Roadha Mihaaru
އިންތިޚާބުން ބަލިވިޔަސް ގެމްބިއާގެ ރައީސް ނަތީޖާ ގަބޫލެއް ނުކުރި

އިންތިޚާބުން ބަލިވިޔަސް ގެމްބިއާގެ ރައީސް ނަތީޖާ ގަބޫލް ކުރަން ދެކޮޅު

11 ޑިސެމްބަރ 2016

ބަންޖުލް (ޑިސެމްބަރު 11) - ގެމްބިއާގައި މި މަހު 1 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ޔަހުޔާ ޖައްމާހު ނާކާމިޔާބުވުމާ އެކު އެންމެ ފުރަތަމަ ވަނީ ބަލި ގަބޫލް ކުރައްވައިފަ އެވެ. ނަމަވެސް ހަފުތާއެއް ފަހުން މިވަނީ ޔަހުޔާގެ ޚިޔާލު ބަދަލުވެފަ އެވެ. ހުޅަނގު އެފްރިކާގެ ކުޑަ ގައުމެއް ކަމަށްވާ ގެމްބިއާގައި 22 އަހަރު ވެރިކަން ކުރެއްވި ޔަހުޔާ މިހާރު ވިދާޅުވަނީ ނަތީޖާ ގަބޫލް ނުކުރައްވާނެ ކަމަށާއި އަލުން ވޯޓުލުން ބާއްވަން ޖެހޭނެ ކަމަށެވެ.

ހަސަން އާމިރު ހަސަން އާމިރު

ޑިސެމްބަރު 1 ވަނަ ދުވަހުގެ އިންތިޚާބުގައި އިދިކޮޅު ލީޑަރު އަދަމާ ބަރޯ ވަނީ 222،708 ވޯޓު (43.34 ޕަސެންޓް) ހޯއްދަވައިފަ އެވެ. ރައީސް ޔަހުޔާ އަށް ލިބިވަޑައިގެންނެވީ 208،487 ވޯޓު (39.60 ޕަސެންޓް) އެވެ.

އަސްކަރީ އިންގިލާބެއްގައި 1994 ވަނަ އަހަރު ވެރިކަން ހޯއްދެވި ޔަހުޔާ ޑިސެމްބަރު 2 ވަނަ ދުވަހު ގައުމީ ޓީވީގައި ވަނީ އިންތިޚާބުން ބަލިވިކަންް އިއުލާން ކުރައްވާ އިދިކޮޅު ލީޑަރު ބަރޯގެ ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން ދެއްވި ބަޔާނެއްގައި ޔަހުޔާ ވަނީ ނަތީޖާ ގަބޫލް ނުކުރައްވާނެ ކަމަށާއި އިންތިޚާބު ވެސް ބާތިލް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިނިވަން އިލެކްޝަން ކޮމިޝަނެއްގެ ބެލުމުގެ ދަށުން ބޭރުގެ ނުފޫޒެއް ނެތި ގެމްބިއާގެ ކޮންމެ ރައްޔިތަކަށް ވޯޓުލުމުގެ ފުރުސަތު ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

ގެމްބިއާގެ އިދިކޮޅު ކެންޑިޑޭޓް ބަރޯ އިންތިޚާބުގެ ކާމިޔާބީގެ އުފާ ފާޅުކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ގެމްބިއާގެ އިދިކޮޅު ކެންޑިޑޭޓް ބަރޯ އިންތިޚާބުގެ ކާމިޔާބީގެ އުފާ ފާޅުކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ބަރޯ ވަނީ އިންތިޚާބުގެ ނަތީޖާ ރައީސް ޔަހުޔާ ގަބޫލް ކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ ނިންމުން ގަބޫލް ކުރުމަށް އޭނާ ވަނީ ޔަހުޔާ އަށް ގޮވާލައްވައިފަ އެވެ. ރައްޔިތުން ކެތްތެރިވެ ތިބުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އިންތިޚާބުން ބަލިވުމާ އެކު އެއްވެސް ޝަރުތެއް ނެތި ވެރިކަން ހަވާލު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ޔަހުޔާ އަށް ގޮވާލައިފަ އެވެ. އެފްރިކަން ޔޫނިއަން އިން ވެސް ވަނީ ވެރިކަން ހަވާލު ކުރުމަށް ޔަހުޔާ އަށް ގޮވާލައިފަ އެވެ.

އާ އިންތިޚާބެއް ބާއްވަން ގޮވާލުމުން އެމެރިކާ އިން ވަނީ ޔަހުޔާ އަށް ފާޑު ކިޔައިފަ އެވެ. އަދި އިންތިޚާބުގެ ސައްހަކަމާ މެދު ޝައްކު އުފައްދާ ގާނޫނާ ޚިލާފަށް ވެރިކަމުގައި އިތުރަށް ދެމިހުރުން ބަލައި ނުގަނެވޭނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. އިންތިޚާބުގެ ނަތީޖާ ޔަހުޔާ ގަބޫލް ނުކުރުމުން ކަންބޮޑުވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ބުނެފަ އެވެ.