23 ޑިސެމްބަރ 2021
ބަންގްލަދޭޝް އިން ރާއްޖެ އަށް ދެނީ ފާހަގަކޮށްލެވޭ ވަރުގެ އެހީތެެރިކަމެއް ކަމަށާއި ރާއްޖޭން އެކަން ބަލައިގަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝް އިން ރާއްޖެ އަށް ދެނީ ފާހަގަކޮށްލެވޭ ވަރުގެ އެހީތެެރިކަމެއް ކަމަށާއި ރާއްޖޭން އެކަން ބަލައިގަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާއާއާ އެކު ރައީސް އޮފީހުގައި މިއަދު ދެއްވި ގުޅިފައިވައިވާ ބަޔާނުގައި ރައީސްް ވިދާޅުވީ ސިއްހީ ދާއިރާ އާއި މަތީ ތައުލީމާއި އިންސާނީ ތަރައްގީގެ ދާއިރާ އާއި ދިފާއީ ދާއިރާއިން ބަންގްލަދޭޝ އިން ރާއްޖެއަށް ދެނީ ފާހަގަކޮށްލެވޭ ވަރުގެ އެހީތެރިކަމެއް ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ ގައުމުން ރާއްޖެއަށް ވެދިން އެހީއަށް އަށް ރައީސް ޝުކުރު އަަދާކުރެއްވި އެވެ.
ބަންގްލަދޭޝް އަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހޯދަން ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ދާ ގައުމެކެވެ. އެއާ އެކު ވެސް، ދެ ގައުމުގެ ދެމެދުގައި މިއަަދު ސޮއިކުރި، ހެލްތު ޕްރޮފެޝަނަލުން ފޮނުވުމުގެ އެމްއޯޔޫގެ ސަަބަބުން ރާއްޖެ އަށް ވަަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބަންގްލަދޭޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާ، ރައީސް އޮފީހުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި. ފޮޓޯ: ނިޝާން އަލީ/މިހާރު
"ހެލްތު ޕްރޮފެޝަނަލުން ރެކްރޫޓްކުރުމާ ބެހޭ އެމްއޯޔޫއަކީ އަޅުގަނޑުމެންގެ ސިއްހީ ދާއިރާ ހަރުދަނާ ކުރަން ވަރަށް ބޮޑު އެހީތެރިކަމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަންގްލަަދޭޝްއާ ރާއްޖެއާ ދެމެދު މިއަދު ސޮއިކުރި އެމްއޯޔޫތަކާއި އެއްބަސްވުންތަކުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ އެވެ. އެއީ ސިއްހީ ޕްރޮފެޝަނަލުން ފޮނުވުމުގެ އެމްއޯޔޫ އާއި ޑަބަލް ޓެކްސޭޝަން ދޫކޮށްލުމުގެ އެއްބަސްވުމަކާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުމުގެ އެމްއޯޔޫއަކާއި މިލިޓަރީ އުޅަނދުތަކެއް ހަދިޔާ ކުރުމުގެ އެއްބަސްވުމެކެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ، ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ދާއިރާއިން މަޝްވަރާތައް (އިތުރަށް) ކުރިއަށް ގެންދަން. ބަންގްލަދޭޝްގެ މަސަައްކަތްތެެރިން އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް ކޮށްދޭ ހިދުމަަތަށް، (މަޝްވަރާތަކުގައި) އަޅުގަނޑު ޝުކުރު އަދާކުރިން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ބައިލެޓްރަލް ދާއިރާގެ މަޝްވަރާތަކުގެ އިތުރުން ބައިނަލްއަގުވާމީ އަދި ސަރަަހައްދީ މައްސަލަތަކާ ބެހޭ ގޮތުން ވެސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އދ. އާއި ބައިނަލްއަގުވާމީ އެހެން ޕްލެޓްފޯމްތަކުގައި ވެސް ބަންގްލަދޭޝަށް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ-ބަންގްލަދޭޝް އެއްބަސްވުމަކާއި އެމްއޯޔޫތަކެއް
ހަސީނާއަށް ގުޅުއްވައި، ރައީސް ޝުކުރު އަދާ ކުރައްވައިފި
ރައީސް އިސްކަންދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް
ބަންގްލަދޭޝް އިން ރާއްޖެ އަށް އާ ސަފީރެއް
ބަންގްލަދޭޝްގެ ތަރައްގީގައި ބައިވެރިވެދީ: ހަސީނާ
ދެ ގައުމުގެ ވިޔަފާރީގެ އެއްބަސްވުމެއް މުހިއްމު: ހަސީނާ
ރައީސް، ހަސީނާއާ ބައްދަލުކުރައްވައިފި
ހަސީނާ ވަޑައިގެންފި، ރަސްމީ ބައްދަލުވުންތައް މާދަމާ
މަޖިލީހުގައި ތަގުރީރުކުރައްވަން ހަސީނާއަށް ދައުވަތު ދެނީ
ބަންގްލަދޭޝްގެ ސެޓެލައިޓް ރާއްޖެއަށް ބޭނުންކުރެވޭނެ