ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ "ޕެއިން އެންޑް ރިހެބިލިޓޭޓިވް" ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.
13 ޑިސެމްބަރ 2021
ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ "ޕެއިން އެންޑް ރިހެބިލިޓޭޓިވް" ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.
މި ހިދުމަތް ފޯރުކޮށްދޭނީ ޓްރީޓޮޕުގެ ރިހެބިލިޓޭޓިވް ސެންޓަރުގެ ދަށުން ނިއުޓްރިޝަން އަދި ޑައިޓެޓިކްސް އާއި އެނެސްތިއޮލޮޖީ ޑިޕާޓްމަންޓުންނެވެ.
އެ ހޮސްޕިޓަލުގެ ރިހެބިލިޓޭޓިވް ސެންޓަރުގައި އަނިޔާއަކަށް ނުވަތަ ބައްޔަކަށް ފަހު މީހާގެ ހަށިގަނޑު ވަރުގަދަކުރުމަށް އެހީވާ ހާއްސަ ޓީމެއް އޮވެ އެވެ. އަދި ހޭނެއްތުމާއި ތަދު މެނޭޖުކުރުމުގެ ހިދުމަތްތަކަށް އެނެސްތިއޮލޮޖީ ޑިޕާޓްމަންޓް ހާއްސަ އެވެ. އަދި ނިއުޓްރިޝަން އާއި ޑައިޓެޓިކްސް ޑިޕާޓްމަންޓުން އެ މީހަކާ ގުޅޭ ޑައެޓަރީ އަދި ނިއުޓްރިޝަން ތެރަޕީގެ މައުލޫމާތާއި ހިދުމަތް ފޯރުކޮށްދޭނެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓަކީ ކެންސަރު ބައްޔަށް ހާއްސަ ޑިޕާޓްމަންޓެކެވެ. މި ޑިޕާޓްމަންޓުން ކެންސަރުގެ އެކި ބާވަތްތަކަށް ފަރުވާ ދިނުމާއި ބަލި ދެނެގަތުމުގެ ހިދުމަތް ފޯރުކޮށްދެ އެވެ. މި ޑިޕާޓްމަންޓުގައި، ކެންސަރު ޖެހިފައިވާ މީހުންނަށް ކްލިނިކަލް އެހީ ފޯރުކޮށްދޭ މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވެ އެވެ.
މި ޑިޕާޓްމަންޓުން ކީމޯ ތެރަޕީ އާއި ބްރެސްޓް ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާއި ލަންގު ކެންސަރާއި ހެޑް އެންޑް ނެކް ކެންސަރުގެ ފަރުވާ ދެ އެވެ.
ޓްރީޓޮޕަކީ ޒަމާނީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ރާއްޖެއަށް ތައާރަފުކުރަމުންނެވެ.
ސާވިކަލް ކެންސަރު: ރައްކާތެރިވެ, ނައްތާލެވިދާނެ ކެންސަރެއް
ކެންސަރު ބަލީގެ ހާއްސަ ޑރ. އަމްރު ޓްރީޓޮޕަށް
ޓްރީ ޓޮޕުން ކެންސަރަށް އަލުން ފަރުވާދޭން ފަށައިފި
ޓްރީޓޮޕްއިން "ވެލް މޭލް ޕެކޭޖް" އިން ޑިސްކައުންޓް
ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕްގެ ސިއްހީ މައުލޫމާތު
ހީނާ ވިދާޅުވީ ހަޖޫޖަހަނީ އިންސާނިއްޔަތުކަމެއް ނެތުމުން
ޓްރީ ޓޮޕުން ހިލޭ އެމްއާރުއައި ހެދޭ ކެމްޕެއިނެއް
ކެންސަރު ދުރާލައި ދެނެގަނެވޭނެ ގޮތް ފަހިވާންޖެހޭނެ
ރޯޑް ރޭހުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީޓޮޕްއިން
ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު