Roadha Mihaaru
ރައީސްގެ ގެކޮޅަށް "ފައިސާ ވަތް" މައްސަލަ ހުށަހަޅައިފި

ރައީސް ޔާމީން ގެކޮޅަށް "ފައިސާ ވަތް" މައްސަލަ ތަހުގީގުކޮށްދޭން ހުށަހަޅައިފި

16 އޯގަސްޓް 2017

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުން، ހަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅު، ދޫވެއްސަށް ވަތް ކަމަށް ރައީސް އަބްދުﷲ ޔާމީން "އިއުތިރާފްވެވަޑައިގެންފައި"ވާ ކަމަށް ބުނެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުން، ހަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅު، ދޫވެއްސަށް ވަތް ކަމަށް ރައީސް އަބްދުﷲ ޔާމީން "އިއުތިރާފްވެވަޑައިގެންފައި"ވާ ކަމަށް ބުނެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި އެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ އަށް ވީގޮތް އެކި ޖަލްސާތަކުގައި ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ޕީޕީއެމުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ޔާމީންގެ ގެކޮޅަށް ވެއްދެވި ކަމަށް "އިއުތިރާފްވެވަޑައިގަތުމަކީ" ކަމާ ގުޅުން ހުރި މުއައްސަސާތަކުން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.

އެހެންވެ ޕާޓީތަކުން އެދިފައި ވަނީ އިންސާފުވެރިކަމާ އެކު އެ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ކަންކަން ބަލައިދޭން އެދި މީގެ ކުރިން ވެސް އިދިކޮޅު ޕާޓީތަކުން ފުލުހުންނާއި އޭސީސީ އަށް މައްސަލަ ހުށަހެޅި އެވެ. ރައީސް ޔާމީން އަމިއްލަފުޅަށް އެއްބަސްވެވަޑައިގަތުމުގެ ކުރިން ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ބަލައިދޭން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުން އެކަން ނުބަލައި ދިގު ދަންމަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވުމުގެ ކެމްޕޭނަށް "ރުމާލު 2"ގެ ނަމުގައި ޖަގަހައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ހަމައެކަނި ވަން ކަމަށް އަލްޖަޒީރާގެ ޑޮކިއުމެންޓްރީން ވެސް ދެއްކީ، އެމަނިކުފާނުގެ ގެކޮޅު ދޫވައްސަށް ކަމަށެވެ. އެއީ ހަލާލު ފައިސާއެއް ނޫން ކަމަށާއި އޭގެ އިތުރުން މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުން ހޮވަން ވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެ ފައިސާ ބޭނުންކުރެއްވި ކަމަށް ވިދާޅުވި އެވެ.