މިނިވަންވުން: މިއީ ޗެކް ނަންބަރެއް ދިމާނުވެގެން ވީކަމެއް ނޫން!

01 ޑިސެމްބަރ 2021

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމުން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތީ އެމަނިކުފާނާ މެދު ވެެސް ކަން ހިނގާނީ އިދިކޮޅު ސިޔާސީ ބޭފުޅުންގެ ޖަލަށް ލުމުގެ ސިލްސިލާތަކުގައި މައްސަލަތަކުގައި މިހާތަނަށް ވެސް ކަން ހިނގާފައި އޮތް އުސޫލުން ކަމެވެ. އެހެންވެ، އެމަނިކުފާނު ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލް ކުރުމަކީ މުޅި ގައުމު ހައިރާންކޮށްލި ނިިންމުމެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމުން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތީ އެމަނިކުފާނާ މެދު ވެެސް ކަން ހިނގާނީ އިދިކޮޅު ސިޔާސީ ބޭފުޅުންގެ ޖަލަށް ލުމުގެ ސިލްސިލާތަކުގައި މައްސަލަތަކުގައި މިހާތަނަށް ވެސް ކަން ހިނގާފައި އޮތް އުސޫލުން ކަމެވެ. އެހެންވެ، އެމަނިކުފާނު ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލް ކުރުމަކީ މުޅި ގައުމު ހައިރާންކޮށްލި ނިިންމުމެކެވެ.

ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުން ޔާމީނަށް އިއްވި ހުކުމް ހަައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ދަމަހައްޓާފައި ވަނިކޮށް، އަދި އެ ހުކުމްތަކާ މެދު އިދިކޮޅުގެ ބޮޑެތި ތުހުމަތުތައް އަމާޒު ކުރަމުން ދަނިކޮށް، ސުޕްރީމް ކޯޓުން އެ ނިންމުންތައް ބަދަލު ކުރުމުން ގިނަ ބަޔަކު ސިފަކުރީ ސުޕްރީމް ކޯޓާ މެދު އިތުބާރު އުފެދުނު ނިންމުމެއްގެ ގޮތުގަ އެވެ. އެކަމަކު އޭގެ އަނެއްކޮޅުން ފެންނަން އޮތީ ޔާމީންގެ މައްސަލާގައި ދައުލަތުން ކޮށްފައި ހުރި ދެކޮޅު ނުޖެހޭ އެތައް ކަމެކެވެ.

ޔާމީންގެ މައްސަލާގައި އެންމެންނަށް ފެންނަން އޮތީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރެވެ. އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ކުށް ސާބިތުވީ ރަނގަޅަށް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރަމުން އައި ހުއްޖަތަކީ އެމަނިކުފާނުގެ އެކައުންޓަށް އެ ފައިސާ ޖަމާވި ޖަމާވުން ނުވަތަ ފައިސާއެއް ލިބުން އެއީ ކުށެއް ކަމުގައި ދެކިގެންނެވެ. މިއީ މި މައްސަލަ ފެށުނީއްސުރެން ފެށިގެން މިކަން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތްގޮތެވެ. އެކަމަކު ކަން އޮތްގޮތަކީ އެއީއެއް ނޫނެވެ.

ރައީސް ޔާމީން މިނިވަންވެ ވަޑައިގެން، އެމަނިކުފާނަށް ތާއީދު ކުރާ މީހުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރައީސް ޔާމީން މިނިވަންވެ ވަޑައިގެން، އެމަނިކުފާނަށް ތާއީދު ކުރާ މީހުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އަސްލު މުއާމަލާތް ހިނގި ކަމާ މެދު ވެސް ޝައްކު

ޔާމީންގެ މައްޗަށް ދައުލަތުން ކުރީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު އޮންނަ ގޮތުން މަނީ ލޯންޑްރިންގެ ކުށެއް ކަމުގައި ބެލެވެނީ އެހެން ކުށެއް ކޮށްގެން މީހަކު ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއް އަތުގައި ބެހެއްޓުން ނުވަތަ އެއިން މުއާމަލާތު ކުރުމަށެވެ. އެހެންވެ، ދައުލަތުން ތުހުމަތުކުރީ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި ފައިސާއަކީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާ ކަމާ މެދު އެ މުއާމަލާތް ފެށުނުއިރު ވެސް އޮތީ ސުވާލު އުފެދިފަ އެވެ. ސަބަބަކަށް ވީ ވޮޑަމުލާގެ ފައިސާ އެސްއޯއެފް އަށް ލިބުނު ކަމަށް ދައުލަަތުން ބުންޏަސް، އެ ފައިސާ ޖަމާކުރުމުން ބޭންކުން ދޫކުރި ލިޔުންތަކާއި ޗެކް ނަމްބަރުތައް ދިމާ ނުވުމެވެ. އެހެންވެ، އެސްއޯއެފްގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާ ކަން ކަށަވަރު ނުވަނީސް، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރީ އެ ފައިސާ ކަން ކަށަވަރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ކަންމިހެން އޮތްއިރު، މި ޝައްކުގެ އާހިރު ނަތީޖާއަކީ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމާ މެދު ސުވާލު އުފެދުމެވެ. މި ސުވާލަށް މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބެ އެވެ."

"ކަންމިހެން އޮތްއިރު، މި ޝައްކުގެ އާހިރު ނަތީޖާއަކީ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމާ މެދު ސުވާލު އުފެދުމެވެ. މި ސުވާލަށް މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބެ އެވެ." ހުކުމުގައިވެ އެވެ.

ކުރު ގޮތަކަށް ބުނާ ނަމަ، މި މައްސަލަ ފެށެނީ އެސްއޯއެފްގެ އެކައުންޓަށް ވޮޑަމުލާގެ ފައިސާ ޖަމާވި ކަމަށް ބުނާ ހިސާބުން ކަމަށް ވާއިރު، އެ ފައިސާ އެ ކުންފުންޏަށް ލިބުނު ކަމާ މެދު ސުވާލު އުފެދުމުން އެ މައްސަލަ ބިނާވި އަސްލު ސަބަބު ގެއްލުނީ އެވެ. އެހެންވެ، ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި ފައިސާގެ ވާހަކަ މި މައްސަލާގައި އިތުރަށް ދައްކާކަށް ވެސް ނުޖެހެ އެވެ. އެއީ، ހަމައެކަނި ލިޔެކިޔުންތަކަށް ބެލިޔަސް، ފާޅުކޮށް ފެންނަން އޮތް ކަމެކެވެ.

ފައިސާ އަށް ޝައްކު ކުރެވޭ ކަން ދައުލަތަށް ބުނެ ނުދެވުނު

މަނީ ލޯންޑްރިންގެ ގާނޫނު އޮންނަ ގޮތުން ކުށެއް ކޮށްގެން ހޯދި މުދަލެއް ނުވަތަ ފައިސާއެއް ގެންގުޅުން ނުވަތަ މުއާމަލާތް ކުރުން ކަމަށް ބަލަނީ އެއާ މެދު ޝައްކު ކުރެވޭ ހާލަތެއް އޮއްވާ އެ އެއްޗެއް ގެންގުޅުން ނުވަތަ މުއާމަލާތް ކުރުމަށެވެ. މާނައަކީ މިސާލަކަށް މީހަކު ދޭ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާއެއް ކަމަށް ޝައްކު ކުރެވިފައި ވަނިކޮށް އެ ފައިސާ ގެންގުޅުން ނުވަތަ ބޭނުން ކުރުމެވެ. އެއީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާއެއް ކަން ކޯޓެއްގައި ސާބިތުވެފައި އޮތުން ލާޒިމެއް ނޫނެވެ.

އެހެންވެ، މި މައްސަލާގައި ދައުލަތުން ސާބިތުކޮށް ދޭން ޖެހެނީ އެއް މިލިއަން ޑޮލަރަކީ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް ޔާމީނަށް ޝައްކު އުފެދޭ ހާލަތެއް އޮތް ކަމެވެ. މިކަން ސާބިތު ކުރަން ދައުލަތުން ބޭނުންކުރީ އޭރުގެ ނައިބުު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޔާމީނަށް ފޮނުވި ސިޓީތަކާއި އެ ކޮމިޝަންގެ އޭރުގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަހުގެ އިތުރުން އޮޑިޓާ ޖެނެރަލަށް ޔާމީން ހުށަހެޅި މާލީ ބަޔާނެވެ.

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު

އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން އޭސީސީން ޔާމީނަށް ފޮނުވި ސިޓީގެ އެއްވެސް އިބާރާތެއްގައި އެއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމަށް އެ ކޮމިޝަނަށް ބެލެވޭ ކަމަށް ބުނެފައެއް ނެތެވެ. އަދި ޔާމީނަށް ދައުވާ ކުރުމާ ހަމައަށް ވެސް، އެ ފައިސާގެ އަސްލު އެ ކޮމިޝަނަށް ހޯދިފައި ނެތް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ވަކި ކުށަކާ ގުޅުވުމެއް ނެތި އަދި ތަހުގީގީ އިދާރާއަކުން ބުނެލާ ބުނެލުމަކީ މަނީ ލޯންޑްރިންގެ ކުށް ފުރިހަމަ ކުރުމަށް ބޭނުންވާ ޝައްކު ކުރެވޭ ހާލަތެއް އުފެދޭނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އަހުމަދު އަދީބާއި ޒިޔަތުގެ ހެކިބަހަށް ބެލިޔަސް، އެކަމަކު އެ ދެ މީހުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދިފައި އޮތުމުގެ އިތުރުން އެ މީހުންގެ ހެކިބަހަށް ބާރު ދޭނެ ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި ޔާމީންގެ މާލީ ބަޔާނަށް ބަލާއިރު ވެސް، އެއް މިލިއަން ޑޮލަރާ މެދު ޝައްކު ކުރެވޭ ހާލަތެއް އޮތްކަން އެމަނިކުފާނަށް އެނގޭ ކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ފައިސާއާ މެދު ޝައްކު އުފެދިފައިވާ ކަން އެނގޭނެ ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށް ހުކުމުގަައިވެ އެވެ.

ހުކުމުގައިވާ ގޮތުން ވަކި ފައިސާއާ މެދު ޝައްކު ކުރެވޭ ކަމަށް ތަހުގީގީ އިދާރާއަކުން ބުނެލާ ބުނުލުމުގެ މައްޗަށް އެކަނި ބިނާކޮށްގެން އެ ފައިސާއާ މެދު ޝައްކު ކުރެވޭ ހާލަތެއް އޮތް ކަމަށް ބަލާ ނަމަ، ދެކޮޅު ނުޖެހޭ ނަތީޖާތަކެއް ނިކުންނާނެ އެވެ. އެގޮތުން ޝައްކު އުފެދުނު ފައިސާ ބޭނުން ކުރުމުން މީހެއްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައި ވަނިކޮށް އެ ފައިސާއަކީ ސައްހަ ގޮތުގައި ލިބުނު އެއްޗެއް ކަމަށް ތަހުގީގީ އިދާރާއިން ކަނޑައެޅުމުގެ ފުރުސަތު އޮންނާނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

"ކުރިކަމަށް ބެލެވޭ ކުށަކާ ނުގުޅުވައި، ކުށްކުރި ކަމާ މެދު އުފެދޭ ޝައްކުގެ އެކަށޭނެކަން ހަގީގަތުގައި ވަޒަން ނުކުރެވޭނެ އެވެ. އެފަދައިން ޝައްކުގެ އެކަށޭނެކަން ޝަރީއަތުން ވަޒަންކޮށްފި ނަމަ، ނުކުންނާނެ ނަތީޖާއަކީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ފަހުން ފެންމަތިވާ ކަންކަމުން، މަނީ ލޯންޑްރިންގެ ކުށުން ކުށްވެރިވެފައިވާ މީހާ ދޫވުމުގެ އިހްތިމާލު ބޮޑުވެގެން ދިއުމެވެ. އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމާ މެދު ފާޅުކަން ބޮޑު ޝައްކުތަކެއް އުފެދިިގެން ދިއުމެވެ." ހުކުމުގައިވެ އެވެ.

ފުރިހަމަ ތަހުގީގެއް ނެތް

މި މައްސަލާގައި ސުޕްރީމް ކޯޓުން ދެން ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއް ކޮށްފައި ނެތުމެވެ. އެގޮތުން އެސްއޯއެފް ކުންފުންޏާ ގުޅޭގޮތުން ވެސް އެކަށީގެންވާ ތަހުގީގެއް ކޮށްފައި ނެތްއިރު، އެސްއޯއެފްގެ ފަރާތުން ފައިސާ ޖަމާ ކުރުމުގައި ހަރަކާތްތެރިވި މީހުންގެ ހެކިބަސް ނަގަައިގެން ޝައްކުތައް ފިލުވާލަން ދައުލަތުން މަސައްކަތް ކޮށްފައި ނެތުމާއި އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރަން ނިންމުން ފަދަ ކަންކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ޔާމީން އިއްޔެގެ ޝަރީއަތުގައި: ތަހުގީގު ކުރުމުގައި ވެސް މައްސަލަތައް ހުރި

ޔާމީން އިއްޔެގެ ޝަރީއަތުގައި: ތަހުގީގު ކުރުމުގައި ވެސް މައްސަލަތައް ހުރި

"އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއް ކަން ކަށަވަރެއް ނުވެ އެވެ. އެ ފައިސާ ޖަމާވެފައިވާ އެސްއޯއެފްގެ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މި މައްސަލާގައި ކުރެވިފައިވާ ތަހުގީގުގައި އެ ކުންފުންޏާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތެއްގައި ކޮށްފައިވާ ކަމުގައި ނުބެލެވެ އެވެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން ފުރިހަމަ ތަހުގީގެއް ނުކުރުމުގެ އިތުރަށް ބޭންކްތަކުގައި ހުންނާނެ ކަމަށް ބެލެވޭ ފަދަ މުހިންމު މައުލޫމާތުތައް ވެސް އެ މަައްސަލާގައި ހުށަހެޅިފައެއް ނެތެވެ. އަދި އެފަދަ ހެކިތަކެއް ހުށަހެޅި ނަމަ، ހުކުމް ތަފާތުވީސް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުން ހާމަވީ މިފަދަ ބޮޑު މައްސަލައެއްގައި ތަހުގީގީ މަރުހަލާތަކުގައި ވެސް ކަންކަން ބަލަންވާ މިންވަރަށް މި މައްސަލާގައި އެއްވެސް ކަމެއް ބެލިފައި ނެތް ކަމެވެ. ދައުލަތަށް ގެއްލުނު ފައިސާތަކެއްގެ މައްސަލާގައި ސިޔާސީ ގޮތުން ހަލަބޮލި ކަން ކުރިމަތިވެ، އެތައް ބަޔަކަށް ބޮޑެތި ތުހުމަތުތައް އަމާޒުވެގެން ދިޔަ މި ބޮޑު މައްސަލާގައި ނަމަކަށް ކަމެއް ކޮށްފައި އޮތް ކަމެވެ. އަދި މައްސަލާގެ އަސްލު ހޯދަން މަސައްކަތް ނުކުރެވި އޮތް ކަމެވެ.