މާލޭގައި ސިފައިންގެ މީހަކު ރަހީނުކުރި މީހުން، އެ މީހާގެ އަތުން ފައިސާ ނަގަން ތަކުރާރުކޮށް އޭޓީއެމްތަކަށް ގެންދިޔަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް އެއީ ދޮގެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
09 ޑިސެމްބަރ 2021
މާލޭގައި ސިފައިންގެ މީހަކު ރަހީނުކުރި މީހުން، އެ މީހާގެ އަތުން ފައިސާ ނަގަން ތަކުރާރުކޮށް އޭޓީއެމްތަކަށް ގެންދިޔަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް އެއީ ދޮގެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ސިފައިންގެ މީހާ ތަކުރާރުކޮށް އޭޓީއެމްތަކަށް ގެންގޮސްގެން ފައިސާ ނެގި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ކޯޓުން ލިބުނު މައުލޫމާތު ތަކަކާ ހަވާލާދީ ކަމަށެވެ. އެހެން ނަމަވެސް ކޯޓާ ހަވާލާދީފައިވާ އެ މައުލޫމާތަކީ ސިފައިންގެ މީހާއާ ގުޅޭ މައުލޫމާތު ނޫން ކަމަށް ޝިފާން ވިދާޅުވި އެވެ.
"ނޫހެއްގައި މިހާރުވެސް ލިޔެވިފައި އެބަ އޮތް ކަންނޭނގެ، ސިފައިންގެ މީހާގެ ނަން ބޭނުންކުރުމަށް ފަހު، އޭނާ ގޮވައިގެން އޭޓީއެމްތަކަށް ދިޔަ ކަމަށް. އެކަމަކު އެ މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ރަހީނުކޮށްގެން މީހުން އަތުން ފައިސާ ފޭރުމުގެ ޖުމްލަ ފަސް މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަމަކު އެ މައްސަލަތަކުގައި ގެއްލުން ލިބުނު މީހުންގެ ތަފްސީލު ހާމަކުރެއްވެން ނެތް ކަމަށެވެެ. އެއީ އެނާ ވިދާޅުވި ގޮތުގައި ތަހުގީގު އަދިވެސް ކުރިއަށް ދާއިރު، އެފަދަ މައުލޫމާތު ހާާމަ ކުރުމުން ތަހުގީގަށް ހުރަސް އެޅޭނެތީ އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފު ވިދާޅުވީ ރަހީނުކޮށްގެން ފައިސާ އަތުލުމުގެ ގިނަ މައްސަަލަތަކެއް ފުލުހުންނަށް އަދިވެސް ރިޕޯޓް ނުކޮށް ވާނެ ކަމަށާއި ބައެއް މައްސަލަތައް ރިޕޯޓްކޮށްފައި ހުރީ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ފަހުން ކަމަށެވެ. އެފަދަ އެއް މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ހާދިސާ ހިނގިތާ ފަސްދުވަސް ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައަށް ބަލައިލާ އިރު ވެސް، އޭނާއަށް ތަފާތު އެކި ފަހަރު މަތިން އޭނާ އަތުން ފައިސާ ހޯދުމަށް ބްލެކްމެއިލްކޮށް، އުނދަގޫތަކެއް އޭނާއަަށް ވާތީވެ، ފުލުހުންނަށް މައްސަލަ ހުށަހަޅާފައި މިވަނީ،" ލަތީފު ވިދާޅުވި އެވެ.
ސިފައިންގެ މީހާ ރަހީނުކޮށް އަނިޔާކުރި މައްސަލައިގެ ތުހުމަތަށް ފުލުހުން ވަނީ މިދިޔަ އަންގާރަދުވަހު ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓުގެ މަގާމުގައި ހުރި ހަސަން ފަހީމް ނަމަކަށް ކިޔާ އެމީހާއަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން އެ ދުވަހު ބުނި ގޮތުގައި ހައްޔަރު ކުރީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ.
މީހެއްގެ އިނގިލި ބުރިކުރި މައްސަލާގައި ދެ ސިފައިން
އަންހެނަކު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް
މީހަކު ރަހީނުކޮށް، ބަރަހަނާކުރި 2 މީހަކު ހައްޔަރު
ރަހީނުކުރި ބަންގުލަދޭޝް މީހަކު ސަލާމަތްކޮށްފި
އެއާޕޯޓުން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު ސިފައިންގެ މީހަކު ވެސް ހައްޔަރުކޮށްފި
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި