10 ޑިސެމްބަރ 2021
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާ ބަޔަކު ގެނައި ކަމުގައި ވިޔަސް ނަތީޖާ ނެރެވޭނީ މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ނިޒާމުގެ ތެރެއިން ދީގެން ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ މިރޭ ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާ ބަޔަކު ގެނައި ކަމުގައި ވިޔަސް ނަތީޖާ ނެރެވޭނީ މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ނިޒާމުގެ ތެރެއިން ދީގެން ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ މިރޭ ވިދާޅުވެއްޖެ އެވެ.
އޭސީސީގެ ޕާފޯމަންސް އޮޑިޓަކަށް ފަހު، މިހާރު ތިބި އެ ކޮމިޝަންގެ ހުރިހާ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މިއަދު ފާސްކޮށްފައި ވަނިކޮށް ޝިއުނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާގަ އެވެ.
ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތާ ބެހޭ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އިފްތިތާހުކި މި ޖަލްސާގައި ޝިއުނާ ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުގެ މިނިވަންކަމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ޖާގަ ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އާއި އެހެން ބައެއް މެންބަރުން -- ފޮޓޯ: އޭސީސީ
ކޮމިޝަންގެ މެންބަރުންނަކީ ވަގުތީ ބައެއް ކަމަށާއި އެކަމަކު ކޮމިޝަނަކީ ދެމިގެންދާ ތަނަކަށް ވުމުން އެތަން މިނިވަންކޮށް ބޭއްވުމުގެ މުހިންމު ކަމަށް އޭނާ އިޝާރާތްކުރެއްވި އެވެ.
އެހެންވީމާ އަޅުގަނޑު ހަމަ މި މަގާމުގައި ނެތަސް، އަދި އެހެން ބަޔަކު މި މަގާމަށް މާދަމާ އަޔަސް، އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތްކުރާނެ ޖާގަ ލިބި ވަސީލަތްތައް ލިބި އަދި ނިޒާމީ ބަދަލުތަކެއް އައިސްގެން: ޝިއުނާ
އޭސީސީގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން އަދި ވީ ދެ އަހަރާ ބައިކަން ފާހަގަކުރައްވައި ޝިއުނާ ވިދާޅުވީ އޭނާ އަބަދުވެސް އެ މަގާމުގައި މަސައްކަތްކުރެއްވީ މާދަމާ ވެސް ވަކިވެދާންޖެހިދާނެ ކަމަށް ބައްލަވައިގެން ކަމަށެވެ.
"....އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންޖެސްތަކާ އެކީގައި. އަޅުގަނޑު ބުނަން ބޭނުންވާ ވާހަކަ އަކީ އަޅުގަނޑުމެންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖާގަ ދޭންޖެހެއޭ،" ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ ނިޒާމީ ބަދަލުތަކެއް ގެނެސް މިނިވަންކަމާ އެކު މަސައްކަތް ކުރާނެ ފުރުސަތު ލިބިގެންނެވެ.
އެންޓި ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ
"...އެހެންވީމާ އަޅުގަނޑު ހަމަ މި މަގާމުގައި ނެތަސް، އަދި އެހެން ބަޔަކު މި މަގާމަށް މާދަމާ އަޔަސް، އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތްކުރާނެ ޖާގަ ލިބި ވަސީލަތްތައް ލިބި އަދި ނިޒާމީ ބަދަލުތަކެއް އައިސްގެން ނޫނީ އަޅުގަނޑުމެން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ،" ޝިއުނާ ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓަށް ފަހު ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާ އެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ. އޭގެ ކުރިން ވެސް އެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް މަޖިލީހުގެ މެމްބަރުން ދެއްވި އެވެ.
އޮޑިޓުގައި ވަނީ އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަނުގެ ބާރު ވެސް ބޭނުން ނުކުރާ ކަން ފާހަގަކޮށްފަ އެވެ. ބައެއް މައްސަލަތައް ތިން އަހަރުވެފައިވާ އިރު އެ އަދަދު 300 އަށް އަރާ ކަމަށް އޮޑިޓުގައި ބުންޏެވެ.
ވެންޓިލޭޓަރު މައްސަލަ މި މަހު ނިންމާނަން: އޭސީސީ
"ގެއްލުނު ފައިސާއާ މެދު މިއީ ވިސްނަން ޖެހޭ ހާލަތެއް"
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
ތެލުގެ މައްސަލާގައި 66 ފޮށީގެ ލިއުން ލިބުނު: އޭސީސީ
އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރެއް!
އޭސީސީގެ ރައީސްގެ ވާހަކަތަކުގައި ހަގީގަތެއް ނެތް:ސަމީރު
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާ ބިލް ކޮމެޓީއަށް
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް
އީސީ އާއި އޭސީސީގެ ރައީސް ކަނޑައަޅާ ގޮތް ބަދަލުކުރަނީ
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ