05 ޖެނުއަރީ 2022
ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން ޗައިނާގެ ސިޓީއެއް ކަމަށްވާ ޝިއާންގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ލޮކްޑައުންއަކަށް ދިއުމާ ގުޅިގެން ކާނާގެ ދަތިކަން ކުރިމަތިވެ، މިހާރު "ބާޓާ ސިސްޓަމް" ވަރަށް ބޮޑަށް ވައިގައި ހިފައިފި އެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން ޗައިނާގެ ސިޓީއެއް ކަމަށްވާ ޝިއާންގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ލޮކްޑައުންއަކަށް ދިއުމާ ގުޅިގެން ކާނާގެ ދަތިކަން ކުރިމަތިވެ، މިހާރު "ބާޓާ ސިސްޓަމް" ވަރަށް ބޮޑަށް ވައިގައި ހިފައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކާނާ އަށް ޖެހުމާ ގުޅިގެން އެ ސިޓީގެ މީހުން މިހާރު އަންނަނީ އެކި ކަހަލަ އެއްޗެހި ދީފައި އޭގެ ބަދަލުގައި ކާނާ ހޯދަމުންނެވެ. މިފަދަ މަންޒަރުތައް ފެންނަ ބައެއް ވީޑިއޯތައް ވެސް ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ވެއިބޯގައި ޕޯސްޓްކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނީ މިދިޔަ މަހުގެ 23 އިން ފެށިގެން ޝިއާން ސިޓީ ލޮކްޑައުންކުރި ފަހުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ރައްޔިތުންނަށް ކާނާގެ ބާވަތްތައް ފޯރުކޮށް ދިނަސް ކާ ތަކެތި ހުސްވެ، ތަކެތި ނުލިބުމުގެ މައްސަލަތަކާ ޖުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މިކަމާ ހުރެ މިހާރު އާންމުންގެ ތެރޭގައި ހިނގަމުން އަންނަ "ބާޓާ ސިސްޓަމް" ގެ ތެރެއިން ތަށިދޮންނަ ސައިބޯނި ދީފައި އާފަލު ހޯދުމާއި ސެނިޓަރީ ޕެޑް ދީފައި އެކި ބާވަތުގެ ތަރުކާރީ ހޯދުން އާންމުންގެ ތެރޭގައި އާންމުވެފައިވެ އެވެ.
ރޭޑިއޯ ފްރީ އޭޝިއާ އަށް ވާހަކަ ދެއްކި ޝިޔާންގެ ރައްވެއްސެއް ކަމަށްވާ ވަންގް ބުނި ގޮތުގައި މި ވަގުތު ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައި ވަނީ ކާނާއަށެވެ. އެހެންވެ ގޭގައި ހިފައިގެންގުޅޭ އެކި ކަހަލަ ސާމާނުތައް ދީފައި ބަދަލުގްއި ކާނާ ހޯދުން އާންމުވެފައިވެ އެެވެ. އޭގެ ތެރޭގައި އެކި ކަހަލަ އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެ އެވެ.
ކާނާ އަށް ޖެހުމުން "ބާޓާ ސިސްޓަމް" ގެ ފޯރި ގަދަ.
"ރައްޔިތުންނަށް ބޭނުންވާ ވަރަކަށް އިދާރާކަށް ކާނާ ސަޕްލައިކޮށެއް ނުދެވޭ. އެހެންވުމާ އެކު ލޮކްޑައުން ދިގުދެމުންދާ ކޮންމެ ދުވަހަކީ ރައްޔިތުން ވަރަށް ހާލުގައި އުޅެން ޖެހިދާނެ ކަމެއް،" ވަންގް ބުންޏެވެ.
ބައެއް މީހުން ބުނި ގޮތުއި މި ދަނޑިވަޅުގައި ރައްޔިތުންގެ މެދުގައި "ބާޓާ ސިސްޓަމް" އޮތުމަކީ ވަރަށް ވެސް ބޭނުންތެރި ކަމެކެވެ. އަދި މީގެ ސަބަބުން އަވަށްޓެރިންގެ ތެރޭގައި އެހީވުމުގެ ރޫހު އިތުރުވެފައިވެ އެވެ.
ޖުމްލަ 13 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޝިއާން އަކީ މި ވަގުތު ޗައިނާގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ސިޓީ އެވެ.
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި
ފުރަބަންދާ ހެދި ޗައިނާގެ ގިނަ ބަޔަކު ކާޑަށް ޖެހިފައި
ފުރަބަންދުކޮށްފައިވާ ޝަންހާއީން ކޮވިޑުގެ ފުރަތަމަ މަރު
ކޮވިޑު ގިނަވެ ޗައިނާގެ އެންމެ ބޮޑު ސިޓީ ލޮކްޑައުނަށް
ޗައިނާގެ ސިނަމާތައް އަލުން ހުޅުވަން ދީފި
ޗައިނާގެ ބައި މިލިއަން މީހުން އަލުން ލޮކްޑައުން އަށް
ޗައިނާގެ ޕެންޑާތަކަށް ކެނެޑާގައި ކާންދެވޭކަށް ނެތް
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"އިންޑިއާ-ޗައިނާ މަޝްވަރާކޮށް ގުޅުން ބަދަހިކުރަންޖެހޭ"