އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވި ތިން މެމްބަރުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
26 ޑިސެމްބަރ 2021
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވި ތިން މެމްބަރުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަށައި، މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވީ މިއަދަށެވެ. ކޮމިޝަނުގެ މެމްބަރުންނަށް ކުރަނީ، މައްސަލަތައް ފުނިޖެހި، އެކަށީގެންވާ ސްޕީޑްގައި ނަތީޖާ ނުނެރެވޭ ކަމުގެ ތުހުމަތެވެ.
އެ ކޮމިޓީން ހަވީރު ބޭއްވި ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ހުށަހެޅުއްވީ، އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން ފާސްކޮށް، އެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މި ހުށަހެޅުން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ ތައީދާ އެކު އެވެ.
އޭސީސީގެ މެމްބަރުން ޖަވާބުދާރީވުމަށް ދިން މުއްދަތު ފާއިތުވެފައިވާއިރު، މި ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މެމްބަރުން ހުށަހެޅި ބަޔާންތަކުގައި އާ ވާހަކަތަކެއް ނެތް ކަމަށާއި އޭގައި ހުރީ ކުރިން ވެސް ކޮމިޓީން އެ މެމްބަރުންނާ ދައްކާފައި ހުރި ވާހަކަތައް ކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން މަސައްކަތް ފަށާފައި ވަނިކޮށް، މެމްބަރު އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ. އޭސީސީގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.
އޭސީސީގެ ޕާފޯމަންސް އޮޑިޓެއް، އޮޑިޓަ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ހަދައި އާއްމުކުރި ރިޕޯޓުން ފެންނަން އޮތީ އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް އަހަރުތަކެއްވި އިރު ވެސް ފުނިޖެހިފައި ހުރި އިރު ދައުވާ ކުރަން ފޮނުވެނީ ނިސްބަތުން މަދު މައްސަލަތަކެއްގައި ކަމެވެ. މައްސަލަ ނުބެލި ހުރީ އެ ރިޕޯޓުން ފެންނަން އޮތް ގޮތުގައި، އެ ކޮމިޝަންގައި އެކަންޏެއް ނޫނެވެ.
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
ފައިސާ ހޯދަން ދައުވާކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
އޭސީސީއެއް ނެތް، ކަންބޮޑުވާ މީހަކު ވެސް ނެތް؟
ކޮމިޓީގެ ތުހުމަތަށް މެމްބަރުން ޖަވާބުދާރީވެވަޑައިގެންފި
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަނީ
ވެންޓިލޭޓަރު މައްސަލަ މި މަހު ނިންމާނަން: އޭސީސީ