ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލައެއްގައި ސިފައިންގެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލައެއްގައި ސިފައިންގެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ ނ. ވެލިދޫ ގަސްކަރަ، މުހައްމަދު އައިހަމް ކަމަށެވެ. އުމުރުން 23 އަހަރުގެ އައިހަމް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި ނަމަވެސް ޑިއުޓީ ފްރީ އިން ވަގަށް ސިނގިރޭޓް ބޭރުކުރަން އޭނާ އުޅުނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އެވެ.
އައިހަމްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކޮގެން ތަހުގީގު ކުރުމުގެ އަމުރެއް ވަނީ ދީފައި ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އައިހަމް ޑިއުޓީ އަދާކުރަނީ އިންޓަނޭޝަނަލް ވެލާނާ އެއާޕޯޓުގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައެއްގައި ވެސް ފުލުހަކު ހިމެނޭހެން ދެ މީހަކު އިއްޔެ ރޭ ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އިއްޔެ އެ ދެ މީހުން ވެސް ދޫކޮށްލި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ފުލުހެއް ކަމަށްވާ ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު، 38 އާއި އެމްއޭސީއެލްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލް، 45 އެވެ.
ފުލުހުން ބުނީ، ފުލުސް މީހާ ކަމަށްވާ ޔޫސުފް ނަޒީރު މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ކަންކަން ބެލުމަށް ފުލުހުންގެ އެތެރޭގައި އުފައްދާފައިވާ ބޯޑުތަކުން ޔޫސުފް ނަޒީރުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުންޏެވެ.
އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު، އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއް ކަސްޓަމްސް އިން ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
"ސިނގިރެޓް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
އެއް މަސް ވީއިރު ވެސް ދިގަލި ވާހަކައެއް ނުދެއްކި!
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!