މަޝްރޫއުތައް ހިންގާ އިރު އެޑްވާންސަށް ފައިސާ ދޫކުރާނީ ގެރެންޓީއެއް ބެހެއްޓުމަށް ފަހު ކަމަށް މާލިއްޔަތު ގަވާއިދަށް 2020ގައި ގެނައި އިސްލާހު ބަދަލުކޮށް، ސަރުކާރުގެ ކުންފުނިތަކަށް ލުޔެއް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
05 ޖެނުއަރީ 2022
މަޝްރޫއުތައް ހިންގާ އިރު އެޑްވާންސަށް ފައިސާ ދޫކުރާނީ ގެރެންޓީއެއް ބެހެއްޓުމަށް ފަހު ކަމަށް މާލިއްޔަތު ގަވާއިދަށް 2020ގައި ގެނައި އިސްލާހު ބަދަލުކޮށް، ސަރުކާރުގެ ކުންފުނިތަކަށް ލުޔެއް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މާލިއްޔަތު ގަވާއިދަށް މި ފަހުން ބަދަލު ގެނެސް އިއްޔެ ގެޒެޓްކޮށްފައިވާ އިސްލާހުގައިވާ ގޮތުގައި ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު ސަރުކާރުގެ ކުންފުނިތަކުގެ ބައެއް މަޝްރޫއުތަކަށް އެޑްވާންސްކޮށް ފައިސާ ދޫކުރެވިދާނެ އެވެ. މި އިސްތިސްނާ މި ގެނައީ އެޑްވާންސް ފައިސާ ދޫކުރުން ހަރުކަށިކޮށްފައި ބޭއްވުމަށް ފަހު އެވެ.
އިސްލާހުގައިވާ ގޮތުން އެޑްވާންސް ފައިސާ ދޫކުރެވޭނީ ސަރުކާރުގެ އާންމު ހިދުމަތްތަކަށާއި ކެޕިޓަލް ހަރަދުތަކަށް ވަގުތީގޮތުން ދޭން ޖެހޭ ފައިސާ ދިނުމަށާއި އެމްއެމްއޭގެ އެކައުންޓެއް ނެތި ކުރަން ޖެހޭ ހަރަދުތައް ކުރުމަށެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީސްތަކުގެ ހަރަދުތައް ކުރުމުގައި ވެސް މިގޮތަށް އެޑްވާންސަށް ފައިސާ ދޫކުރެވޭނެ އެވެ.
ކުރިން ހަމަަޖައްސާފައި އޮތް ގޮތުން ޕްރޮޖެކްޓަކަށް އެޑްވާންސްކޮށް ފައިސާ ދޫކުރާ ނަމަ، އެއާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަން ޖެހެ އެވެ. މިގޮތަށް ހޯދާ ޕޭމަންޓް ގެރެންޓީއެއް ވާން ޖެހޭނީ ސަަރުކާރުން ގަބޫލުކުރާ މާލީ އިދާރާއަކުން ދޫކޮށްފައިވާ ގެރެންޓީއަކަށެވެ.
މާލިއްޔަތު ގަވައިދުގެ އެޑްވާންސް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފައިވަނީ 2020 ވަނަ އަހަރު ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ހިސާބުންނެވެ. އޭރު ފައިސާ ދޫކުރަން ޖެހޭނީ ޕާފޯމަންސް ގެރެންޓީއެއް ބަހައްޓާފައި ކަމަށް އޮތަސް ވެންޓިލޭޓަރަށް އެޑްވާންސް ފައިސާ ދޫކުރީ އެ އުސޫލާ ހިލާފަށެވެ.
ވޭތުވެދިޔަ ދެ އަހަރު 73 ޕަސެންޓަށް ދަރަނި އިތުރުވި
ހަރަދު 318 މިލިއަން، އާމްދަނީ 130 މިލިއަން!
ބިޑަކާ ނުލައި ތަކެތި ހޯދޭގޮތަށް ގަވައިދު އިސްލާހުކޮށްފި
2026 ގެ ދަރަނީގެ ބައެއް އަންނަ އަހަރު ދައްކަނީ
ލޯނުތަކަށް އެއް ބިލިއަން ރުފިޔާ ދައްކައިފި
"ދަރަންޏާ އަޅާ ބަލާއިރު ސޮވަރިން ފަންޑް މާ ކުޑަ"
ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް ނުނަގާނަން: ޝަފީގު
"އެސްއޯއީތައް ރީފޯމުކުރަން ބާރުތައް ޕީސީބީއަށް ދޭނަން"
އާ އެއްވެސް ބަޔަކަށް ބަދަލެއް ނުދެން:ޝަފީގު
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ