އެކި ބޭނުންތަކަށް ޖައްވަށް ދޫކުރާ ސެޓެލައިޓްތައް އިތުރުވެ އޭގެ ސަބަބުން އުފެދޭ ކުންޏާއި ނުރައްކާތަކުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ޖަޕާނުން ލަކުޑި ސެޓެލައިޓް ތަރައްގީކުރަން ނިންމައިފި އެވެ.
30 ޑިސެމްބަރ 2020
އެކި ބޭނުންތަކަށް ޖައްވަށް ދޫކުރާ ސެޓެލައިޓްތައް އިތުރުވެ އޭގެ ސަބަބުން އުފެދޭ ކުންޏާއި ނުރައްކާތަކުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ޖަޕާނުން ލަކުޑި ސެޓެލައިޓް ތަރައްގީކުރަން ނިންމައިފި އެވެ.
މިކަން ވާނީ ލަކުޑިން ސެޓެލައިޓް ހަދާ ފުރަތަމަ ފަހަރަށެވެ. ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ކިއޯޓޯ ޔުނިވަސިޓީ އާއި ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ސުމިޓޯމޯ ފޮރެސްޓްރީ ގުޅިގެންނެވެ. ލަކުޑިން ސެޓެލައިޓް ހަދަން ނިންމާފައިވާތީ އެ ދެ ތަނުން މިހާރު އަންނަނީ ޖައްވަށް ދޫކޮށްލާ ސެޓެލައިޓަށް އެންމެ ފައްކާވާނެ ލަކުޑި ނުވަތަ ލަކުޑިތަކަކީ ކޮބައިތޯ ބެލުމަށް ލަކުޑީގެ ދިރާސާއެއް ވެސް ހަދަމުންނެވެ. އަމާޒަކީ 2023 ގައި މިކަން ކާމިބާކުރުމެވެ.
ކިއޯޓޯ ޔުނިވަސިޓީން ބުނި ގޮތުގައި ލަކުޑި ސެޓެލައިޓް ވާނީ ވަރަށް ބޭނުންތެރި އެއްޗަކަށެވެ. ސަބަބަކީ މިހާރު ސެޓެލައިޓް އުފައްދާފައި ހުންނަ މެޓިރީއަލްތަކުން ބައިތައް ފަސޭހައިން ހަލާކުވެ، އެކި ބާވަތުގެ ނުރައްކާތެރި ވިހަ މާއްދާތައް ވެސް އެކުލެވޭ ބައިތައް ޖައްވުގެ ތެރެއަށް ދިއުމާއި ބިމަށް ވެއްޓުން ފަދަ މައްސަލަތައް ވެސް ކުރިމަތިވަމުން ދިއުމެވެ. ނަމަވެސް ލަކުޑި ސެޓެލައިޓުން މިފަދަ މައްސަލަތައް ހައްލުކޮށް ދޭނެ ކަމަށް ބުންޏެވެ.
ކިއޯޓޯ ޔުނިވަސިޓީން ބުނި ގޮތުގައި ލަކުޑި ސެޓެލައިޓްގެ މައިގަނޑު އެއް ފައިދާއަކަށްވާނީ އެއިން އެއްޗަކުން ބައެއް ދުނިޔޭގެ ބިމަށް ވެއްޓުނަސް އޭގެ މާ ބޮޑު ނުރައްކަލެއް ނެތުމެވެ.
"އަހަރެމެން މިހާރު އެންމެ ކަންބޮޑުވާ ކަމަކީ ސެޓެލައިޓްތަކުން ޖައްވު ފުރެމުންދާއިރު އެ އެއްޗެހި އުފައްދާފައި ހުންނަ މެޓީރިއަލްތަކުގައި އެކުލެވޭ ކުދިކުދި އެލުމިނިއަމް އެތިކޮޅުތައް ވެސް ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރޭގައި ދައުރުވުން،" ކިއޯޓޯ ޔުނިވަސިޓީގެ ޕްރޮފެސަރު ޓަކާއީ ޑޯއީ ބީބީސީ އަށް ވިދާޅުވި އެވެ. "މިކަމުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ވަރަށް ބޮޑު އަސަރެއް އެބަކުރޭ."
ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ވެސް 2008 ގައި ދިއުމުގެ ފުރުސަތު ލިބިވަޑައިގަތް ކުރީގެ އެސްޓްރޮނޯޓް ވިދާޅުވީ ލަކުޑިން ސެޓެލައިޓް ހަދަން ކުރާ މަސައްކަތް ކާމިޔާބުވާނެކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށެވެ.
"އެކަމަކު ނަތީޖާއަކާ ހަމައަށް ދެވޭނީ ވަރަށް ގިނަ މަރުހަލާތަކަށް ފަހު،" ޓަކާއީ ވިދާޅުވި އެވެ.
ޕްރޮފެސަރު ޓަކާއީ
ކިއޯޓޯ ޔުނިވަސިޓީއާ އެކު ލަކުޑި ސެޓެލައިޓް އުފައްދަން އަތުގުޅައިލި ސުމިޓޯމޯ ފޮރެސްޓްރީ އަކީ މީގެ 400 އަހަރު ކުރިން ވުޖޫދަށް އައި ސުމިޓޯމޯ ގްރޫޕްގެ ސަބްސިޑަރީއެކެވެ. އެ ކުންފުންޏަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ލަކުޑީގެ އުފެއްދުންތައް ތައްޔާރުކުރަން އަރާހުރި ވަރަށް ތަޖުރިބާކާރު ކުންފުންޏެކެވެ.
ސުމިޓޯމޯ ފޮރެސްޓްރީން ބުނި ގޮތުގައި ސެޓެލައިޓް ހަދަން ބޭނުންކުރާ ލަކުޑި އަކީ "އާރްއެންޑީ ސީކްރެޓް" އެކެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ޖައްވުގެ ތެރޭގައި މިހާރު 6،000 ގާތް ކުރާ އަދަދަކަށް ސެޓެލައިޓްތައް އެބަހުއްޓެވެ. އަދި އޭގެ ތެރެއިން 60 ޕަސަންޓަކީ "ސްޕޭސް ޖަންކް" އެވެ.
ރިސާޗް ފާމެއް ކަމަށްވާ ޔޫރޯކޮންސަލްޓުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން 2028 އާ ހަމައަށް އަންނަ އިރު ދުނިޔޭގެ އޯބިޓްގައި 15،000 ސެޓެލައިޓް އުޅޭނެ އެވެ. އަދި އަހަރަކު މަދުވެގެން 990 ސެޓެލައިޓް ލޯންޗްކުރެވެ އެވެ.
ކާ އެއްޗެހީގެ ރަހަ ބެލޭ ސްކްރީނެއް އީޖާދުކޮށްފި
ޖަޕާނުން އުފެއްދި އުދުހޭ ސައިކަލް ޕްރީ-އޯޑަރަށް
ނީސާން އިން މޮބައިލް "އޮފީސް ޕޮޑެއް"
އެލްޖީން މިހާރު ނެރެން އުޅެނީ "ކިއުނެޑް" ޓީވީ
ސޮނީން މި ހެދީ ނަލަ ބައްތިއެއް، ސްޕީކަރެއް
ޖައްވަށް 23 މިލިއަން ޑޮލަރުގެ ފާހާނާ ތައްޓެއް
ބަސް ތަރުޖަމާކޮށްދޭ ސްމާޓް މާސްކެއް
ޕޮއިމޯ: ބެކްޕެކަށް ލެވޭ ކަހަލަ އީ-ސްކޫޓަރެއް
އަލިފާން ނިއްވާ ކުޑަ އުޅަނދެއް ޕެނަސޮނިކުން ހަދައިފި
ފަރުނީޗަރު ޖެހުމުގެ ބަދަލުގައި ހައްދަނީ