Roadha Mihaaru
ވާވޭގެ 5ޖީ ރުމޭނިއާގައި ގާނޫނީ ގޮތުން މަނާ

ވާވޭގެ 5ޖީ ރުމޭނިއާގައި ގާނޫނީ ގޮތުން މަނާ

13 ޖޫން 2021

ވާވޭ އަށް އަމާޒުކޮށް އަދި ޗައިނާގެ އެއްވެސް ކުންފުންޏަކަށް 5ޖީ ނެޓްވޯކް ގާއިމުކުރުމުގެ ފުރުސަތު ނުދެވޭ ގޮތަށް ރުމޭނިއާގެ ގާނޫނު ހަދާ މަޖިލީޖިން ފާސްކުރި ބިލް އެ ގައުމުގެ ރައީސް ކްލައުސް އިހޯނިސް ހުކުރު ދުވަހު ތަސްދީގު ކުރައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވާވޭ އަށް އަމާޒުކޮށް އަދި ޗައިނާގެ އެއްވެސް ކުންފުންޏަކަށް 5ޖީ ނެޓްވޯކް ގާއިމުކުރުމުގެ ފުރުސަތު ނުދެވޭ ގޮތަށް ރުމޭނިއާގެ ގާނޫނު ހަދާ މަޖިލީޖިން ފާސްކުރި ބިލް އެ ގައުމުގެ ރައީސް ކްލައުސް އިހޯނިސް ހުކުރު ދުވަހު ތަސްދީގު ކުރައްވައިފި އެވެ.

ވާވޭއާ އަށް އަމާޒުކުރި ބިލް ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެެ. ރުމޭނިއާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަކީ ސަރުކާރުން ފޮނުވާހާ ބިލަކަށް ރުހުންދީ، ރަބަރު ތައްގަނޑު ޖަހާ ތަނެކެވެ.

ރުމޭނިއާގެ 5ޖީ ނެޓްވޯކުން ވާވޭ އަށް ފުރުސަތު ގެއްލުވައިލަން ފާސްކުރި ބިލު ފާސްކުރީ އެމެރިކާގެ މަދަމާ އެކުގަ އެވެ. ރުމޭނިއާ އާއި އެމެރިއާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގައި ވާވޭގެ 5ޖީ އަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެފައި އޮވެ އެވެ.

އެމެރިކާ އަކީ ވާވޭގެ މައްޗަށް ބޮޑެތި ތުހުމަތުތުތަކެއްކޮށް، އެ ކުންފުނި ބްލެކްލިސްޓްކުރި ގައުމެކެވެ. އެއީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގަ އެވެ. އެމެރިކާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި ވާވޭ އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އަށް ޖާސޫސްކޮށްދޭ، ހަގީގަތް ސާފުނުވާ، ނުރައްކާތެރި ކުންފުންޏެކެވެ.

އެމެރިކާ ވާގިދީގެން ވާވޭ އަށް ދަތިކުރާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެ އެވެ. އަދި އެ ގައުމުގެ 5ޖީ ނެޓްވޯކުން ވެސް ފުރުސަތު ނުދޭން ނިންމާފައިވާ އިރު، ވާވޭ ނިސްބަތްވާ ޗައިނާގެ އެންމެ ބޮޑު އެއް ހަތުރު ކަމަށްވާ އިންޑިއާ އިން ވަނީ އެ ގައުމުގެ 5ޖީ ނެޓްވޯކް މަޝްރޫއު އިން ވެސް ވާވޭ އަށް ފުރުސަތު ނުދޭން ދާދި ފަހުން ނިންމައިފަ އެވެ.

އިންޓަނެޓްގެ އާ ޖީލު 5ޖީ ގެ ރޭހުން ވާވޭ އެކަހެރިކުރަން ބޮޑެތި ބައެއް ގައުމުތަކުން މަސައްކަތްކުރާ އިރު، އެ މަސައްކަތްކުރުވަން މިފަދަ ގައުމުތަކުން ފުރުސަތުދޭ މައިގަނޑު ދެ ކުންފުންޏަކީ ސްވިޑަންގެ އެކްރިސަނާއި ފިންލޭންޑްގެ ނޮކިއާ އެވެ.

ރުމޭނިއާގެ 5ޖީ ނެޓްވޯކް ގާއިމުކުރަން ފުރުސަތު ދޭން ނިންމާފައު ވަނީ ވެސް އެ ދެ ކުންފުންޏަށެވެ.