Roadha Mihaaru
އިންތިޒާރުގެ ނިމުން: ފްލެޓްތައް 8 މަހުން ނިންމަނީ!

ދިގު އިންތިޒާރެއްގެ ނިމުން: ސިފައިންނާއި ފުލުހުންގެ ފްލެޓްތައް 8 މަހުން ނިންމަން ހަވާލުކޮށްފި

30 ޑިސެމްބަރ 2021

މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަށް މަސްތެރޭގައި ނިންމަން ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަށް މަސްތެރޭގައި ނިންމަން ހަވާލުކޮށްފި އެވެ.

ހުޅުމާލޭގައި ސިފައިންގެ ފްލެޓްތައް ނިންމަން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ ހަވާލުކޮށްފައި ވަނީ މީގެ ދެ ހަފުތާ ވަރު ކުރިންނެވެ. ފުލުހުންގެ ފްލެޓްތައް އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސިފައިންގެ 330 ފްލެޓް ނިންމަން ހަވާލުކުރީ ކިހާ ވަރެއްކަމެއް ނޭނގެ އެވެ. އެކަމަކު އެކަން ކުރާ ގޮތަށް ސަރުކާރުން ނިންމާފައި ވަނީ، މި މަޝްރޫއު ހިންގާ ސިފައިންގެ ސިފްކޯ އަށް ދޭ ލޯނެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. ފުލުހުންގެ ފްލެޓްތައް ބަލަހައްޓާ ޕޮލްކޯ އަށް ވެސް ސަރުކާރުން ދެނީ ލޯނެކެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފުލުހުންގެ 361 ޔުނިޓުގެ ބާކީ މަސައްކަތްތައް ނިންމަން ހަވާލުކޮށްފައި ވަނީ 275 މިލިއަން ރުފިޔާ އަށެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތް

ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތް

ކިހިނެއް ވެފައި އޮތް މަޝްރޫއުތަކެއް؟

ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ފަށައިފައި ވަނީ 2013 ގަ އެވެ. ސިފައިންގެ ފްލެޓް މަޝްރޫއު ފަށާފައި ވަނީ ޖެހިގެން އައި އަހަރު، 2014 ގަ އެވެ.

އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ދެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ. ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް މިދިޔަ އަހަރު އެ ދެ މަޝްރޫއުން ވަކިވި އެވެ.

Medhu Safuhaa

Medhu Safuhaa

The most trusted news source in the Maldives

Mihaaru

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކާ ބެހޭ ގޮތުން، "މިހާރު"ގެ މެދުސަފުހާގެ ހާއްސަ ކަވަރޭޖް

މުޅިން ވެސް ތިން ކޮޓަރީގެ އެޕާޓްމެންޓް ހިމެނޭ ދެ މަޝްރޫއު މިދިޔަ އަހަރު ހުއްޓުނު އިރު، ސިފައިންގެ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ 80 ޕަސެންޓް، އަދި އަނެއް ދެ ޓަވަރުގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ. އަދި ފުލުހުންގެ ތިން ޓަވަރުގެ 85 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ.

ފުލުހުންގެ ތިން ޓަވަރަށް މިހާތަނަށް 500 މިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ދިގުލައިގެން ދާތީ، އެ ފްލެޓްތައް ލިބިފައިވާ ފުލުހުންނާއި ސިފައިން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގަ އެވެ. އަދި މީގެ ކަންބޮޑުވުން ސިފްކޯ އާއި ޕޮލްކޯގެ ވެސް އެބައޮތެވެ.