09 ޖެނުއަރީ 2022
ޕާކިސްތާނުގެ އުތުރުގައި އޮންނަ ޓޫރިސްޓް ސަރަހައްދެއް ކަމަށްވާ މުއްރީއަށް ބޯކޮށް ފައިބައިފައިވާ ސްނޯތަކުގެ ތެރޭގައި، އެއްގަމު އުޅަނދުތަކެއް ތާށިވުމުގެ ސަބަބުން، މަދުވެގެން 21 މީހަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.
ޕާކިސްތާނުގެ އުތުރުގައި އޮންނަ ޓޫރިސްޓް ސަރަހައްދެއް ކަމަށްވާ މުއްރީއަށް ބޯކޮށް ފައިބައިފައިވާ ސްނޯތަކުގެ ތެރޭގައި، އެއްގަމު އުޅަނދުތަކެއް ތާށިވުމުގެ ސަބަބުން، މަދުވެގެން 21 މީހަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.
ޕާކިސްތާނު ފުލުހުން ބުނި ގޮތުގައި މުއްރީގައި ޗުއްޓީ ހޭދަކުރަން ދިޔަ އެތައް ހާސް ބަޔަކު މަގުމަތިން ދުއްވާފައި ދިޔައިރު، ބޯކޮށް ސްނޯ ފައިބައި މަގުތަކުން ދުއްވޭވަރު ނުވުމުން، އެ އެންމެން އެ މީހުންގެ ތިބި އުޅަނދުތަކުގެ ތެރޭގައި ތާށިވެފައި އެތައް ގަޑިއިރަކު ތިބެންޖެހުނެވެ. ސިފައިންނާއި ފުލުހުން ނުކުމެ މަގުން ސްނޯތައް ކަހައިގެން އުޅަނދުތަކުން މީހުން ނެރެވޭވަރުވި އިރު، 22 މީހަކު ވަނީ މަރުވެފަ އެވެ.
މަރުވި މީހުންގެ ތެރޭގައި، އިސްލާމް އާބާދު ފުލުހުންގެ އިސް އޮފިސަރަކާއި އޭނާގެ އާއިލާގެ ހަތް މެންބަރަކު ހިމެނެ އެވެ. އެ ސަރަހައްދަށް ބޯކޮށް ސްނޯ ފައިބަން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން، އެ ސަރަހައްދުގައި ވަނީ ހަތަރު ފޫޓު ބޯމިނަށް ސްނޯ ހެދިފަ އެވެ.
މުއްރީ ސަރަހައްދުގެ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އުމަރު މަގުބޫލު ވިދާޅުވި ގޮތުގައި އެ ސަރަހައްދުގެ މަގުތަކަސް ފައިބައިފައި ހުރި ސްނޯތައް ގަނޑުވެފައި ހުރިލެއް ބޮޑުކަމުން، ސްނޯތައް ކަހަން ޖެހުނީ ބަރު އާލާތްތަކާއި އުޅަނދުތައް ބޭނުންކޮށްގެންނެވެ. އެ ސަރަހައްދުގެ ފިނިހޫނުމިން އިއްޔެ ވެސް ހުރީ މައިނަސް އަށް ޑިގްރީ ސެލްސިއެސްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަރުވި މީހުންގެ ހަށިތައް ފެނުނީ ސްނޯތަކުގެ ތެރޭގައި ވަޅުލެވިފައި ހުރި ކާރުތަކުގެ ތެރެއިންނެވެ. މަރުވި މީހުންގެ ތެރޭގައި 10 ފިރިހެނުންނާއި، 10 ކުޑަކުދިންނާއި ދެ އަންހެނުން ހިމެނެ އެވެ.
ކުއްލި ހާލަތްތަކުގައި އެހީދޭ އިދާރާއިން ބުނި ގޮތުގައި ސްނޯތަކުގެ ތެރޭގައި ތާށިވި ކާރުތަކާއި ވޭންތަކުގެ ތެރޭގައި ތިބި މީހުންނަށް ކާބޯތަކެއްޗާއި ރަޖާ ފަދަ ތަކެތި ފޯރުކޮށްދެވުނެވެ. ނަމަވެސް ފިނި ގަދަވުމުގެ ސަބަބުންނާއި، ގިނަ އިރުތަކެއް ވަންދެން ކާރުތަކުގެ ހީޓަރުތައް ޖައްސާފައި ހުރުމުން، ކާރުތަކުގެ އެތެރޭގައި ކާބަން މޮނޮކްސައިޑް ވިހަ އުފެދުމުގެ ސަބަބުން ބައެއް މީހުން މަރުވީ އެވެ.
ފުލުހުން ބުނި ގޮތުގައި، ސްނޯތަކުގެ ތެރޭގައި ތާށިވެފައި ހުރި އެއްގަމު އުޅަނދުތަކުން މީހުން ސަލާމަތްކުރުމުގައި، ޕެރަމިލިޓަރީ ސިފައިންނާއި ފަރުބަދަމަތީގައި ހަރަކާތްތެރިވާ ހާއްސަ ޔުނިޓްގެ ސިފައިންގެ ބޭނުން ހިފަން ޖެހުނެވެ.
ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގައި ސްނީ ފައިބާ ދުވަސްވަރު މުއްރީ އަވަށަށް ޓޫރިސްޓުންނާއި ޕާކިސްތާނުގެ އާންމުން ޒިޔާރަތްކުރުމަކީ އާންމު ކަމެކެވެ. ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް، އެއް ލައްކައެއްހާ އެއްގަމު އުޅަނދު، އެ ސަރަހައްދަށް ދެވެން އޮންނަ ހަނި މަގުތަކުން މުއްރީ އަށް ދަތުރުކުރި ކަމަށްވެ އެވެ.
އޮކްޓޯބަރެއްގައި ފުޖީގައި ސްނޯ ނެތް ފުރަތަމަ ފަހަރު
ވައި ނުސާފުވެގެން ޕާކިސްތާނުގައި ސްކޫލްތައް ބަންދު
ޕާކިސްތާނުގައި ހޮނުއަޅައިގެން 28 މީހުން މަރުވެއްޖެ
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް
އިރުމަތީ އޭޝިޔާއަށް އާދަޔާ ޚިލާފު ފިނި މޫސުމެއް
ފިނީގެ ތޫފާނުގައި އެމެރިކާ އިން 50 މީހުން މަރުވެއްޖެ
އެމެރިކާ އާއި ކެނެޑާ ރައްޔިތުން ގަދަ ފިނީގައި
އެމެރިކާ އަށް ނަގޫރޯޅި އާއި ގަނޑުފެނުގެ ނުރައްކާ
ޕާކިސްތާނުގައި ފެންގަނޑު ހިނދޭއިރު ކޮލެރާ ފެތުރެނީ