ދައުލަތަށް ލިބޭ އެއްޗަކަށް ވުރެ ރާއްޖޭގެ ހަރަދު ބޮޑުވުން މި އޮތީ އާންމު ކަމަކަށް ވެފަ އެވެ. އެކަން މިދިއަ ހަފުތާގެ މާލީ ހިސާބަށް ބެއްޔަސް އެނގެ އެވެ.
16 ޑިސެމްބަރ 2018
ދައުލަތަށް ލިބޭ އެއްޗަކަށް ވުރެ ރާއްޖޭގެ ހަރަދު ބޮޑުވުން މި އޮތީ އާންމު ކަމަކަށް ވެފަ އެވެ. އެކަން މިދިއަ ހަފުތާގެ މާލީ ހިސާބަށް ބެއްޔަސް އެނގެ އެވެ.
މިދިއަ ހަފުތާގައި ދައުލަތުން 318.1 މިލިއަން ރުފިޔާ ހަރަދުކުރި އިރު އާމްދަނީގެ ގޮތުގައި ލިބުނީ އެންމެ 130 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ލިބުނު އެއްޗަކަށް ވުރެ މިދިއަ ހަފުތާގައި އެކަނި ވެސް 188 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރި އެވެ.
ރިކަރެންޓް ހަރަދުގެ ގޮތުގައި މިިދޔަ ހަފްތާގައި ހޭދަކުރީ 228.4 މިލިއަން ރުފިޔާ އެ އެވެ. ކެޕިޓަލް ހަރަދަކީ 89.7 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ގިނައީ ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށެވެ. އެގޮތުން 69.1 މިލިއަން ރުފިޔާ ހޭދަވީ އޭގެ އެކި މަސައްކަތްތަކަށެވެ.
މިދިޔަ ހަފްތާގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނީ 75 މިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީ އުޅުނީ 52.8 މިލިއަން ރުފިޔާގަ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ހަފުތާއާ ހަމަޔަށް 23.4 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
މި އަހަރުގެ ބަޖެޓަކީ 24.8 ބިލިއަން ރުފިޔާ އެވެ.
މުޅި އަހަރަށް ބަލާއިރު މިދިއަ ހަފުތާގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން ޑެފިސިޓްގެ މިންވަރަކީ މިހާތަނަށް 3.4 ބިލިއަން ރުފިޔާ އެވެ.
މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 22.4 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މާލީ ހާލަތު ހަފްތާއަކު އެއް ފަހަރު ހާމަކުރަން އާ ސަރުކާރުން ފެށި އިރު ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މިހާތަނަށް ދެއްކި އަދަދާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރި އަދަދަށް މިދިއަ ދެ ހަފްތާގައި ބަދަލެއް ނާދެ އެވެ. ސަރުކާރުގެ ލޯނުތަކަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 1.2 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކަ އެވެ.
އެޑްވާންސް ފައިސާ ދޫކުރުމުގައި އެސްއޯއީތަކަށް ލުޔެއް
ވޭތުވެދިޔަ ދެ އަހަރު 73 ޕަސެންޓަށް ދަރަނި އިތުރުވި
ބިޑަކާ ނުލައި ތަކެތި ހޯދޭގޮތަށް ގަވައިދު އިސްލާހުކޮށްފި
2026 ގެ ދަރަނީގެ ބައެއް އަންނަ އަހަރު ދައްކަނީ
ލޯނުތަކަށް އެއް ބިލިއަން ރުފިޔާ ދައްކައިފި
"ދަރަންޏާ އަޅާ ބަލާއިރު ސޮވަރިން ފަންޑް މާ ކުޑަ"
ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް ނުނަގާނަން: ޝަފީގު
"އެސްއޯއީތައް ރީފޯމުކުރަން ބާރުތައް ޕީސީބީއަށް ދޭނަން"
އާ އެއްވެސް ބަޔަކަށް ބަދަލެއް ނުދެން:ޝަފީގު
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ