Roadha Mihaaru
އޮޕޯގެ ފޯނެއްގައި ކެމެރާއެއް ތަފާތު ގޮތަކަށް

އޮޕޯގެ ފޯނެއްގައި ކެމެރާއެއް ތަފާތު ގޮތަކަށް

09 ޑިސެމްބަރ 2021

ފޯނު އުފައްދާ ކުންފުނިތަކުން އަބަދު ވެސް އަލަށް ނެރޭ އުފެއްދުންތަކުން ކޮންމެވެސް ތަފާތެއް ގެނުވައިދޭން މަސައްކަތް ކުރެ އެވެ. އެގޮތުން މި ފަހަރު ޗައިނާގެ ކުންފުނި އޮޕޯ އިން މި ދައްކައިލީ ފޯނުގެ ފަހަތުގެ ކެމެރާތަކުގެ ތެރެއިން ކެމެރާއެއް ތަފާތު ގޮތަކަށް ހިމަނާފައިވާ ފޯނެކެވެ. މިއީ އާންމުކޮށް މި ގެންގުޅޭ ޑިޖިޓަލް ކެމެރާތަކުން ޒޫމްކުރާ އިރު ލެންސްގެ ބޮޑީ، ބޭރަށް ނުކުމެ އެތެރެއަށް ދާ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާއެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެހެންވެ އޮޕޯގެ މި "ރިޓްރެކްޓަބަލް" ކެމެރާ އަކީ ސްމާޓްފޯނުތަކާ ތަންކޮޅެއް ބީރައްޓެހި ޑިޒައިނަކަށް ވެދާނެ އެވެ. އެކަމަކު ކުންފުނިން ބުނަނީ މިއީ ބޮލަށް "ތުރާވާ" ކަހަލަ އެއްޗަކަށް ނުވާނެ ކަމަށެވެ. އަނެއްކޮޅުން ފަހުވެރިކަމާ އެކު އޮޕޯ އިން ބުނަނީ މިއީ ސީދާ އެ މީހުންގެ އަމިއްލަ އުފެއްދުމެއް ކަމަށެވެ. ތަފާތުކޮށް ހިމަނާފައިވާ އިރި ކެމެރާއާ ދިމާގައި ފޯނުގެ "ޓިޕިކަލް" އިތުރު ދެ ކެމެރާ ވެސް ހިމަނާފައިވެ އެވެ.

މި ކެމެރާގެ ހާއްސަ ކަމަކީ ނުކުމެ/ވަންނަ ގޮތަށް އިނަސް ވެއްޓުނަސް އަދި ފެން ޖެހުނަސް ގެއްލުމެއް ނުވުމެވެ. މިސާލަށް ކެމެރާ ބޭނުން ކުރަނިކޮށް ފޯނު ވެއްޓޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކެމެރާ އަމިއްލަ އަށް އެތެރެ އަށް ދެމިގެންނާނެ އެވެ.

މި ފޯނާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދިއެއް ނެތެވެ. އެކަމަކު މި މަހުގެ 14 އާއި 15 ގައި އޮޕޯ އިން ބާއްވާ "އިނޮ ޑޭ" ގައި ކުންފުނީގެ އާ އުފެއްދުންތަކެއް ދައްކައިލާ އިރު، އާ ފޯނާ ބެހޭ ގިނަ މައުލޫމާތުތަކެއް ހާމަ ކުރާނެ އެވެ.