22 ޑިސެމްބަރ 2021
ކުރީގެ އެއްވެސް ސަރުކާރެއްގައި އަރަބި ތައުލީމު ފުޅާކޮށްފައި ނުވާ މިންވަރަށް މި ސަރުކާރުން އެކަން ކޮށްފައިވާ ކަމަށާއި އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް މި ވަގުތު ދިމާވެފައިވާ އިމާރާތުގެ މައްސަލަ އަށް އަދުލުވެރި ހައްލެއް ހޯދައިދިނުމަކީ އޭގެ ހެއްކެއް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ކުރީގެ އެއްވެސް ސަރުކާރެއްގައި އަރަބި ތައުލީމު ފުޅާކޮށްފައި ނުވާ މިންވަރަށް މި ސަރުކާރުން އެކަން ކޮށްފައިވާ ކަމަށާއި އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް މި ވަގުތު ދިމާވެފައިވާ އިމާރާތުގެ މައްސަލަ އަށް އަދުލުވެރި ހައްލެއް ހޯދައިދިނުމަކީ އޭގެ ހެއްކެއް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލްގެ އިމާރާތުގައި ވަރަށް ބޮޑު ރެނދުލައި، ހަލާކުވަމުންދާތީ އެ ދަރިވަރުން ވަގުތީ ގޮތުން އެމްޓީސީސީގެ ސޯމިލް އިމާރާތަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އެއާއެކު، އެ ސްކޫލްގެ އާ އިމާރާތް އަޅަން ބާޖަމާލުއްދީން ބިން ހަމަޖައްސައިދީފައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ނިންމެވުމަށް މަރުހަބާ ދަންނަވާ އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ނިންމެވުމަކީ އިސްލާމް ދީނުގެ ނޫރު މަތިވެރިކުރުމަށާއި ސައްހަ އަގީދާ ދިވެހިންގެ މެދުގައި ފެތުރުމަށާއި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކުރެއްވުމަށް ރައީސް ދެއްވާ ސަމާލުކަމާއި އަހައްމިއްޔަތުކަން ދޭހަވާ ކަމެއް ކަމަށެވެ.
މާލޭގައި އިމާރާތްކުރާ އަރަބިއްޔާގެ އިމާރާތުގެ އިތުރުން ހުޅުމާލޭގައި ވެސް އެ ސްކޫލުގެ އިމާރާތެއް އަޅަން ނިންމާފައިވުމުގެ ސަބަބުން އެ ސްކޫލަށް ދިމާވެފައިވާ އުމްރާނީ ވަސީލަތްތައް މަދުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބި، ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ގަޔާވާ ފަދަ ވެއްޓެއްގައި އަރަބި ތައުލީމު އުނގެނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތާ ގުޅޭ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ލިބިފައިވާ ކަމަށާއި އަރަބި ތައުލީމަށް ހާއްސަ އިސްކަމެއް ދޭކަން މިހާރު ހާމަވެއްޖެ ކަމަށް އެ ސްކޫލްގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން ވެސް މިއަދު ވަނީ ބުނެފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ ނިންމީ، އަންނަ މަހުގެ 16 ގައި ފަށާ ދެ ވަނަ ޓާމަށް ވަގުތީ ގޮތުން އެ ސްކޫލްގެ ކުދިން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާށެވެ. އެކަމަކު، ދެ މީޑިއަމަށް ކިޔަވައިދޭ ސްކޫލަކަށް ވުމާއި އިއްޒުއްދީން ސްކޫލްގެ ޖާގަ ކުޑަވުމުން އަރަބިއްޔާގެ ބެލެނިވެރިން ދިޔައީ އިއްޒުއްދީނަށް ދަރިވަރުން ނުފޮނުވާނެ ކަމަށް ބުނަމުންނެވެ.
އެކަމާ ހިތްހަމަނުޖެހިގެން ސްކޫލް ދޮށުގައި ބެލެނިވެރިން މުޒާހަރާ ވެސް ކުރި އެވެ.
މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނާޅަން އެދެފި
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
އަރަބިއްޔާގެ މޫނުބުރުގާ އެޅުމުގެ މައްސަލަ ކޯޓުން ބޭރު
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަމިއްލައަށް އުނގެނި ދަސްކުރުމަށް އިސްލާމްދީން ބާރުއަޅާ
އަރަބިއްޔާގެ ޕްރިންސިޕަލްކަން ޝުޖާއުއަށް ދޭން އަންގައިފި
އެކަކު އަނެކަކާ ޒާތީވުން ދޫކޮށްލަން ޖެހޭ: މުއިއްޒު
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
އަރަބިއްޔާ އެހެން ބިމަކަށް ބަދަލުކުރާނަން: މުއިއްޒު
އަރަބިއްޔާގެ އާ އިމާރާތް އަންނަ އަހަރު ހުޅުވޭނެ