Roadha Mihaaru
ސަރުކާރާ ދެކޮޅަށް، އެމެރިކާގައި 5ޖީ ދޭން ފަށަނީ

ސަރުކާރުގެ އެންގުމާ ދެކޮޅަށް، އެމެރިކާގައި 5ޖީ ހިދުމަތް ދޭން ފަށަނީ

04 ޖެނުއަރީ 2022

އެމެރިކާގައި 5ޖީ ނެޓްވޯކް ހިދުމަތް ފެށުމަށް ކުޑަތަންވެފައި ވަނިކޮށް އެކަން ފަސްކުރަން އެ ގައުމުގެ ޓެލެކޮމް ކުންފުނިތަކަށް ސަރުކާރުން އެންގި އެންގުން ތަބާނުވެ، އެ ހިދުމަތް ފަށަން ކުންފުނިތަކުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި 5ޖީ ނެޓްވޯކް ހިދުމަތް ފެށުމަށް ކުޑަތަންވެފައި ވަނިކޮށް އެކަން ފަސްކުރަން އެ ގައުމުގެ ޓެލެކޮމް ކުންފުނިތަކަށް ސަރުކާރުން އެންގި އެންގުން ތަބާނުވެ، އެ ހިދުމަތް ފަށަން ކުންފުނިތަކުން ނިންމައިފި އެވެ.

އެ ހިދުމަތް ތައާރަފުކުރުން ފަސްކުރަން އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ ޕީޓް ބޫޓިޖީޖް އާއި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން އެ ގައުމުގެ އެންމެ ބޮޑު ޓެލެކޮމް ދެ ކުންފުނި ކަމަށްވާ އޭޓީއެންޑްޓީ އާއި ވެރިޒޯންގައި އެދުނީ 5ޖީ ނެޓްވޯކްގެ ސަބަބުން އެެއާލައިންތަކުގެ އޮޕަރޭޝަންތަކެއް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެ އޭވިއޭޝަން އިންޑަސްޓްރީން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

އޭވިއޭޝަން ދާއިރާއިން ބުނެފައިވާ ގޮތުގައި 5ޖީގެ ސީ-ބޭންޑް ސްޕެކްޓްރަމް ވަޔަލެސް ސިގްނަލްތަކުގެ ސަބަބުން މަތިންދާބޯޓްތަކުގެ އިލެކްޓްރޯނިކް ނިޒާމަށް މައްސަލަތައް ޖެހި، އޭގެ ސަބަބުން އެ ދާއިރާގެ އޮޕޮަރޭޝަންތަކަށް ހުރަސްއެޅޭނެ އެވެ.

އެހެންވެ ސަރުކާރުން އެދުނީ މާދަމާ ރަސްމީކޮށް ތައާރަފުކުރާ ގޮތަށް އޮތް 5ޖީ ނެޓްވޯކްގެ ހިދުމަތް މި ވަގުތަށް ފަސްކޮށް ދިނުމަށެވެ. ނަމަވެސް، މިކަމާ ގުޅިގެން އޭޓީއެންޑްޓީ އާއި ވެރިޒޯން ގުޅިގެން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެންމެ ފަހު ވަގުތު 5ޖީ ނެޓްވޯކް ލަސްކުރަން އެންގުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ.

"މި ވަގުތު މުޅި ދުނިޔެ ވެސް ހިޖުރަކުރަން އަންނަ އެންމެ މި ޒަމާނުގެ ނެޓްވޯކް އަހަރެން މަޑުޖައްސައިލަން އެންގުމަކީ ވަރަށް ވެސް ޒިންމާދާރުކަން ކުޑަކަމެއް." ދެ ކުންފުނިން ބުންޏެވެ.

އެމެރިކާގެ ޓްރާންސްޕޯޓް މިނިސްޓަރު.

އެމެރިކާގެ ޓްރާންސްޕޯޓް މިނިސްޓަރު.

އެހެންވެ ކުރިން ވެސް ރޭވިފައި އޮތް ގޮތަށް މަސައްކަތް ކުރިއަށް ދާނެ ކަމަށާއި، އެކަމަކު ކުރިއަށް އޮތް ހަ މަސް ދުވަހު އެއާޕޯޓްތަކުގައި 5ޖީ ނެޓްވޯކް ނުލިބޭ ގޮތަށް ހަދާނެ ކަމަށެވެ. އަދި މިހާރު މިކަން ކުރަން ތައްޔާރުވެފައި އޮތީ މި ވަގުތަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީގައި ކަމަށް ވެސް ބުންޏެވެ.

ސަރުކާރުގެ އެންގުމާ ހިލާފަށް ދެ ކުންފުނިން މި ހިދުމަތް ދޭން ފަށައިފި ނަމަ، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭވިއަން ދާއިރާގެ ކުންފުނިތަކުން ބުނެފައިވެ އެވެ. މި މައްސަލާގައި ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން ބުނީ މިކަމުގައި ވާހަކަ ދައްކައިގެން ހައްލަކަށް އާދެވޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.