Roadha Mihaaru
ކާ އެއްޗެހީގެ ރަހަ ބެލޭ ސްކްރީނެއް އީޖާދުކޮށްފި

ކާ އެއްޗެހީގެ ރަހަ ބެލޭ ސްކްރީނެއް އީޖާދުކޮށްފި

24 ޑިސެމްބަރ 2021

ސްކްރީނަކުން އެެއްޗެހި ބަލާ އިރު ކާހިތްވާ ކަހަލަ އެއްޗެއް ފެނިއްޖެ ނަމަ އޭގެ ރަހަ ބެލޭނެ ނަމައޭ ގައިމު ވެސް ހިތަށް އަރާނެ އެވެ. އެކަމަކު ޓީވީން ދައްކާ އެއްޗެއް ރަހަ ބެލިދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ގަބޫލުކުރަން ދަތިވިޔަސް ވިޔަސް، ޖަޕާންގެ ޕްރޮފެސަރަކު މިހާރު ވަނީ ރަހަ ބެލޭ ސްކްރީނެއް އީޖާދުކޮށްފަ އެވެ. މިއާ އެކު މިކަންވެފައި ވަނީ ކުރިއަށް އޮތް ތަނުގައި ޓީވީ އަށް އަންނާނެ އިންގިލާބީ ބޮޑު ބަދަލެއްގެ ގޮތުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްކްރިން ފެންނަ ކާ އެއްޗެހި ރަހަ ބެލޭ ގޮތަށް "ޓެލެ-ޓޭސްޓް ޓީވީ ސްކްރީން (ޓީޓީޓީވީ) ގެ ޕްރޮޓޯޓައިޕް ހަގީގަތަކަށް ހެދީ ޖަޕާނުގެ މީޖީ ޔުނިވަސިޓީގެ ޕްރޮފެސަރު ހޯމީ މިޔަޝީޓާ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ އުފެއްދުމެއް މިހާރު މުހިއްމުވާ ސަބަބަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔެ އޮތުމުންނެވެ.

މީހަކު "ޓެލެ-ޓޭސްޓް" ސްކްރީން ޓެސްޓްކުރަނީ.

މީހަކު "ޓެލެ-ޓޭސްޓް" ސްކްރީން ޓެސްޓްކުރަނީ.

"ބޭރަށް ނުކުމެ އުޅުމާއި ތަންތަނަށް ދިއުން ފަދަ ކަންކަމަކީ މީގެ ދެ އަހަރާ އަޅާބަލާ އިރު މިހާރު ކުރަން ފަސޭހަ ކަންކަމެއް ނޫން. އެހެންވެ ގޭތެރޭގައި ނުވަތަ އިންޑޯގައި ގިނަ ވަގުތު ހޭދަކުރަން ޖެހުނީމަ އެބަ މުހިއްމުވޭ ޓެލެ-ޓޭސްޓް ކަހަލަ ސްކްރިންތައް ވެސް." ހޯމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސްކްރީންގެ ސަބަބުން ކާ ހިތްވާ ކަހަލަ އެއްޗެހި ފެނުމުން އޭގެ ރަހަ ސްކްރީންްގެ އެހީގައި ބަލާލައި، އެ ހޯދަން މިއީ ފަސޭހަ ވަސީލަތަކަށް ވާނެ އެވެ. މި ސްކްރީނަކީ އެއަށް ހާއްސަ "ސްޕްރޭ ޓެކްނޮލޮޖީއެއް" ބޭނުންކުރާ އެއްޗެކެވެ.

ހޯމީ.

ހޯމީ.

"މީގެ މަގުސަދަކީ މިސާލަކަށް ހަމަ ރެސްޓޯރަންޓެއްގެ ކެއުމެއްގެ ރަހަ ގޭގައި އިނދެގެން ބަލާލެވޭނެ ފެންވަރުގެ އުފެއްދުމެއް ގެނެސް ދިނުން، "މި އުފެއްދުން އިތުރަށް ވަރުގަދަކުރުމަށް މިހާރު މި އަންނަނީ ވަރަށް ގިނަ ރެސްޓޯރަންޓްތަކާ އެކީ މަޝްވަރާ ވެސް ކުރަމުން." ހޯމީ ވިދާޅުވި އެވެ.

ހޯމީގެ މި "ޓެލެ-ޓޭސްޓް" އުފައްދާފައި ވަނީ 30 ވަރަކަށް ދަރިވަރުން ވެސް ބައިވެރިކޮށްގެންނެވެ. އެ މީހުންގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮތީ މި ސްކްރީނަށް ކާއެއްޗެހީގެ ރަހަ ގެނުވައިދޭ ކަހަލަ ޑިވައިސްތައް ތައްޔާރު ކުރުމެވެ.

ހޯމީ ވިދާޅުވި ގޮތުގައި އޭނާގެ އުންމީދަކީ ކައިރި މުސްތަގުބަލެއްގައި "ޓެލެ-ޓޭސްޓް" ސްކްރީން ޓީވީ އާންމުކޮށް ވިއްކާ އެއްޗަކަށް ހެދުމެވެ. އަދި އޭގެ އެއްޗެއް ވިޔަފާރި އުސޫލުން އުފައްދާ ނަމަ އެކަމަށް މަދުވެގެން 875 ޑޮލަރު (100،000 ޔެން) ހޭދަވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ވިޔަފާރީގެ އުސޫލުން ޓީޓީޓީވީ ލިބޭނެ އިރެއް ނޭނގެ އެވެ.