އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް މުޅި ގައުމުން ކަނޑާލިތާ 48 ގަޑިއިރު ފަހުން މިއަދު އަލުން ހިދުމަތް ދޭން ފަށައިފި އެވެ.
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް މުޅި ގައުމުން ކަނޑާލިތާ 48 ގަޑިއިރު ފަހުން މިއަދު އަލުން ހިދުމަތް ދޭން ފަށައިފި އެވެ.
ފާހިޝް އަމަލުތައް ހުއްޓުވަން ކަމަށް ބުނެ މޯބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް ހޯމަ ދުވަހު ކަނޑާލުމާ އެކު މުޅި އަފްޣާނިސްތާނުގައި ކަންކަން ބޮއްސުންލައިގެން ގޮސް އޮޅުންބޮޅުންވި އެވެ.
އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި ދެކުނުގެ ކަންދަހާރާއި އިރުމަތީ ޕްރޮވިންސްތަކާއި މެދުތެރޭ ޣަޒްނީ އަދި ހުޅަނގުގައި އޮންނަ ހީރަތު ހިމެނޭ ޕްރޮވިންސްތަކުގައި މޮބައިލް ފޯން ސިގްނަލްތަކާއި ވައިފައިގެ ހިދުމަތް އަލުން ވަނީ ލިބެން ފަށައިފަ އެވެ.
ތާލިބާން ސަރުކާރުން އަދި މިކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.
މިއީ ތާލިބާނުން 2021 ވަނަ އަހަރު އަލުން ވެރިކަމަށް އައި ފަހުން މުއާސަލާތީ ހިދުމަތް ކަނޑާލި ފުރަތަމަ ފަހަރެވެ. މި ނިންމުމާ އެކު އދ. އިން ވެސް ވަނީ އެކަމާ ކަންބޮޑުން ފާޅުކޮށްފަ އެވެ.
މި މަހު ކުރީކޮޅު އަފްޣާނިސްތާނު ސަރުކާރުން ވަނީ އެކި ސަރަހައްދުތަކުން ހައި ސްޕީޑް އިންޓަނެޓް ކަނޑާލައިފަ އެވެ. ޓެލެފޯންގެ ހިދުމަތް އެ ގައުމުގައި އާންމުކޮށް ދެނީ އިންޓަނެޓް ހިދުމަތް ވެސް ދޭން ބޭނުންކުރާ ކޭބަލްތައް މެދުވެރިކޮށްގެން ކަމަށް ވާތީ ފޯނުގެ ހިދުމަތަށް ވެސް އެއާ އެކު ކެނޑުނެވެ.
މި މަހުގެ 16 ވަނަ ދުވަހު ބަލްޚް ޕްރޮވިންސްގެ ތަރުޖަމާން އަތައުﷲ ޒައިދު ވިދާޅުވި ގޮތުގައި ތާލިބާނުންގެ ލީޑަރުގެ އަމުރާ ގުޅިގެން އުތުރު ޕްރޮވިންސްގައި ފައިބަ އޮޕްޓިކް އިންޓަނެޓް މިހާރު ވަނީ އެއްކޮށް މަނާކޮށްފަ އެވެ.
"މިއީ ފާހިޝް އަމަލުތައް ހުއްޓުވަން އެޅި ފިޔަވަޅެއް. ހިދުމަތް ދިނުމަށް އެހެން ގޮތެއް ހޯދައި މުޅި ގައުމަށް އަލުން ހިދުމަތް ލިބޭ ގޮތް ހަދާނެ،" އޭނާ ވިދާޅުވި އެވެ.
އަފްޣާނިސްތާނުގައި ކުރިން އޮތް، އެމެރިކާގެ ތާއީދުގައި ހިންގި ސަރުކާރުން 2024 ވަނަ އަހަރު ކާބުލްގައި ވަނީ 9،350 ކިލޯމީޓަރުގެ ފައިބަ އޮޕްޓިކް ނެޓްވޯކް އަޅައި ހިދުމަތް ދީފަ އެވެ. އެކަމަކު ތާލިބާނުން އަލަށް ވެރިކަމަށް އައުމަށް ފަހު ވަނީ އެތައް ކަމެއް ބަދަލުކޮށްފަ އެވެ. -- އޭއެފްޕީ
ކޮޕް ސަމިޓަށް ދައުވަތު ނުދޭތީ ތާލިބާނުން ޝަކުވާކޮށްފި
ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާދީ އެތައްބަޔަކު މަރު
އަފްޣާނުގައި ސޯޝަލް މީޑިއާ ރެސްޓްރިކްޓްކޮށްފި
އަފްޣާނިސްތާނުން މުއާސަލާތީ ހިދުމަތް ކަނޑާލައިފި
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
އަފްޣާނިސްތާނުގައި ރާޒުވާ ކުޅުން ތާލިބާނުން މަނާކޮށްފި
އިންޑިއާ އަކީ މުހިންމު ބައިވެރިއެއް: ތާލިބާން
ތާލިބާނުންނަށް ހައިސިއްޔަތެއް ނުދޭން މަލާލާ ގޮވާލައިފި
ތާލިބާނުގެ މަންދޫބާ ސަފީރު ބައްދަލުކުރީ ހުއްދަނެތި
ތުނބުޅި ނެތުމުން 280 މީހަކު ވަޒީފާއިން ވަކިކުރި