އެމެރިކާގައި ދެވަނަ އަށް އެންމެ މަގްބޫލު މަންޒިލަކަށް ރާއްޖެ ވެއްޖެ އެވެ.
03 ޑިސެމްބަރ 2021
އެމެރިކާގައި ދެވަނަ އަށް އެންމެ މަގްބޫލު މަންޒިލަކަށް ރާއްޖެ ވެއްޖެ އެވެ.
އެމެރިކާގެ ޓްރެވަލް ވެބްސައިޓް "ޕާކްސްލީޕްފްލައި" އިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުން މިދިޔަ ހަ މަސް ދުވަހު އެމެރިކާގައި ރާއްޖެއާ ގުޅޭ މައުލޫމާތު ފަސް ލައްކައާ ގާތްކުރާ އަދަދަކަށް ގޫގުލް ސާޗްކޮށްފައިވެ އެވެ. ރާއްޖެއަކީ މިދިޔަ ދެ އަހަރު ތެރޭ އެމެރިކާގައި އެންމެ ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ އެއް ގައުމެވެ.
މިދިޔަ ދެ އަހަރު އެ ގައުމުގައި ރާއްޖެއާ ގުޅޭ ގޮތުން ގޫގުލް މެދުވެރިކޮށް މައުލޫމާތު ހޯދާ މިންވަރު ވަނީ 72 ޕަސެންޓް އިތުރުވެފަ އެވެ.
އެމެރިކާގެ އެންމެ މަގްބޫލް މަންޒިލަކީ ޕޯޓޯ ރީކޯ އެވެ. މިދިޔަ ހަ މަހު ޕޯޓޯ ރީކޯއާ ގުޅޭ ގޮތުން 1.1 މިލިއަން ފަހަރު ގޫގުލް ސާޗްކޮޮށްފައިވެ އެވެ.
މިއަހަރު ކުރީ ކޮޅު އޮންލައިން މާކެޓިން އޭޖެންސީއެއް ކަމަށްވާ "ކޯލާ" އިން ހެދި ސާވޭއިން ދައްކާ ގޮތުގައި އެމެރިކާގެ ދަށުގައި އޮންނަ ޕޯޓޯ ރީކޯ އާއި އެމެރިކާގެ އަވަށްޓެރި މެކްސިކޯ ނަގާފައި ތިން ވަނައަށް އެންމެ ގިނައިން އެމެރިކާ މީހުން ގޫގުލް ސާޗްކޮށްފައި ވަނީ ރާއްޖެ އެވެ.
މިދިޔަ އަހަރު ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ރާއްޖެ އޮތް އިރު ވެސް އެމެރިކާ އިން 19،000 ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަ އެވެ. މިއަހަރުގެ މިހާތަނަށް އެމެރިކާއިން 50،000 ވުރެ ޓޫރިސްޓުން އައިސްފައިވެ އެވެ. އެމެރިކާ ހިމެނެނީ ކޮވިޑަށް ފަހު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މަންޒިލްގެ ގޮތުގަ އެވެ.
ކޮވިޑް-19: ޓޫރިސްޓެއްގެ ތައުރީފު ރާއްޖެ އަށް
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ
90،000 ޓޫރިސްޓުން، 70 ޕަސެންޓު ރިސޯޓުތަކަށް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް