ބިޑަކާ ނުލައި ނުވަތަ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދޭނެ ގޮތަށް ސަރުކާރުން މާލިއްޔަތު ގަވައިދަށް މިއަދު އިސްލާހެއް ގެނެސްފި އެވެ.
26 ފެބުރުއަރީ 2025
ބިޑަކާ ނުލައި ނުވަތަ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދޭނެ ގޮތަށް ސަރުކާރުން މާލިއްޔަތު ގަވައިދަށް މިއަދު އިސްލާހެއް ގެނެސްފި އެވެ.
އެ އިސްލާހުގައިވާ ގޮތުން، ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ތަކެތި ގަތުމާއި ހިދުމަތް ދޭން ހަވާލުކުރެވޭނީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކަށެވެ. އޭގެ އިތުރުން ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކުގެ ގޮތުގައި ކަމާ ގުޅޭ ދައުލަތުގެ އޮފީހަކުން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައ،ި އެ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުނ،ް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތައް ކުރިއަށް ގެންދަން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ތެރެއިން އަމަލު ކުރުމުގެ ޖާގަ ވެސް އިސްލާހުގެ ދަށުން މިހާރު ވަނީ ފަހިކޮށްދީފަ އެވެ.
މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅަން ޖެހޭނެ ކަން ވެސް ފާހަގަކޮށްފަ އެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން "ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް" ގެ ތެރެއިނ،ް ދައުލަތުގެ އޮފީހަކުން މިނިސްޓްރީ އަށް ހުށަހަޅައ،ި މިނިސްޓަރުގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލުކުރުމަށް ނިންމައިފި ނަމ، އެ މަޝްރޫއަށް ބިޑު ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ވެސް މިނިސްޓަރަށް ލިބިގެންވެ އެވެ.
އެ މާއްދާގެ ދަށުން އިސްތިސްނާ ދެވޭ މަޝްރޫއުތައް ބަލަހައްޓާ ކަމާ ބެހޭ މިނިސްޓްރީއަކުން އެ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓު އެކުލަވާލައި، މިނިސްޓްރީން އަންގާ ގޮތުގެ މަތީން މިނިސްޓްރީ އަށް ފޮނުވަމުން ގެންދަން ވާނެ ކަމަށް ވެސް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.
ބިޑަކާ ނުލާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހެއް ގެނައި އިރު، ވެރިކަމާ ހަވާލުވެ، މި ސަރުކާރުން ޑިސެމްބަރު 2023 ގައި ވަނީ ކުރީގެ ސަރުކާރުން އެކުލަވައިލި ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު އުވާލައިފަ އެވެ.
ޖެނުއަރީ 2019 ވަނަ އަހަރު އެކުލަވައިލި އެ އުސޫލުގެ ބޭނުމަކަށް އޭރު ވީ، ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑު ކުރުމަކާ ނުލައި، ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅުއްވާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގުމެވެ.
އެ އުސޫލު ކުރީ ސަރުކާރުން އެކުލަވައިލި އިރު ވެރިކަމަށް އައުމަށް ފަހު ނޮވެމްބަރު 2018، ގައި ބިޑަކާ ނުލައި ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރެވޭ ގޮތަށް އޮންނަ އުސޫލަށް އަމަލުކުރުން މަޑުޖައްސައިލި އެވެ. ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް، ބިޑަކާ ނުލައި ރަށްތައް ތަރައްގީ ކުރުމަށް ނިންމާފައިވަނީ 2016 ވަނަ އަހަރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުންނެވެ.
އޭރު ސަރުކާރުން ބޭނުންވެގެން ޓޫރިޒަމް ގާނޫނު ބަދަލު ގެނައުމުން އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
ރިޓަޔަމެންޓް އުސޫލަށް ގެންނަ ބަދަލު އުވާލައިފި
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
އެމްޓީސީސީ ފަދަ އިތުރު ކުންފުންޏެއް އުފައްދަނީ
ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގެ ނަން ބަދަލުކޮށްފި
އެޑްވާންސް ފައިސާ ދޫކުރުމުގައި އެސްއޯއީތަކަށް ލުޔެއް
ފައިސާ ޗާޕްކުރުމަކީ ރައްޔިތުންނަށް ދޭ ލަނޑެއް: ޝަރީފު
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ފައިސާ ޗާޕުކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަނީ