12 ޖެނުއަރީ 2022
ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުން ދާއިރު، އަބަދުވެސް އެންމެ ބޮޑު ކަންބޮޑުވުމަށް ވެފައި އޮންނަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މީހުން ރާއްޖެ އެނބުރި އައިސް މިނިވަންކަމާ އެކު އުޅެމުންދާ ދިއުމެވެ. އާންމުންގެ ކަންބޮޑުވުންތައް ކިތަންމެ ބޮޑުވެފައި އޮތަސް، ރާއްޖެއިން ބޭރުގައި ހަނގުރާމައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް ރާއްޖޭގައި މިހާތަނަށް ކުށް ސާބިތުވެފައެއް ނެތެވެ. އޭގެ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.
ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުން ދާއިރު، އަބަދުވެސް އެންމެ ބޮޑު ކަންބޮޑުވުމަށް ވެފައި އޮންނަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މީހުން ރާއްޖެ އެނބުރި އައިސް މިނިވަންކަމާ އެކު އުޅެމުންދާ ދިއުމެވެ. އާންމުންގެ ކަންބޮޑުވުންތައް ކިތަންމެ ބޮޑުވެފައި އޮތަސް، ރާއްޖެއިން ބޭރުގައި ހަނގުރާމައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް ރާއްޖޭގައި މިހާތަނަށް ކުށް ސާބިތުވެފައެއް ނެތެވެ. އޭގެ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.
ޓެރަރިޒަމްގެ ގާނޫނު ކުރިން އޮންނަ ގޮތުން އެ ގާނޫނުގެ ދަށުން ކުށްވެރިވަނީ ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ ނުވަތަ ހަނގުރާމައެއްގައި ބައިވެރިވެއްޖެ ނަމަ އެވެ. އެކަމަކު ހަނގުރާމައެއްގައި ބައިވެރިވިކަން ނުވަތަ ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި މީހަކު ދިޔަކަން ކޯޓެއްގައި ސާބިތު ކުރުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. ސަބަބަކީ އެފަދަ ތުހުމަތު ކުރެވޭ މީހުން އަތުލައިގަނެވެނީ ހަނގުރާމައެއްގައި ނުވަތަ އެފަދަ ސަރަހައްދަކުން ކަމަށް ނުވުމެވެ.
ރާއްޖެއިން ހަނގުރާމަ އަށް ދިޔަ ކަމަށް ތުހުމަތު ކުރެވުނު މީހުންގެ މައްސަލަތަކުގައި މިހާތަނަށް ވެސް މީހުން ހައްޔަރު ކޮށްފައި ހުރީ އެ މީހުން އަމިއްލަ އަށް ރާއްޖެ އައުމުން ނުވަތަ ހަނގުރާމަ ހިނގާ ސަރަހައްދާ ކައިރި ގައުމަކުން އެ މީހުން އަތުލައިގަނެ، ރާއްޖެއާ ހަވާލު ކުރުމުންނެވެ. އެހެންވެ ހަނގުރާމަވެރި ސަރަހައްދަކަށް އެ މީހުން ވަދެފައިވާ ކަން ނުވަތަ ހަނގުރާމައެއް ކުރިކަމުގެ އެއްވެސް ހެއްކެއް ނުލިބެ އެވެ. ނަތީޖާއަކަށް ވަނީ އެފަދަ މައްސަލަތަކުގައި މިހާތަނަށް ދައުވާކުރި އެއްވެސް މައްސަލަ ސާބިތުނުވެ، މީހުން ދޫވުމެވެ.
އެކަމަކު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މިދިޔަ މަހު ގެނައިި އިސްލާހުގެ ދަށުން ހަނގުރާމަވެރި ސަރަހައްދަކަށް ވަދެފައި ނުވިޔަސް، އެއިން ސަރަހައްދަކާ ކައިރި ގައުމަކަށް ދިޔަޔަސް ހަނގުރާމައަށް ދިޔައީ ކަމަށް ބެލެވޭނެ އެވެ. އެގޮތުން ހަނގުރާމަވެރި ސަރަހައްދަކާ އިންވެގެން އޮންނަ އަދި އެތަނަކަށް އެއްގަމު މަގުން ދެވޭނެ އެހެން ގައުމަކަށް ދިއުމަށްފަހު އެތަނުގައި މަޑުކޮށްފި ނަމަ އަދި މަޑުކުރި ސަބަބު ބަޔާންކޮށް ނުދެވޭ ނަމަ އެއީ ހަނގުރާމައަށް ދިޔަ މީހެއް ކަމަށް ބެލެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހު އޮތްގޮތުން ހަނގުރާމަވެރި ސަރަހައްދަކާ އިންވެގެން އޮންނަ އެހެން ގައުމަކަށް ދިޔަކަން ކޮންމެހެން ސާބިތު ނުވިޔަސް، ބައެއް ހާލަތްތަކުގައި އެ މީހަކު ކުށްވެރިވާނެ އެވެ. އެގޮތުން ހަނގުރާމަވެރި ސަރަހައްދަކާ އިންވެގެން އޮންނަ ގައުމަކަށް ދިޔަ ކަމަށް ބެލެވޭ ސަބަބުތަކެއް ހުރުމާ އެކު، ވިސާ ނުވަތަ ޕާސްޕޯޓެއް ނެތް ނަމަ ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވެފައިވާ ނަމަ އެއީ ވެސް ހަނގުރާމައަށް ދިޔަ މީހެއް ކަމަށް ބެލެވޭނެ އެ އިސްލާހުގައިވެ އެވެ.
މާނައަކީ އެ އިސްލާހު އޮތްގޮތުން ކޮންމެހެން ހަނގުރާމަވެރި ސަރަހައްދަކަށް ވަދެފައިވާ ކަން ސާބިތުވުން ލާޒިމެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ސަރަހައްދަކާ އިންވެގެން އޮންނަ ގައުމަކަށް މަގްބޫލު ސަބަބެއް ނެތި ދިއުމުން އެއީ ހަނގުުރާމަ އަށް ދިޔަ މީހެއް ކަމަށް އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ބެލެވޭނެ އެވެ. އަދި އެފަދަ ތަނަކަށް ދިޔަ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުމާ އެކު، ވިސާ ނުވަތަ ސައްހަ ޕާސްޕޯޓެއް ނެތިއްޖެ ނަމަ އެއީ ވެސް އެ ގާނޫނުގެ ދަށުން ހަނގުރާމައަށް ދިޔަ މީހެއް ކަމަށް ބެލެވޭނެ ކަމެކެވެ.
ސިފައިންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު
މިގޮތަށް އެ އިސްލާހުގައި ހިމަނާފައި އޮތީ ހަނގުރާމައަށް ދިއުމަށްފަހު އެނބުރި އަންނަ މީހުންނާއި ހަނގުރާމައަށް ދާން އުޅެނިކޮށް ކައިރި ގައުމުތަކުން އަތުލައިގަނެވޭ މީހުންގެ މައްޗަށް ފަސޭހައިން ކުށް ސާބިތުކޮށް އަދި މުޖްތަމައުގެ ތެރެއަށް އެ މީހުން ދޫވެގެން ދިއުން ހުއްޓުވުމަށެވެ. އެހެންވެ، އެފަދަ މައްސަލަތަކުގައި އެފަދަ ކުރިން ނުލިބޭ ފަދަ ބޮޑެތި ބާރުތަކެއް ވެސް ތަހުގީގީ އިދާރާތަކަށް ލިބޭ ގޮތަށް އެ އިސްލާހުގެ ދަށުން ވަނީ ގާނޫނު އިތުރަށް ހަރުކަށިކޮށްފަ އެވެ.
އެގޮތުން އެފަދަ ސަރަހައްދަކުން ރާއްޖެ ގެންނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިދާރީ ބަންދެއްގައި ބެހެއްޓުމުގެ ބާރު އޮވެ އެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ހަނގުރާމަކުރި ކަމުގެ ތުހުމަތެއް ނުވަތަ ޓެރަރިޒަމްގެ އެހެން ތުހުމަތެއް ނެތަސް، އެ މީހެއްގެ ފަރާތުން އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށްޓަކައި ވަގުތީ މަރުކަޒެއްގައި ބަންދު ކުރެވޭނެ ކަމަށް އެ އިސްލާހުގައިިވެ އެވެ. އަދި އެ މީހަކު ހައްޔޔަރު ކުރުން ނުވަތަ މޮނިކޮން އަމުރެއް ނެރުމާ މެދު ގޮތެއް ނިންމާނީ އޭގެފަހުންނެވެ.
މިވަރުން ވެސް ނިމުނީކީއެއް ނޫނެވެ. އެގޮތަށް ރާއްޖެއިން ބޭރުން ގެންނަ މީހުންގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ވަގުތުން ހައްޔަރު ކުރުމުގެ ބާރު އެ އިސްލާހުގެ ދަށުން ފުލުހުންނަށް ލިބެ އެވެ. އަދި ހައްޔަރު ކުރުމަށްފަހު ވެސް ކޯޓަށް ހާޒިރު ކުރުމެއް ނެތި 48 ގަޑިއިރު ވަންދެން އެ މީހަކު ބަންދުގައި ބެހެއްޓުމުގެ ބާރު ވެސް ލިބެ އެވެ. މިއީ ކޯޓަށް ހާޒިރު ކުރުމެއް ނެތި 24 ގަޑިއިރަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމުގެ ހުއްދަ ރާއްޖޭގައި ދިން ފުރަތަމަ ފަހަރެވެ.
ހަމައެހެންމެ، 48 ގަޑިއިރު ހަމަވުމުން ކޯޓަށް ހާޒިރު ކުރިޔަސް، އެ އިސްލާހު އޮޮތްގޮތުން ނަމަ އެ މީހަކު ފަސޭހައިން ދޫކުރެވޭކަށް ނެތެވެ. އެގޮތުން އެފަދަ މީހަކު ދޫކޮށްލައިފިި ނަމަ މުޖްތަމައުއަށް ނުރައްކާވެދާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށް މަދަނީ މިންގަނޑުން ބެލެވުނަސް، އެ މީހާ ބަންދު ކުރަން އަމުރު ކުރަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި އެކަމުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ އެކަށީގެންވާ ހެއްކެއް ކަމަށް ބެލެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މީގެކުރިން ގާނޫނު އޮތްގޮތުން ނަަމަ، ހަނގުރާމަވެރި ސަރަހައްދުތަކަށް އުފަންވާ ކުދިންނާއިި އެފަދަ ސަރަހައްދުތަކަށް އާއިލާއާ އެކު ދިއުމަށްފަހު އާއިލާއާ އެކު އެނބުރި އަންނަ ކުދިންނަކީ ހަނގުރާމަވެރިން ކަމުގައި ނުބަލަ އެވެ. އަދި އޭރު އޮތްގޮތުން ނަމަ، އެފަދަ ކުދިން ރާއްޖެ ގެނަޔަސް، އާންމު އުސޫލުން އެ ކުދިން މައިންބަފައިންނާ ވަކި ނުކުރެވޭނެ އެވެ. އެކަމަކު މިފަހަރު ގެނައި އިސްލާހުގައި އެކަން ވެސް އޮތީ އިތުރަށް ހަރުކަށިކޮށްފަ އެވެ.
އެގޮތުން ހަނގުރާމަވެރި ސަރަހައްދަކުން އެނބުރި އަންނަ ކުދިންގެ ތެރެއިން 15 އަހަރު ފުރިފައިވާ ކުދިންނަކީ ހަނގުރާމަވެރިންގެ ގޮތުގައި ބެލެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ. މާނައަކީ އެ ކުދިން ވެސް މައިންބަފައިންނެކޭ އެއްގޮތަށް ހާއްސަ މަރުކަޒެއްގައި ވަގުތީ ގޮތުން ބަންދު ކުރުމާ އެކު، މުޖްތަމައުގެ ތެރެއަށް ދޫކުރުމުގެ ކުރިން ނުރައްކަލެއް ނެތްކަން ކަށަވަރު ކުރާނެ އެވެ. އަދި 15 އަހަރުން ދަށުގެ ކުދިން ނަމަ، އެ ކުދިން ދައުލަތަށް ނެގުމުގެ ބާރު ވެސް އެ އިސްލާހުގެ ދަށުން ލިބެ އެވެ.
ހަމައެހެންމެ، ހަނގުރާމަވެރި ސަރަހައްދުތަކުގައި އުފަންވާ ކުދިންނާ މެދު އަމަލު ކުރާނެ އުސޫލުތައް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އެގޮތުން އެފަދަ ތަނެއްގައި ތިއްބާ ދިިވެހިިންނަށް ލިބޭ ދަރިން ރާއްޖޭގައި ރަޖިސްޓްރީކުރަން ލާޒިމް އެ އިސްލާހުގެ ދަށުން ލާޒިމްވެ އެވެ. އަދި ރަޖިސްޓްރީ ނުކުރާ ނަމަ، އެއީ ދިވެއްސެއްގެ ދަރިއެއް ކަން ސާބިތު ކުރަން މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ ފަރާތުން އެކަން ކޯޓަށް ހުށަހަޅައިގެން ސާބިތުކޮށް ދޭންޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ޓެރަރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނައި އެ އިސްލާހަކީ ރާއްޖެއިން ބޭރުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގުމަށްފަހު އަނބުރާ އަންނަ މީހުން ސަލާމަތްވުން ހުއްޓުވަން އެޅޭނެ ބޮޑު ފިޔަވަޅެކެވެ. ރާއްޖެއިން ބޭރުގައި ޓެރަރިސްޓް އަމަލެއް ކުރިކަން ނުވަތަ އެފަދަ ސަރަހައްދަކަށް ދިޔަކަން ސާބިތު ނުވިޔަސް، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެފަދަ މީހުންނާ ފިޔަވަޅު އެޅޭ ގޮތަށް އޮތުމަކީ މިފަދަ ނުރައްކާތެރި ކުށްތައް ހުއްޓުވަން އެޅޭ ބާރެކެވެ. ދެން އޮތީ ފުރިހަމައަށް މި ގާނޫނު ތަންފީޒު ކުރެވޭތޯ ބެލުމެވެ.
ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ބަންދަށް
ސަމާސާ ވިހަވެއްޖެ: މަޖަލަކަށް ކުރިޔަސް، ކުށްވެރިވާނެ!
ނާޒިމް ދައުވާއަށް އިންކާރު،މައްސަލަ ކުރިއަށް ގެންދެެވޭނެ
ފަރުވާއަށް ދޫކުރި މުނީޒް ޝަރުތާ ހިލާފުވުމުން ބަންދަށް
އާއިލާގެ އެސެސްމަންޓް ހަދައި،ތަހުގީގު ހިންގޭނެތޯ ބަލަނީ
ކުއްލި ނުރައްކާ އިއުލާންކުރަން ނަޝީދުގެ ގަރާރެއް
މަޖިލީހުގެ އިދާރާ ގޮއްވާލަން ބުނި މީހާ ދޫކޮށްލައިފި
ހަމަލާއަށް ފަންޑުކޮށްފައިވާ ނަމަ އެކަން ހޯދޭނެ: ޕޮލިސް
ގާނޫނުތައް ހަރުކަށިކޮށްގެން ހޯދުނު މޮޅެއް އެބައޮތްތަ؟
"އަނދިރި ދައުލަތް" އަނެއްކާ ވެސް އެކްޓިވޭޓް ވެއްޖެ!