Roadha Mihaaru
ނިދުމުގައި ދިމާވާ މައްސަލަތަކަށް ޓްރީޓޮޕުން ހައްލު

ނިދުމުގައި ދިމާވާ މައްސަލަތަކަށް ޓްރީ ޓޮޕުން ހައްލު ހޯދައިދެނީ

07 ޖެނުއަރީ 2022

ހޯމް ކެއާ ސްލީޕް ސްޓަޑީ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހޯމް ކެއާ ސްލީޕް ސްޓަޑީ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ޕޭޝަންޓުންގެ ގެއަށް ގޮސް ވެސް ދެ އެވެ. ޕޮލިސޮމްނޮގްރަފީ ނުވަތަ ނިދި ޓެސްޓް ކުރުމަކީ ރޭގަނޑު މީހާ ނިދާފައި އޮންނަ ވަގުތު ސިކުނޑިއަށާއި ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމުގެ ގޮތުން ހަދާ ޓެސްޓެކެވެ. މި ޓެސްޓު ހެދުމަށްޓަކައި ޕޮލިސޮމްނޮގްރަފީ ޓެކްނޮލޮޖިސްޓުން ޕޭޝަންޓުންގެ ގެއަށް އިކުއިޕްމެންޓާ އެކު ގޮސް ޓެސްޓު ހަދާނެ އެވެ.

ނިދުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ސްލީޕް އެޕްނިއާ (ނިދާފައި އޮންނައިރު އެކި ފަހަރު މަތިން ނޭވާ ހުއްޓުމާއި، ގުގުރި ދެމުން)، ނާކޮލެޕްސީ (އަބަދު ނިދި އައުން)، އިންސޮމްނިއާ (ރޭގަނޑުގެ ގިނަ ވަގުތު ނިދި ނައުން)، ސްލީޕް ވޯކިން (ނިދީގައި ހުރެގެން ހިނގުމާއި އެހެނިހެން ހަރަކާތްތައް ހިންގުން)، ރެޕިޑް އައި މޫވްމަންޓް ޑިސްރަޕްޓިވް ސްލީޕް ޑިސްއޯޑާ (ނިދީގައި އޮންނައިރު "ހަމަލާދޭ" ފަދަ ހަރަކާތެއް ކުރެވުން) ހިމެނެ އެވެ. މިފަދަ މައްސަލަތަކަށް ޓްރީ ޓޮޕް އިން ހަދާ ސްލީޕް ސްޓަޑީން ހައްލު ލިބޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހޯމް ކެއާ ސްލީޕް ސްޓަޑީ ސާވިސްގެ އެހީ އާ އެކު، ޓޫރިސްޓުންނަށް ވެސް ހަމަ ނިދި ލިބުމަށް ހުރަސް އެޅޭ ސަބުބުތައް ހޯދޭނެ އެެވެ. ޓްރީ ޓޮޕުން ބުނީ ޕޮލިސޮމްނޮގްރަފީ ޓެސްޓްގެ ހިދުމަތްތައް ދިނުމުގައި އެންމެ ޒަމާނީ މެޝިނަރީ އާއި ވަސީލަތްތަކާއި ޑޮކްޓަރުން ވެސް އެ ހޮސްޕިޓަލުގައި އެބަތިބި ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.