ތިން މަހަށް ފަހު އަނެއްކާ ވެސް ޝެއިން އިން ރާއްޖެ އަށް ޝިޕިން ފްރީކޮށް ތަކެތި ގެނެވޭނެ ގޮތް ހަދައިފި އެވެ.
14 ނޮވެމްބަރ 2022
ތިން މަހަށް ފަހު އަނެއްކާ ވެސް ޝެއިން އިން ރާއްޖެ އަށް ޝިޕިން ފްރީކޮށް ތަކެތި ގެނެވޭނެ ގޮތް ހަދައިފި އެވެ.
ޗައިނާގެ ފާސްޓް ފެޝަން ބްރޭންޑް، ޝެއިން އިން ޝިޕިންގެ އަގު ނުނަގައި ތަކެތި ގަނެވެނީ 250 ޑޮލަރުން މަތީގެ ވިޔަފާރި ކުރާ ނަމަ އެވެ. މީގެ ކުރިން ޝެއިން އިން ރާއްޖެ އަށް މުދާ ގެންނައިރު ކުރިން އޮންނަނީ 200 ޑޮލަރަށް ވުރެ ގިނައިން ގަންނަ ނަމަ ހިލޭ ޝިޕްކޮށްދޭ ގޮތަށެވެ. އަދި ކޮވިޑްގެ ކުރިން 150 ޑޮލަރުން މަތީގެ ވިޔަފާރި ކުރާ ނަމަ ހިލޭ ޝިޕްކޮށްދޭ ގޮތަށް އޮތެވެ.
މިދިޔަ ތިން މަހު ޝެއިން އިން ވަނީ އެ އޮންލައިން މެދުވެރިކޮށް ގަންނަ ކޮންމެ އައިޓަމަކުން 30 ޑޮލަރު ޝިޕިން ފީގެ ގޮތުގައި ނަގަން ކަނޑައަޅައިފަ އެވެ. ނަމަވެސް މިހާރު ކުރިއެކޭ އެއްގޮތަށް ޝިޕިން ހިލޭ ލިބޭ ލިމިޓަށް ވުރެ ދަށުން ވިޔަފާރި ކުރާ ނަމަ ކޮންމެ އައިޓަމަކަށް 24 ޑޮލަރު ޗާޖު ކުރާނެ އެވެ.
ރާއްޖޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޝެއިން ބްރޭންޑުން މިދިޔަ އޮގަސްޓް މަހު ޝިޕިން ފީއެއް ނަގަން ފެށި ސަބަބެއް ނޭނގެ އެވެ.
ޝެއިން އިން ހިލޭ ޝިޕް ނުކުރެވޭ ގޮތް ހެދުމުން ރާއްޖޭގައި ވެސް ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެކަން ބަދަލުކުރުމަށް އެ ކުންފުނީގައި އެދިފަ އެވެ. އޭރު ޝެއިން އަށް އެ ގޮތަށް ރިކުއެސްޓް ކުރި ފަރާތްތަކަށް އެ މައްސަލަ ރިވިއު ކުރަމުން އަންނަ ކަމަށް ބުނެ ޖަވާބުދީފައި ވެ އެވެ.
ޝެއިން އިން އެ ވިޔަފާރި ފެށީ 2011 ވަނަ އަހަރު އެވެ. އެ ކުންފުނިން 2014 ވަނަ އަހަރު އޮންލައިން ވިޔަފާރި އަށް ވަދެ، ކުރު މުއްދަތެއްގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެވެ. އަގު ހެޔޮކޮށް، ގިނަ ބާވަތްތަކެއް ވިއްކަމުން އަންނަ ޝެއިން އިން މިހާރު 200 އަށް ވުރެ ގިނަ ގައުމަށް ވިޔަފާރި ވަނީ ފުޅާކޮށްފަ އެވެ. އެ ކުންފުނީގެ އާމްދަނީ މިހާރު އުޅެނީ 10 ބިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.
އަންނައުނާއި ރީތިވާ ސާމާނުން ފެށިގެން ބަދިގޭގައި ބޭނުންކުރާ އެކި ކަހަލަ ސާމާނުތައް ވެސް ޝެއިން އިން ލިބޭއިރު ގާތްގަނޑަކަށް ދެ ހަފުތާ ތެރޭގައި އޯޑަރުކުރާ ސާމާނު ރާއްޖެ އަށް ލިބެ އެވެ.
ޓިކްޓޮކް ވެސް އޮންލައިން ވިޔަފާރި އަށް
އަލީބާބާ އަށް ރެކޯޑް އަދަދެއްގެ ޖޫރިމަނާއެއް
ޓިކްޓޮކް ހުއްޓާލަން އެމެޒޯން އިން އެންގީ "އޮޅުމަކުން"
ކުކުޅު ފިހާރައިގެ އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް
ވަންކްލިކް: އެޕް ޝެއާކޮށްގެން ހިލޭ ވިޔަފާރިކޮށްލެވޭނެ
އެމެޒޯނުން ގަތް ބެޓެރިއެއް ގޮވި މައްސަލައެއްގައި ދައުވާ
ކޮތަރެއް 1.4 މިލިއަން ޑޮލަރަށް ވިއްކާލައިފި
އަލީބާބާއިން އެއް ދުވަހުން 25 ބިލިއަން ޑޮލަރު
އެމޭޒަނުން ސޭޓު ނެތް ފިހާރަތައް ހުޅުވަނީ
ވީގޫރްގެ ބަޔަކު ތައިލެންޑުން ޗައިނާއާ ހަވާލުކޮށްފި