13 މެއި 2023
ހާރިޖީ ސިޔާސަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ހާރިޖީ ސިޔާސަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ، އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ އިޖުތިމާއީ އަދި އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުމަށް މި ސަރުކާރުން އިސްކަންދޭ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑަކީ މިހާރު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތައް ހިމެނޭ ސަރަހައްދު ކަމަށެވެ. އެހެންވެ އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަކީ އެންމެ ގައުމަކުން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގައި، ނައިބުރައީސް ފައިސަލް ނަސީމް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ --- ފޮޓޯ: ރައީސް އޮފީސް
"އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމްކުރުމަށް، ތިމާވެށި ރައްކާތެރި ކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަކީ ހުރިހާ ގައުމެއްގެ ޒިންމާއެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓެރަރިޒަމާއި ހިޔުމަން ޓްރެފިކިން އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައި ވަނީ އިންޑިއާ ކަނޑުގެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އިންޑިއަން އޯޝަން ކޮންފަރެންސްގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް
"އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އަދި ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަން ކުރުމަށް ރާއްޖެއިން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
"އަދި ސަރަހައްދުގައި ދެމެހެއްޓެނިވި ތަރައްގީ އާއި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ތަރައްގީގެ ފުރުސަތުތައް ބެހިގެން ދިއުމަށް ރާއްޖެއިން ސާބިތުކަމާ އެކު އޮންނާނެ."
އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި މައްސަލަތައް ހައްލުކޮށް އިހްތިރާމާއި އިތުބާރުގެ މައްޗަށް ގައުމުތަކުގެ ގުޅުންތައް ބިނާކޮށް ހަރުދަނާ ކުރުމަށް ނައިބު ރައީސް ރޭ ވަނީ ގޮވާލައްވައިފަ އެވެ.
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ބަންގާޅުގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ
ރައީސް ދެވަނަ ދައުރަކަށް ހޮވޭނެ: ޝާހިދު
ޗައިނާ އާއި ރާއްޖޭގެ 50: އެދެނީ ބަދަހި ގުޅުމަކަށް
ރާއްޖެ-ބަހުރެއިނާ ދެމެދު ހަތަރު އެއްބަސްވުމެއް
ރައީސް، މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަނީ
"އިންޑިއާ ފަސްޓް ޕޮލިސީ" ދަމަހައްޓާނަން: ރައީސް
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
ދެކުނު އެފްރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަނީ
ޗައިނާގެ ކަރާމާތް ގެއްލޭތަން ސަރުކާރަކަށް ނުފެނޭ:އަދުރޭ