މިދިޔަ އަހަރު ކޮވިޑް-19 އިން ލިބުނު އެއް ފިލާވަޅަކީ މިހާރު މަސައްކަތްކުރަން ކޮންމެހެން އޮފީހަށްދާން ނުޖެހޭ ކަމެކެވެ. އެ މީހަކު އެ ވަގުތަކު ހުރި ތަނެއްގައި ހުރެގެން މަސައްކަތްކުރަންވީ އެވެެ. މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިދިޔަ އަހަރު އެންމެ ބޮޑަށް މަސައްކަތުގެ ދާއިރާއިން ތަޖުރިބާކުރަން ޖެހުނު ކަންތައް ވެސް މެ އެވެ.
07 ފެބުރުއަރީ 2021
މިދިޔަ އަހަރު ކޮވިޑް-19 އިން ލިބުނު އެއް ފިލާވަޅަކީ މިހާރު މަސައްކަތްކުރަން ކޮންމެހެން އޮފީހަށްދާން ނުޖެހޭ ކަމެކެވެ. އެ މީހަކު އެ ވަގުތަކު ހުރި ތަނެއްގައި ހުރެގެން މަސައްކަތްކުރަންވީ އެވެެ. މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިދިޔަ އަހަރު އެންމެ ބޮޑަށް މަސައްކަތުގެ ދާއިރާއިން ތަޖުރިބާކުރަން ޖެހުނު ކަންތައް ވެސް މެ އެވެ.
މިއީ ކޮވިޑާ އެކު ފަރިތަވި ވޯކް ފްރޮމް ހޯމް (ޑަބްލިއުއެފްއެޗް) އެވެ.
މިކަމަށް އިތުރަށް ލުއިކަން ހޯދައިދޭން ޖަޕާންގެ ކުންފުނި ނީސާން އިން މިހާރު ވަނީ މޮބައިލް "އޮފީސް ޕޮޑެއް" އުފައްދައި އެ ދައްކާލައިފަ އެވެ. މިއީ ކޮންމެ ތާކު ހުރެގެން ވެސް ފަސޭހަކަމާ އެކު މަސައްކަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރީތި ކުޑަ ވެހިކަލެކެވެ.
ނިސާންގެ މޮޑެލްތަކުގެ ތެރޭގައި ހިމެނޭ އެންވީ350 ކެރަވަންގެ މޮޑިފައި ވާޝަނެއްގެ ގޮތުގައި ދައްކައިލި "އޮފީސް ޕޮޑް" އަކީ އޮފީހެއްގެ ކެބިންއެއްގައި އިނދެގެން މަސައްކަތްކުރުމެކޭ އެއްވަރަށް މަސައްކަތް ފަސޭހަކޮށް ދޭނެ އެއްޗެކެވެ. މި ވެހިކަލް ނީސާން އިން ދައްކައިލީ ދާދި ފަހުން ވާޗުއަލްކޮށް ބޭއްވި މި އަހަރުގެ "ޓޯކިއޯ އޮޓޯ ސެލޯން" ގަ އެވެ.
މީގެ ފީޗާތަކަށް ބަލާއިރު މަސައްކަތްކުރަން ހާއްސަ މޭޒަކާއި ހަށިގަނޑަށް އަރާމު ގޮނޑިއަކާއި އަދި ހާއްސަ ލައިޓިން ސިސްޓަމް ހިމެނެ އެވެ. "އޮފީސް ޕޮޑް" ގައި ބޭނުންކޮށްފައި ވަނީ ޔޫވީ އެންޓިބެކްޓީރިއަލް ލޭމްޕެވެ. މީގެ ސަބަބުން އޭގެ އެތެރެ ޑިސްއިންފެޓްކޮށްދީ ގެންގުޅޭ ލެޕްޓޮޕާއި ފޯނާއި ވޮލެޓް ފަދަ އެއްޗެހި ވެސް ޑިސްއިންފެކްޓްކޮށް ދޭނެ އެވެ. އަދި ހަމައެއާ އެކު މި ފަރުމާކޮށްފައި ވަނީ އޭގެ ބޭރުގެ ބޭނުން ވެސް ހިފޭ ގޮތަށެވެ. އެގޮތުން މަތީގައި "އައުޓްޑޯ" ހާއްސަ ފީޗާތައް ވެސް ހުންނާނެ އެވެ.
ނީސާން އިން ބުނީ މި ވަގުތު "އޮފީސް ޕޮޑް" އާންމުކޮށް ބާޒާރަށް ނެރެން ނިންމާފައި ނެތް ކަމަށެވެ. އެކަމަކު ގަންނަން ބޭނުންވާ މީހުން އޯޑަރު ދިނުމުން ކަސްޓަމައިޒްކޮށްގެން "އޮފީސް ޕޮޑް" ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ބުންޏެވެ.
އެޕަލްގެ ކާރު ޕްރޮޖެކްޓަކާ ގުޅުމެއް ނެތް: ނީސާން
ފޯމިއުލާ 1 ގެ އުދުހޭ ކާރެއް ދައްކާލައިފި
ހާލީ-ޑޭވިޑްސަނުން އިލެކްޓްރިކް ބައިސްކަލް ހަދަނީ
ޕޮއިމޯ: ބެކްޕެކަށް ލެވޭ ކަހަލަ އީ-ސްކޫޓަރެއް
މިފަހަރު 5ޖީ ފޯނެއް ނޫން، ޓަޔަރެއް
ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރޭނެ
ފެޝަން ކުންފުނި ބާބަރީގެ ތައްގަނޑުގައި ސައިކަލެއް
ކާ އެއްޗެހީގެ ރަހަ ބެލޭ ސްކްރީނެއް އީޖާދުކޮށްފި
ޓޮޔޮޓާގެ އީވީ އަށް 35 ބިލިއަންގެ އިންވެސްޓްމަންޓެއް
އެެޕަލްގެ ކާރު ޑިވިޝަނަށް އާ ވެރިއެއް