21 އޮކްޓޯބަރ 2019
ސްޓޭޓް މިނިސްޓަރަކު ހާޒިރުކުރަން އުޅުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ގުޅުއްވައި ނުރުހުން ފާޅުކުރެއްވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާމިނަތު ޝިއުނާ ވިދާޅުވުމުން ސަމީރު އެ ވާހަކަ އަށް ރައްދު ދެއްވައިފި އެވެ.
ސްޓޭޓް މިނިސްޓަރަކު ހާޒިރުކުރަން އުޅުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ގުޅުއްވައި ނުރުހުން ފާޅުކުރެއްވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާމިނަތު ޝިއުނާ ވިދާޅުވުމުން ސަމީރު އެ ވާހަކަ އަށް ރައްދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މައުލޫމާތު ދެއްވަމުން ޝިއުނާ ދެއްކެވި ވާހަކައާ ގުޅިގެން މިއަދު ކުރެއްވި ދިގު ޓްވީޓެއްގައި ސަމީރު ވިދާޅުވީ "އޭސީސީގެ ރައީސްގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް" ކަމަށެވެ. އެހެން ނަމަވެސް ސްޓޭޓް މިނިސްޓަރު ހާޒިރުކުރަން އެންގުމާ ގުޅިގެން ޝިއުނާއާ ފޯނުން ވާހަކަ ދެއްކެވިކަން ސަމީރު ދޮގެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ގުޅުއްވީ ސްޓޭޓް މިނިސްޓަރަކަށް ލޭންޑް ލައިނަކުން ގުޅާފައި އަމިއްލަ ހައިސިއްޔަތުން ވަކީލަކާ އެކު ހާޒިރުވާން އެންގީމާ ސްޓޭޓް މިނިސްޓަރު އެކަމާ ކަންބޮޑުވުމުން ކަމަށެވެ. ސްޓޭޓް މިނިސްޓަރު އަމިއްލަ ހައިސިއްޔަތުން ހާޒިރުވާން ބުނުމުން އެކަން ރައީސް އޮފީހުގެ ސަމާލުކަމަށް ގެންނަން ސަމީރު އަރިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް ވެސް ޓްވީޓްގައި ސަމީރު ވިދާޅުވި އެވެ.
"އޭސީސީގެ ރައީސްގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. އަޅުގަނޑު ގުޅީ ސްޓޭޓް މިނިސްޓަރަކަށް ލޭންޑް ލައިނަކުން ގުޅާފައި އަމިިއްލަ ހައިސިއްޔަތުން ވަކީލަކާ އެކު ހާޒިރުވާން ބުނުމުން ސްޓޭޓް މިނިސްޓަރު ކަންބޮޑުވުމުން، މަޖިލިސްް ނައިބު ރައީސް، ރައީސް އޮފީސް ސަމާލުކަމަށް ގެންނަން ދެންނެވުމުން އެކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވުމުގެ ނިޔަތުގައި،" ޓްވީޓްގައި ސަމީރު ވިދާޅުވި އެވެ.
Acc ge raees ge evaahaka thakuga ehves hageegatheh neiy.
— Ahmed Sameer (@meeraazu) October 21, 2019
Alhugandu gulhee state minister akah land line akun gulhaafa amihla haisiyyathun vakeelakaa ekuga haaziruvaan bunumun ekamaa state minister kanboduvumun , majlis Naaibu raess, ekan raees office samaalkamah gennan 1/1
ސަމީރުގެ ޓްވީޓް
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީގައި ޝިއުނާ މިއަދު ވިދާޅުވީ ސަމީރު ގުޅުއްވީ ސަމީރާ ގުޅުމެއް ނެތް ކަމެއްގައި ކަމަށާއި އޭނާ މަސައްކަތް ކުރެއްވީ ވަކި ގޮތަކަށް ކަމެއް ކުރުވަންކަން ވާހަކަ ދެއްކެވި ގޮތުން އެނގި ވަޑައިގެންނެވި ކަމަށެވެ.
"ރައީސް އޮފީހުގެ މިނިސްޓަރަކު އެބޭފުޅާއާ ގުޅުން ނެތް ކަމެއްގައި އަޅުގަނޑަށް ގުޅާފައި ވާހަކަ ދެއްކެވި ގޮތުން އަޅުގަނޑަށް އެ ވަގުތު މާނަ ކުރެވުނު އަސްލުގައި އެ ވާހަކަ ދެއްކެވެނީ އަަޅުގަނޑު ލައްވައި ވަކި ގޮތަކަށް ކަމެއް ކުރަން ކަން. އެއީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އަޅުގަނޑު ނަން ވެސް ބުނެލާނަން،" ޝިއުނާ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ހާޒިރުކުރުމާ ގުޅިގެން މަޖިލީހުގެ ކޮމިޓި އަށް ވެސް ހާޒިރު ކުރުވަފާނެ ކަމަށް ސަމީރުއާ ހަވާލާ ދެއްވައި ޝިއުނާ ވިދާޅުވި އެވެ. ސްޓޭޓް މިނިސްޓަރު ހާޒިރުކުރާ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އަންގަވާނެ ކަމަށާއި އީވާ އަށް އެންގުމުން ކޮމިޓީ އަށް ހާޒިރުކުރާނެ ކަމަށް ސަމީރު ވިދާޅުވި ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.
Acc ah efadha nufoozeh foaruvan masahkaiy hurikamah vaanama e mahsala bahlavaa fiyavalhu alhuhavan ves ilthimaas kuran . Acc siyaasi gothun meesmeehunge aburu kathilumah kankan kurehvumuge niyathugai masahkaiy nukurahvaane kamah ummeedhu kuran
— Ahmed Sameer (@meeraazu) October 21, 2019
ސަމީރުގެ ޓްވީޓްގައި ވިދާޅުވީ އޭނާ އޭސީސީއަށް ނުފޫޒު ފޯރުވަން މަަސައްކަތްކުރެއްވި ކަމަށްވާ ނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އިލްތިމާސް ކުރައްވާ ކަމަށެވެ. ސިޔާސީ ގޮތުން މީހުންގެ އަބުރު ކަތިލަން އޭސީސީން މަސައްކަތް ނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީސީ އަށް އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތް ކުރިކަމަށް ވާނަމަ އެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވަން އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.
އޭސީސީން ސުވާލުކުރާތީ މިނިސްޓަރު ސަމީރު ޝަކުވާކުރެއްވި
ޒަރިޔަންދުގެ "ހައްގު ގެއްލުވާލި" މައްސަލަ ހުށަހަޅައިފި
އޭސީސީ އަށް އައްޔަންކުރާ ނަންތައް މަޖިލީހަށް ފޮނުވައިފި
ނަތީޖާ ނެރެވޭނީ މިނިވަންކަން ދީގެން: އޭސީސީގެ ރައީސް
ވެންޓިލޭޓަރު މައްސަލަ މި މަހު ނިންމާނަން: އޭސީސީ
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
ތެލުގެ މައްސަލާގައި 66 ފޮށީގެ ލިއުން ލިބުނު: އޭސީސީ
އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރެއް!
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާ ބިލް ކޮމެޓީއަށް
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް