Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އާއިލާގެ އެސެސްމަންޓް ހަދައި،ތަހުގީގު ހިންގޭނެތޯ ބަލަނީ

ހަނގުރާމައަށް ގޮސް އުޅެނިކޮށް ރާއްޖެ ގެނައި އާއިލާގެ އެސެސްމަންޓް ހަދައި، ތަހުގީގެއް ހިންގަން ޖެހޭތޯ ބަލަނީ

11 މާޗް 2022

ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރަން ގޮސް އުޅެނިކޮށް މިއަދު ރާއްޖެ ގެނައި ދިވެހި އާއިލާގެ އެސެސްމަންޓް ހެދުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރަން ގޮސް އުޅެނިކޮށް މިއަދު ރާއްޖެ ގެނައި ދިވެހި އާއިލާގެ އެސެސްމަންޓް ހެދުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހަނގުރާމައަށް 2013 ވަނަ އަހަރު ރާއްްޖެއިން ފުރައިގެންދިޔަ އާއިލާއެއްގެ ތެރެއިން 33 އަހަރުގެ އަންހެނަކާއި ހަތަރު ކުޑަކުއްޖަކު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. މިއީ ހަނގުރާމައަށް ދިޔަ އާއިލާއަށް ރާއްްޖެ ގެނައި ފުރަތަމަ ފަހަރެވެ. އެ މީހުން މިހާރު ތިބީ އިދާރީ ބަންދެއްގައި ރީ އިންޓަގްރޭޝަން ސެންޓަރުގަ އެވެ.

ފުލުހުން ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން އެ މީހުން ރިސްކް އެސެސްމަންޓް ހެދުމަށްފަހު ޖިނާއީ ތަހުގީގު ހިންގަންޖެހޭ މީހަކު ހުރި ނަމަ ތަހުގީގު ހިންގާނެ ކަމަށެވެ. އަދި ކުޑަކުދިންގެ ތެރެއިން ދެ ކުއްޖަކު އުފަންވީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ އެ ކުދިންގެ ޑީއެންއޭ ހެދުމަށްފަހު އެ ކުދިންގެ ރައްޔިތުކަމާ ގުޅޭ ކަންކަން މިހާރު ހަމަޖައްސާފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

ހަނގުރާމައަށް ރާއްޖެއިން ބޭރަށް ދިއުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބޮޑެތި އަދަބު ލިބޭ ކުށެކެވެ. ގިނަ އަދަދެއްގެ ދިވެހިން މިހާރު ވެސް ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރެ އެވެ.