ހުޅުމާލޭގައި މީގެ 10 އަހަރު ކުރިން އިމާރާތްކުރަން ފެށި ފުލުހުންގެ ފްލެޓްތައް އެއްކޮށް ނިންމޭނީ އަންނަ ޖޫން މަހަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
28 ފެބުރުއަރީ 2023
ހުޅުމާލޭގައި މީގެ 10 އަހަރު ކުރިން އިމާރާތްކުރަން ފެށި ފުލުހުންގެ ފްލެޓްތައް އެއްކޮށް ނިންމޭނީ އަންނަ ޖޫން މަހަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފުލުހުންގެ ފްލެޓްތައް ހަދަން 2013 ގައި އަދި ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށެވެ. އެ ކުންފުންޏަށް އެކަން ނުވުމުން އެއްބަސްވުން ބާތިލްކުރީ އެވެ. ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް 2021 ވަނަ އަހަރު އެ ދެ މަޝްރޫއުން ވަކިވި އެވެ. ސިފައިންގެ ފްލެޓުތައް ނިންމަން ފަހުން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ ހަވާލުކޮށްގެން މަސައްކަތް މިހާރު ކުރިއަށް އެބަގެންދެ އެވެ. ލަފާކޮށްފައި ވަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިފައިންގެ ފްލެޓްތަކުގެ މަސައަކަތް ނިންމާ ގޮތަށެވެ.
ފުލުހުންގެ ފްލެޓުތައް ނިންމަން ސަރުކާރުން 2021 ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނަށް ހަވާލުކުރީ 275 މިލިއަން ރުފިޔާ އަށެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ގައި ފްލެޓްތަކުގެ މަސައްކަތް ނިންމަންޖެހެ އެވެ.
އެކަމަކު، އެ މުއްދަތަށް ނުނިންމުމުން ޕްލޭނިން މިނިސްޓްރީން ފަހުން ބުނީ މި އަހަރުގެ ފެބްރުއަރީ-މާޗު މަހުގެ ތެރޭގައި ފްލެޓުތައް ނިމޭނެ ކަމަށެވެ. ނަމަވެސް، ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ މަސައްކަތަށް ބޭނުންވާ އެއްޗެހި ލިބުމުގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ.
އެހެންވެ، މުއްދަތަށް ފްލެޓު ނިންމަން ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފްލެޓުގެ ބޮޑު ބައި މޭ މަހު ނިމޭނެ. އެކަމަކު، އެއްކޮށް ނިމޭނީ ޖޫން މަހު،" އަކްރަމް ވިދާޅުވި އެވެ.
އެ ފްލެޓުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ޕްލޭނިން މިނިސްޓްރީން ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ފުލުހުންގެ ތިން ޓަވަރުގައި ޖުމްލަ 361 ފްލެޓާއި 20 ޕެންޓް ހައުސް ހުންނާނެ އެވެ. އެ ތަންތަނަށް 500 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ފުލުހުންގެ ފްލެޓުތައް މި އަހަރަށް ނުނިންމޭނެ: ހައުސިން
ފުލުހުންގެ ފްލެޓްތައް މުއްދަތަކަށް ނުނިންމޭނެ: ސަރުކާރު
އިންތިޒާރުގެ ނިމުން: ފްލެޓްތައް 8 މަހުން ނިންމަނީ!
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފްލެޓް ނުލިބިގެން އަޑުގަދަ ކުރީ 10 މީހުން: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޯންނާނެ: އަކްރަމް
ފްލެޓު ދިނީ އޭގެ އެންމެ ހައްގުވެރިންނަށް: މިނިސްޓްރީ
ފްލެޓަށް ޕޮއިންޓް ދިންގޮތް ޕޯޓަލް އިން މާދަމާ ފެންނާނެ
ދެވަނަ ބުރުގެ ގޯތި/ފްލެޓް ލިސްޓް ލިބޭ މީހުން ނިންމަނީ