18 އެޕްރީލް 2022
ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާ އެކު ފެތުރެމުން ދާތީ ފުރަބަންދުކޮށްފައި އޮތް، ޗައިނާގެ މާލީ އަދި ވިޔަފާރީގެ މައި މަރުކަޒު ޝަންހާއީ އިން އެ ބަލީގައި ފުރަތަމަ ފަހަރަށް އިއްޔެ މީހަކު މަރުވެއްޖެ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާ އެކު ފެތުރެމުން ދާތީ ފުރަބަންދުކޮށްފައި އޮތް، ޗައިނާގެ މާލީ އަދި ވިޔަފާރީގެ މައި މަރުކަޒު ޝަންހާއީ އިން އެ ބަލީގައި ފުރަތަމަ ފަހަރަށް އިއްޔެ މީހަކު މަރުވެއްޖެ އެވެ.
ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި ޝަންހާއީގައި ކޮވިޑް ފެތުރެން ފެށި ފަހުން، ޗައިނާގައި ކޮވިޑް ބަލީގައި މީހަކު މަރުނުވާތާ އަހަރު ދުވަސް ފަހުން، ކޮވިޑް ބަލީގައި އިއްޔެ ވަނީ ތިން މީހަކު މަރުވެފަ އެވެ. އެ ތިން މީހުންނަކީ ވެސް، ތަފާތު އެހެން ބަލިތަކުގައި ފަރުވާ ހޯދަމުން އައި، އުމުރުން 89 އަހަރާއި 91 އަހަރުގެ ދެ އަންހެނުންނާއި 91 އަހަރުގެ ފިރިހެނެކެވެ.
ޝަންހާއީގައި މިހާރު ކޮވިޑް ފެތުރެމުން ދަނީ، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ވައިރަހުގެ ސަބަބުން ކަމަށް އެ ގައުގެ ސިއްހީ ހިދުމަތްތަކާ ބެހޭ އިދާރާތަކުން ބުނެ އެވެ. މި ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން، އުމުރުން އެންމެ 10 ދުވަހުގެ ކުދިން ފެށިގެން، 100 އަހަރާ ގާތްކުރާ އުމުރުގެ މީހުންނަށް ވެސް ކޮވިޑް ޖެހެމުންދާ ކަމަށް ޗައިނާގެ ރަސްމީ އިދާރާތަކުން ބުނެ އެވެ.
ޝަންހާއީގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ކޮވިޑް ބައްޔަށް ޓެސްޓް ކުރި މީހުންގެ ތެރެއިން އެ ބަލި ޖެހިފައި ތިބީ 21،582 މީހެކެވެ. ނަމަވެސް އިއްޔެ ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން އެ ބަލި ޖެހިފައި ތިބީ 19،831 މީހެކެވެ.
ސައުވީސް ގަޑިއިރުގެ ތެރޭގައި އަދަދުތަކަށް މިފަދަ ބަދަލެއް އައި ނަމަވެސް، އެއީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ ކަމުގެ ނިޝާނެއް ނޫން ކަމަށް ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ޝަންހާއީ ފުރަބަންދުކޮށް، އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އެ ސަހަރުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވަރަށް ގިނަ ދަތިތައް ދަނީ ކުރިމަތިވަމުންނެވެ. ކާބޯތަކެތި ގަންނަން ވެސް ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާ އިރު، ގިނަ ގޭބިސީތަކުން ކާބޯތަކެތި ހުސްވަމުން ދާ ކަމުގެ ޝަކުވާތައް، އާންމު ރައްޔިތުން ގެންދަނީ ސަރުކާރުގެ އިދާރާތަކަށް ހުށަހަޅަމުންނެވެ.
ބޭރަށް ނުކުތުން މަނާ ކުރުމަށް ފަހު، ގޭބިސީތަކަށް ކާބޯތަކެއްޗާއި ޒަރޫރީ ބޭސް ފޮނުވައިދިނުމުގެ މަސައްކަތް ކުރަނީ، ސަރުކާރުން އެކަމަށް ކަނޑައަޅާފައި ތިބޭ ވަކި ބައެކެވެ. އެހެން ނަމަވެސް، ގޭބިސީތަކުން ކާބޯތަކެއްޗަށް އެދޭ މިންވަރަށް އެ ތަކެތި ފޯރުކޮށްދިނުމުގައި ލަސްތަކެއް މެދުވެރިވަމުން ދާ ކަމަށް، ޝަންހާއީން ލިބޭ ހަބަރުތައް ބުނެ އެވެ.
އިގްތިސާދީ ތަޖުރިބާކާރުން ބުނާ ގޮތުގައި ޝަންހާއީ ފުރަބަންދުކުރުމުގެ ސަބަބުން، ޗައިނާގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް 40 ޕަސެންޓް މިހާރު ހުރީ ހުއްޓިފަ އެވެ. އިގްތިސާދީ ހަރަކާތްތައް ހުއްޓިފައި އޮތުމުގެ ސަބަބުން، އެކަމުގެ ނުރަނގަޅު އަސަރުތައް އެންމެ ފުރަތަމަ ފޯރަން ފަށާނީ، ޝަންހާއީގެ އާބާދީގައި ހިމެނޭ 25 މިލިއަން މީހުންނަށެވެ.
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި
ފުރަބަންދާ ހެދި ޗައިނާގެ ގިނަ ބަޔަކު ކާޑަށް ޖެހިފައި
ޝަންހާއީގައި ކޮވިޑަށް ވުރެ ފުރަބަންދުގެ އުނދަގޫ ބޮޑު
ކޮވިޑު ގިނަވެ ޗައިނާގެ އެންމެ ބޮޑު ސިޓީ ލޮކްޑައުނަށް
ކާނާ އަށް ޖެހި ޗައިނާގެ ސިޓީއެއްގައި "ބާޓާ ސިސްޓަމް"
ޗައިނާގެ ސިނަމާތައް އަލުން ހުޅުވަން ދީފި
ޗައިނާގެ ބައި މިލިއަން މީހުން އަލުން ލޮކްޑައުން އަށް
ޗައިނާގެ ޕެންޑާތަކަށް ކެނެޑާގައި ކާންދެވޭކަށް ނެތް
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި