Roadha Mihaaru
ކުއްލި ނުރައްކާ އިއުލާންކުރަން ނަޝީދުގެ ގަރާރެއް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ގޮވާލާ ގަރާރެއް ނަޝީދު ހުށަހަޅުއްވައިފި

25 ޖުލައި 2021

ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހަޅުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހަޅުއްވައިފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ވެސް އެ މަނިކުފާނު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވައިލާ ގަރާރެއް އެމްޑީޕީގެ ރައީސް ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވިއިރު، ގާނޫނު އަސާސީބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަންޏެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު މިރޭ ހުށަހެޅުއްވި ގަރާރުގައިވަނީ ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ސަރުކާރުން އަމަލު ކުރަންޖެހޭ ގޮތް އެމްޑީޕީން ހާމަކުރަން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަދި ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ސަރުކާރަށް ގޮވާލުމަށް އެ ގަރާރުގައި އެ މަނިކުފާނު ހުށަހެޅުއްވި އެވެ.

ނަޝީދު އެ ގަރާރު ހުށަހެޅުއްވުމުގެ ކުރިން އެ މަނިކުފާނު މިއަދު ވަނީ ހޯމް މިނިސްޓްރީ ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދަށަށް ގެންދެވުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލައްވައިފަ އެވެ. އަދި ހަރުކަށި ފިކުރަށް ތަބާވާ މީހުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ފުލުހުން ރޭ ބުނެފައިވަނީ ނަޝީދަށް އެ ހަމަލާ އަމާޒުކުރީ އެ މަނިކުފާނަކީ ކާފަރެއް ކަމަށް އެ މީހުން ގަބޫލު ކުރާތީ ކަމަށެވެ. އަދި ނަޝީދަށް އެކިފަހަރު މަތިން ފާރަލައި، އެ މަނިކުފާނަށް ހަމަލާދޭން ކުރިން ދެ ފަހަރެއްގެ މަތިން އެ މީހުން މަސައްކަތްކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.