13 މާޗް 2021
ޕާކިސްތާނުން އަނެއްކާ ވެސް ޓިކްޓޮކް މަނާކޮށްފި އެވެ.
ޕާކިސްތާނުން އަނެއްކާ ވެސް ޓިކްޓޮކް މަނާކޮށްފި އެވެ.
ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ޕާކިސްތާނުން ފުރަތަމަ މަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ގަ އެވެ. އެކަމަކު އޭގެ 10 ދުވަހުން ފަހުން އަލުން ހުއްދަ ދީފައިވެ އެވެ. ޕާކިސްތާނުން ޓިކްޓޮކް މަނާކުރީ އާންމު މިންގަނޑަށް ނުތެފޭ ކޮންޓެންޓްތައް އޭގައި ހުންނަކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ބޮޑުވުމާ ގުޅިގެންނެވެ.
އަހުލާގީ އަދި ސުލޫކީ މިންގަނޑަށް ނުފެތޭ ބޭއަދަބީ ކޮންޓެންޓް ޓިކްޓޮކްގައި ހުންނަ ކަަމަށް ބުނެ ޓިކްޓޮކް މަނާކުރުމަށް ފަހު، އަލުން ހުއްދަ ދިނީ އެ ކަންބޮޑުވުންތައް ޓިކްޓޮކުން ހައްލުކޮށް ދޭނެކަމުގެ ޔަގީންކަން ދިނުމެވެ.
ނަމަވެސް އަލުން ދެވަނަ ފަހަރަށް އެ ޕްލެޓްފޯމް ޕާކިސްތާނުގައި މަނާކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ޓިކްޓޮކްގެ ކޮންޓެންޓްތަކުގެ މައްސަލާގައި އެ ގައުމުގެ ސަރުކާރުން ފާޅުކުރި ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް އައިސްފައި ނުވާތީ ކަމަށް ޕާކިސްތާންގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ބުންޏެވެ. އެތަނުން ކުރި ޓްވީޓެއްގައި ބުނީ މި ފަހަރު ޓިކްޓޮކް މަނާކުރަން ނިންމީ އެއާ ގުޅޭ ގޮތުން ޕިޝާވަރު ހައި ކޯޓަށް ހުށަހެޅި މައްސަލައަކަށް ރިއާޔަތްކޮށް ކަމަށެވެ. ކޯޓުން ވަނީ ޕާކިސްޓާނުގައި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުން ޓިކްޓޮކް ބްލޮކްކުރުމަށް އަމުރުކޮށްފަ އެވެ.
In respectful compliance to the orders of the Peshawar High Court, PTA has issued directions to the service providers to immediately block access to the TikTok App. During the hearing of a case today, the PHC has ordered for the blocking of App.
— PTA (@PTAofficialpk) March 11, 2021
ކޯޓުން މި ފަހަރު ޓިކްޓޮކް ހުއްޓުވަން އަމުރުކުރީ ކުރިން ވެސް ދިމާވި ފަދަ މައްސަލަތަކާ ހެދި އެވެ. ޕިޝާވަރު ހައި ކޯޓްގެ ޗީފް ޖަސްޓިސް ގައިސަރު ރާޝިދު ޚާން ވިދާޅުވެފައި ވަނީ ޓިކްޓޮކުން ދަނީ "ބަރަހަނާ" ކަންކަން ޕްރޮމޯޓްކޮށް، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ކަމަށެވެ.
ދެވަނަ ފަހަރަށް ޕާކިސްތާނުގައި ޓިކްޓޮކް މަނާކުރި މައްސަލާގައި އެތަނުން ބައެއް މީޑިއާތަކަށް ބުނީ ޓިކްޓޮކަކީ އަބަދު ވެސް ކްރިއޭޓިވިޓީ އަށް ހިތްވަރުދޭ ޕްލެޓްފޯމެއް ކަމަށާއި ޕާކިސްތާނުގައި އެ އޮޕަރޭޓްކުރަނީ އެ ގައުމުގެ މުޖުތަމައާ ގުޅޭ ގޮތަށް ކަމަށެވެ.
"އަހަރެމެންގެ ޓީމެއް ވެސް ވަރަށް ގާތުން ޕާކިސްތާނުގެ މަސައްކަތްތައް މިހާރު ބަލާ. އަދި މިންގަނޑަށް ނުފެތޭ ކޮންޓެންޓްތައް ހުންނަ ކަމަށްވާ ނަމަ އެ އެއްޗެހި ނަގައި، ރިޕޯޓްކުރެވޭނެ މެކޭނިޒަމްތަކެއް ވެސް ހަމަޖެހިފައި މިހާރު ހުންނާނެ،" ޓިކްޓޮކުން ބުންޏެވެ.
ޕާކިސްތާނުގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 10 މިލިއަނަށް އަރަ އެވެ.
ޓިކްޓޮކް ވެސް އޮންލައިން ވިޔަފާރި އަށް
ޓިކްޓޮކަށް ޕާކިސްތާނުން އަލުން ހުއްދަ
ޓިކްޓޮކަށް ޕާކިސްތާނުން އަލުން ހުއްދަ ދީފި
ޕާކިސްތާނުން ވެސް ޓިކްޓޮކް މަނާކޮށްފި
ބެލެނިވެރިންނަށް ޓިކްޓޮކް ކޮންޓްރޯލްކުރެވޭ ގޮތް ހަދައިފި
ކަރާޗީ އެއާޕޯޓު ކައިރިން ތެޔޮ ބައުޒަރެއް ގޮއްވާލައިފި
ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ
ޗައިނާއިން ޕާކިސްތާނުގަ ނިއުކްލިއާ އިންޖީނުގެއެއް ހަދަނީ
އަފްޣާން ޚާރިޖީ ވަޒީރު ޕާކިސްތާނަށް
ޕާކިސްތާނު ލަވައެއްކީ ނެދަލެންޑްސް މީހަކު މަޝްހޫރުވެއްޖެ