ލިޒްބަން (ޖެނުއަރީ 5) - ރެއާލް މެޑްރިިޑްގެ ކުރީގެ ޑިފެންޑަރު ފަބިއޯ ކޮއެންޓްރާއޯ، މިދިޔަ ސީޒަންގައި ކުޅުން ހުއްޓާލި ފަހުން މަހަށް ދާން ފަށައިފި އެވެ.
ލިޒްބަން (ޖެނުއަރީ 5) - ރެއާލް މެޑްރިިޑްގެ ކުރީގެ ޑިފެންޑަރު ފަބިއޯ ކޮއެންޓްރާއޯ، މިދިޔަ ސީޒަންގައި ކުޅުން ހުއްޓާލި ފަހުން މަހަށް ދާން ފަށައިފި އެވެ.
ޕޯޗްގަލްގެ ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅުނު ކޮއެންޓްރާއޯ މިދިޔަ ޖޫން މަހު ފުޓުބޯޅަ ކުޅުން ހުއްޓާލީ އުމުރުން 33 އަހަރުގަ އެވެ. މިހާރު އޭނާ ދަނީ އަމިއްލަ ބޯޓުގައި މަހަށެވެ.
އަމިއްލަ ފުރަތަމަ ބޯޓު އޭނާ ގަތީ ފުޓުބޯޅަ ކުޅެގެން ލިބުނު ފައިސާ އިންނެވެ. އަދި އޭރު އޭނާ ދިޔައީ ވެސް ޕޯޗްގަލްގެ ލީގުގައި ކުޅެމުންނެވެ. އޭރު 15 މީހުން އެބޯޓްގައި މަހަށްދެ އެވެ. އޭނާގެ ދަރިފުޅުގެ ނަމަށް ނިސްބަތްކޮށް "ވިކްޓޯރިއާ ކޮއެންޓްރާއޯ" މަސް ބޯޓުން ވަނީ 2018 ވަނަ އަހަރު ކަނޑުމަތީގައި ހާލުގައި ޖެހުނު އެހެން އުޅަނދަކަށް އެހީވެ ސަލާމަތްކޮށްދީފަ އެވެ.
ކޮއެންޓްރާއޯގެ މަސް ބޯޓް
އަމިއްލަ ބޯޓްގައި މަހަށް ދިއުމަކީ އޭނާ އަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ކޮއެންޓްރާއޯ ބުންޏެވެ. އޭނާ ބުނީ މަހަށް ދިއުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ނޫން ކަމަށާއި ވަރަށް ކުޑައިރު ފެށިގެން ކަނޑަށާއި މަސްވެރިކަމަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދިފައިވާ ކަމަށެވެ. ކޮއެންޓްރާއޯ ބުނީ އޭނާގެ ބައްޕަ އަކީ ވެސް އަމިއްލަ ބޯޓެއް އޮތް މަސްވެރިއެއް ކަމަށެވެ.
"މި ކަނޑުތަކުގައި މަސްވެރިކަން ކުރާ މީހުން ވެސް އެ އަދާކުރަނީ ރަސްމީ ވަޒީފާއެއް. އެ ޕްރޮފެޝަން އަށް އިހުތިރާމް ކުރަން ޖެހޭ،" އެމްޕަވާ ބްރޭންޑްސް ކޮމިޔުނިޓީ ޓީވީ އަށް ދިން އިންޓަވިއުގައި ކޮއެންޓްރާއޯ ބުންޏެވެ.
އެމްޕަވާ ބްރޭންޑްސް ކޮމިޔުނިޓީ ޓީވީ އަށް ކޮއެންޓްރާއޯ އިންޓވިއު ދެނީ
"ކަނޑުމަތީގައި މަސައްކަތް ކުރަން ޝައުގުވެރިވާ މީހުން ޖެހޭ އެ އުންމީދު ހާސިލު ކުރަން މަސައްކަތް ކުރަން. މި ވަޒީފާއަކީ އާޖީލުގެ ޒުވާނުންނަށް ވެސް ރަނގަޅު ވަޒީފާއެއް. އަހަރެންގެ ބައްޕަގެ އޮތް މަސްވެރިކަން ކުރާ ބޯޓެއް. އަހަރެން ކުޑައިރު ބައްޕައާ އެކު މަހަށް ގޮސް އުޅެން. ކުޑައިރު އަހަރެން ހޭދަ ކުރީ ކަނޑުމަތީގައި މަސްވެރިކަމުގައި."
އޭނާ ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހޭނެކަން ގަބޫލުކޮށް އޭނާ ދިޔައީ ތައްޔާރު ވަމުން ކަމަށެވެ. މިހާރު އޭނާގެ ތަނަވަސްކަން ބިނާވެފައި ވަނީ މަސްވެރިކަމުން ލިބޭ ނަފާގެ މައްޗަށް ކަމަށް ކޮއެންޓްރާއޯ ބުންޏެވެ.
އޭނާ ވަނީ ރެއާލްގެ އިތުރުން، ބެންފީކާ އާއި ސްޕޯޓިން ލިޒްބަން އަށް ކުޅެފަ އެވެ. ރެއާލްގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. ވާތު ބެކަށް ކުޅޭ ކޮއެންޓްރޯ އަށް ރެއާލްގެ އޭރުގެ ކޯޗް ހޯޒޭ މޮރީނިއޯ ވަނީ، ރެއާލްގެ މިހާރުގެ ކެޕްޓަން މާސެލޯ ވިއޭރާ ބެންޗަށް ބަދަލު ކުރުމަށް ފަހު ވެސް ފުރުސަތު ދީފަ އެވެ.
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ރެފްރީއަށް ނުބައިކޮށް މާނަކުރެވި ބެލިންހަމަށް ރަތް ކާޑު
ސިޓީގެ ބެނާއިން ރެއާލް އާއި ވިނީ ގުޑުވައެއް ނުލެވުނު
ޑިފެންސް ކުއްލި ހާލަތުގައި އޮވެ ރެއާލުން ކްލެސިކޯއަކަށް
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
ރެފްރީންގެ މައްސަލަ އޮޅުންނުފިލާތީ އަންޗެލޮޓީ ކަންބޮޑުވޭ
އިމަޖެންސީގައި ރެއާލަށް އެހީވީ ޒުވާން ކުޅުންތެރިން
ރޮނާލްޑޯއަށް 40، އަދިވެސް އެންމެ މަތީ ފޯމްގައި
ބިލިއަނުގެ އާމްދަނީއެއް ހޯދި ފުރަތަމަ ކްލަބަކަށް ރެއާލް
ރެއާލުން ވަކިވާކަށް ނުނިންމަން: އަންޗެލޮޓީ