ކެންސަރު ބަލީގެ ހާއްސަ ޑރ. އަމްރު އަހުމަދު ޓްރީޓޮޕް ހޮސްޕިޓަލުގައި ހިދުމަތް ދޭން ފަށައިފި އެވެ.
03 ސެޕްޓެމްބަރ 2021
ކެންސަރު ބަލީގެ ހާއްސަ ޑރ. އަމްރު އަހުމަދު ޓްރީޓޮޕް ހޮސްޕިޓަލުގައި ހިދުމަތް ދޭން ފަށައިފި އެވެ.
އޭނާ އަކީ ސޮލިޑް ޓިއުމަރާއި ލިމްފޯމާސް އަށް ސްޕެޝަލް ކްލިނިކަލް އިންޓްރެސްޓު ހުންނަ ޑޮކްޓަރެކެވެ. ޑރ. އަމްރު ހާއްސަ ވެފައިވާ ދާއިރާތަކުގެ ތެރޭގައި ކެންސަރުގެ އެކި ހާލަތުތަކުގައި ފަރުވާ ދިނުމުގައި ރޭޑިއޯ ތެރަޕީ ދިނުން ހިމެނެ އެވެ. އޭނާއަކީ މި ދާއިރާއިން ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ އޮންކޮލޮޖީ ނުވަތަ ކެންސަރު ބައްޔާ ބެހޭ ޑިޕާންޓްމަންޓަކީ ކެންސަރުގެ އެކި ބާވަތްތަކުން ސަލާމަތްތެރިކަން ހޯދުމާއި ކެންސަރު ބަލި ދެނެގަނެ، އެ ބައްޔަށް ފަރުވާ ދޭ ޑިޕާޓްމަންޓެކެވެ. މި ޑިޕާޓްމަންޓުން ފަސޭހަކާމައެކު ރައްކާތެރިގޮތުގައި ކީމޯތެރަޕީގެ ހިދުމަތް ލިބޭނެ އެވެ.
ހުޅުމާލޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ އެ ހޮސްޕިޓަލުން ބުނިގޮތުގައި، ކެންސަރު ބައްޔާ ބެހޭ ޑިޕާޓްމަންޓުން އަބަދުވެސް މަސައްކަތް ކުރާނީ އެ ބަލި ޖެހިފައިވާ މީހުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށެވެ.
ޓްރީޓޮޕަކީ ރާއްޖޭގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތް ދެމުން އަންނަ އެއް ހޮސްޕިޓަލެވެ.
ސާވިކަލް ކެންސަރު: ރައްކާތެރިވެ, ނައްތާލެވިދާނެ ކެންސަރެއް
ޓްރީ ޓޮޕްގައި ކުޑަކުދިންގެ ދަތުގެ ފަރުވާއަށް ޑޮކްޓަރެއް
ޓްރީޓޮޕުން ޕެއިން އެންޑް ރިހެބިލިޓޭޓިވް ހިދުމަތް ދެނީ
ކެންސަރު ހޮސްޕިޓަލު މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
ޓްރީ ޓޮޕުން ކެންސަރަށް އަލުން ފަރުވާދޭން ފަށައިފި
ގަމުގެ ޑޮކްޓަރު އަވަހާރަވަންދެން ވެސް ބަލިމީހުންނާ އެކު
ޓްރީޓޮޕްގެ ގިނަ މުވައްޒަފުންތަކެއް ވަކިކުރަނީ
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ކެންސަރުގެ ވޭނާ ދެކޮޅަށް އެއަށްވުރެ ގަދަ ހިތްވަރެއްގައި