Roadha Mihaaru
ޓިކްޓޮކް ވެސް އޮންލައިން ވިޔަފާރި އަށް

ޓިކްޓޮކް ވެސް އޮންލައިން ވިޔަފާރި އަށް

11 ޑިސެމްބަރ 2021

އޮންލައިން ވިޔަފާރި އަކީ މިހާރު ވިޔަފާރީގެ މައި އެއް ޓްރެންޑެވެ. ކޮވިޑް-19 ގެ މި ބަލިމަޑުކަމާ އެކު ވެސް މިދިޔަ އަހަރު އެންމެ ފައިދާއެއް ހޯދި ބަޔަކީ އޮންލައިން ވިޔަފާރި ހިންގާ މީހުންނެވެ. މިއީ ކަސްޓަމަރުންނަށް ވަރަށް ފަސޭހަ ހިދުމަތަކަށް ވުމާ އެކު އޮންލައިން ވިޔަފާރީގެ ކުރިމަގު އޮތީ އުޖާލާކޮށެވެ. އެހެންވެ މިހާރު ސޯޝަލް މީޑިއާ ބައެއް ކުންފުނިތައް ވެސް އެ މީހުންގެ އެޕްތަކުން އޮންލައިންކޮށް ވިޔަފާރިކުރެވޭ ގޮތް ހަދަނުން އަންނަ އިރު، މަޝްހޫރު ޓިކްޓިކް ވެސް މިހާރު މިކަމުގެ ތެރެއަށް ވަދެފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަށް މިހާރު ކިޔައި އުޅެނީ "ސޯޝަލް ޝޮޕިން" އެވެ. މިއީ އޮންލައިންކޮށް ވިޔަފާރިކުރާ އިރު ލައިވްސްޓްރީމިންގެ ބޭނުން ވެސް ހިފާ ހިދުމަތެކެވެ. އެކަމަކު އަދި މިއީ ވަރަށް އާ ކަމަކަށް ވެސް ވުމާ އެކު، "ސޯޝަލް ޝޮޕިން" ގެ އުކުޅުތަކަށް ފަރިތަވާން ވެސް ދުވަސްކޮޅެއް ނަގާނެ އެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން ފުރަަޔަމަ އޮންލައިން ވިޔަފާރި އިވެންޓް ކުރިއަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު އެވެ. އެއަށް ފަހު މިހާރު ދެން އޮތީ މިކަމުގައި ކުރިއަށް ދިއުމެވެ.

މިކަމާ ބެހޭ ގޮތުން ޓިކްޓޮކްގެ ޔޫކޭ/އީޔޫ ޖެނެރަލް މެނޭޖަރު ރިޗް ވޯޓަވޯތު ވިދާޅުވި ގޮތުގައި މި ދަނޑިވަޅަކީ އީ-ކޮމާސްގެ ތެރެއަށް ވަންނަން އެންމެ މުނާސަބު ވަގުތަށް ވާނެ އެވެ.

ރިޗް.

ރިޗް.

"އަދި މިކަމަށް އަހަރެމެން ވަރަށް ބޮޑަށް އިންވެސްޓްކޮށް މިކަން ފުޅާ ވެސް ކުރާނަން." އޭނާ ވިދާޅުވި އެވެ.

ރިޗް ވިދާޅުވި ގޮތުގައި އަަމާޒަކީ އާންމުކޮށް އޮންލައިންކޮށް ގިނަ ބަޔަކު ގަންނަ މުދާތައް ޓިކްޓޮކް މެދުވެރިކޮށް ގަނެވޭނެ ގޮތް ހެދުމެވެ. އެގޮތުން ކުޅިވަރާއި މޭކަޕް ސާމާނާއި އަދި އެ ނޫން އެތައް ބާވަތެއްގެ މުދާ ޓިކްޓޮކް މެދުވެރިކޮށް ގަނެވޭނެ ގޮތްވުމަކީ ޓިކްޓޮކް ބޭނުންކުރާ މީހުންނަށް އެ އެޕްގެ ސަބަބުން ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.