Roadha Mihaaru
ކަވަރުގެ ކުލަ ބަދަލުކޮށްލެވޭ ފޯނެއް ވީވޯ އިން ހަދަނީ

ކަވަރުގެ ކުލަ ބަދަލުކޮށްލެވޭ ފޯނެއް ވީވޯ އިން ހަދަނީ

06 ސެޕްޓެމްބަރ 2020

ކޮންމެ އާ ސްމާޓް ފޯނަކީ ކޮންމެވެސް ބަދަލަކާ އެކު ނެރޭ އެއްޗެކެވެ. މިކަމުގައި ފޯނު ނެރޭ ކުންފުނިތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ވެސް ބޮޑެވެ. ޗައިނާގެ ވީވޯ އިން މިހާރު އަންނަނީ އެ ކުންފުނީގެ ފޯނަށް އާ ބަދަލެއް ގެންނަން ތައްޔާރުވަމުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮންމެ އާ ސްމާޓް ފޯނަކީ ކޮންމެވެސް ބަދަލަކާ އެކު ނެރޭ އެއްޗެކެވެ. މިކަމުގައި ފޯނު ނެރޭ ކުންފުނިތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ވެސް ބޮޑެވެ. ޗައިނާގެ ވީވޯ އިން މިހާރު އަންނަނީ އެ ކުންފުނީގެ ފޯނަށް އާ ބަދަލެއް ގެންނަން ތައްޔާރުވަމުންނެވެ.

މިކަމާ ބެހޭ ގޮތުން މީޑިއާތަކުގައި ވެސް ބައެއް ވާހަކަތައް ދެކެވެމުން އަންނަ އިރު، އެ ބުނާ ބަދަލެއް ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. އޭގައި ފެންނަނީ ފޯނުގެ ފަހަތު ކަވަރު އެކި ކުލަ އަށް ބަދަލުވާ ތަނެވެ. މިއީ ފޯނުގެ ބަޓަނަކަށް ފިތައިލުމުން ވާ ކަމެކެވެ.

މި ވާހަކަ މީޑިއާތަކަށް ތިލަވުމާ އެކު ވީވޯ އިން ވަނީ ކަވަރުގެ ކުލަ ބަދަލުވާ ގޮތަށް އެންޑްރޮއިޑް ފޯނެއް ނެރެން އުޅޭކަން ކަށަވަރު ކޮށްދީފަ އެވެ. އެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ފޯނު ނެރޭނެ އިރަކާއި އޭގެ ނަމާއި އިތުރު އެއްވެސް ތަފުސީލެއް އަދި ހިއްސާއެއްނުކުރެ އެވެ.

މީޑިއާތަކުން ވަނީ މާ ލަސްތަކެއް ނުވެ މި ފޯނާ ބެހޭ މައުލޫމާތު ވީވޯ އިން ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކުލަ ބަދަލުވާ ގޮތަށް ވީވޯ އިން ފޯނެއް ހަދަނީ އިލެކްޓްރޮކްރޯމިކް ގްލާސް ބޭނުންކޮށްގެންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މި ފޯނު ވައްތަރީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ކުންފުނިން ނެރުނު އެކްސް ވީވޯ އެކްސް50އާ އެވެ.